އިއްޔެ އައިޖީއެމްއެޗް އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިންގް ވެއްޓުނީ "ކުޑަކުޑަކޮށް" ފުރާޅުން ފެން ލީކުވުމުގެ ސަބަބުން ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިންގް ވެސްޓުނީ ފުރާޅުގައި "ކޮންމެވެސް ގޮތަކުން" ހުރި "ކުޑަކުޑަ" ލީކަކުން ކަމަށާއި އެވަގުތުން ފެށިގެން އެކަން ވާނީ ހައްލު ކޮށްފައި ކަމަށެވެ.

އަދި އެތަނުގެ ގިނަ ފިލާތަކެއް ވަރުގަދައަށް ފެން ލީކުވެ ފޯވަމުން ދާކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން އޭނާ ވިދާޅުވީ އިތުރު އެއްވެސް ފިލަޔަކަށް ވާރޭވެހި ފެނުގެ އަސަރު ކުރަމުން ނުދާ ކަމަށެވެ.

މީގެ އިތުރުން އިއްޔެ ސީލިންގުން ވެއްޓުނު ބައިން ބޮލުގައި ޖެހުނު 14 އަހަރުގެ އަންހެން ކުއްޖާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.

މިކަން ހިނގި އިރު އެތަނުުގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި ސީލިންގެ ވެއްޓިފައި ވަނީ ގާތްގަނޑަކަށް އިއްޔެ 11:20 ކަންހާއިރު ކަމަށެވެ. އަދި ވެއްޓުނީ އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިންގުގެ ބައެއް ކަމަށާއި އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ މީހުން ތިބިކަމަށް އޭނާ މައުލޫމާތު ދިނެވެ.

އެ ސީލިންގުގެ ބައެއް ނައްޓާލައިގެން ވެއްޓިފައި ވަނީ ވާރޭ ވެހި ސީލިންގް ފޯވުމުން ކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. އޭނާ ބުނީ، މިހާރުވެސް އެ ސީލިންގުގެ ބޮޑު ބައެއް ވަނީ ވާރޭ ވެހުމުގެ ސަބަބުން ފެންވަދެ ފޯވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާމިނަތު

    ކުޑަކޮށޭ ކުޑަކޮށް ލީކުވެގެން އަދިފުރާލެއްނުވެއްޓޭނެ. ކުޑަކަމަކުން ތިތަނުގަވިހޭ ކުދިން ތަށް މަރުވީވެސްދޯ

  2. ހަމަހަމަ

    ޢެހެންތަ. ދެންފަހަރަކުން ސައިކަލު އެކްސިޑެންޓުވެ މީހަކަށް ހާނިއްކަވީމަ ބުނަންވީ ދޯ، "އެކްސިޑޭންޓުވީ ކުޑަކޮށް ކޮންޓްރޯލު ނުވެގެންނޭ".

  3. ފެން

    ކުޑަކޮށް ފެން ލީކުވެގެން ސީލިންގް ވެއްޓޭނަމަ ހާދަ ނާޒުކު ތަނެކޭތީ

  4. އ. ޖ. އ

    ސާބަސް އެހެންވިއްޔާ... ސާބަސް

  5. ހޯދާ

    ސީލިންގް އިން 24 ގުނަ 24 އިންޗީިގެ ބަ އި އިންޗި ބޯމިން ހުންނަ ބޮލުގަ ޖެހުނަސް އޭގެޒާތުގަ އެ ހަލާކު ވާނެ އެއއ