ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ޘާބިތުވެ، 5 އަހަރުގެ މުއްދަތަކަށް ޖަލައިލައި، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކޮށްފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގައި ފެބްރުއަރީ މަހު ދަޢުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަޑުއެހުންތައް ފެށިއެވެ. އަދި ޙުކުމާ ހަމަޔަށްވެސް އެ މައްސަލަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ، ހައިލަމް އެވެ. މި މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އެންމެ ފުރަތަމަ ޙުކުމް ކުރުމަށް ހަމަޖެއްސި އަޑުއެހުން ފެށެން މަދު ގަޑިއިރަކަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންްްމުމުން އެ މައްސަލައިގައި ފަހުން ޙުކުމް ކޮށްފައިވަނީ 5 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެންނެވެ.

ރައީސް ޔާމީންގެ ޙުކުމާއި ގުޅިގެން، އެމަނިކުފާނު މިނިވަން ކޮށްދިނުމަށް އެދި، އިދިކޮޅު ކޯލިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާއި ވެސް ބައްދަލު ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކަންބުލޮ

    ދެން ފަށާނީ ހައިކޯޓްގެފަޏޑިޔާރުންގެ ސުލޫކީމައްސަލަތައް އުފަންކުރަން.

    30
    36
  2. Anonymous

    މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޕޕމ ޕނސ ގެ އަސްލު މެންބަރުން ކޮންމެ ވޯޓް ފޮއްޓެއްގެ ކައިރީގައި ތިބެ ވޯޓްލާ މީހުންގެ އަދަދު ވަރަށް ރަނގަޅަށް ނޯޓް ކުރަންވާނެ. އީސީން ފޮށިތައް ވަކިން ނުގުނާނެ. އެކަމަކު އަހަރެމެންގެ މެންބަރުންގެ މުޅި ޖުމްލަ އެއްކޮށްލީމަ އަހަރެމެންނަށް ޔަގީންކަމާއެކު އީސީން ގަންނަ ސަކަރާތް އެނގޭނެ. އަދި ކޮންމެ ވޯޓްފޮއްޓެއް ހުންނަތާނގެ ދޮރުމަތީގައި ކެމެރާ ބަހައްޓާ މުޅި ދުވަސް އެކީ ރެކޯޑް ކުރަންވާނެ. މީހުންގެ އަދަދު ބަލަން. އޮޅުވާލައިފިތަ، ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، ޔޫއެންއާއި، ޔޫރަޕްގެ ގައުމުތަކާއި، ރަޝިޔާއާއި ޗައިނާއާއި، ތުރުކީ ފަދަ ގައުމުތަކުގެ މީޑިޔާތަކަށް މިޚަބަރުދީ ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަމަށް މިކަންގެނެސް މިގައުމުގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީނެތްނަމުގައި ދިވެހި ސަރުކާރަށް ޕްރެޝަރކުރާނީ.

    33
    37
    • ?ރޮނޑާ

      އެއް އިރެއްގައި އަމިއްލަ ގޭގައި ގަދަކޮއް އުޅުނަސް މިހާރަކު މާ ބޮޑު އުރައްޕެއް ތިބި ބައެއް ނޫން. ވޯޓު ފޮށި މަތީ ބަނޑު އަޅައިގެން ތިއްބާ ނުންތަ ރިޔާސީ އިންތިހާބުން ބަލި ކުރީ. މި ފަހަރު ބޮޑު ތަނުން ބަލިވެ ފަޟީހަތްވާނީ. ކަލޭ މެންގެ ފަރާ ތުން އެއްމެ ކައުންސިލަރަކު ހޮވުނަސް އަހަރެން މަޖީދީ މަގުން ހިގާނަން އެކޮޅު ކޮޅުން އޮވެގެން. ވަގަކު ޖަލުން ސަލާމަތް ނުކުރެވިގެން ތެޅި މަރުވާ ބަޔަކައް ވޯޓެއް ދޭނެ ބަޔަކު ނެތް.

      46
      41
      • Anonymous

        މމ މާތްﷲ އިރާދަކުރައްވައިފިނަ މަ، ތިދެއްކިވާހަކަ އަނެއްފުށައްވެސް ޖައްސުވާފާނެ

  3. ކޮތަރުބިސް

    ތިޔަމައްސަލައިގެ އަޑުއެހުމެއް ކައުންސިލް އިންތިހާބުގެފަހުން ނޫނީ ނުބާއްވާނެކަމީ ޔަގީންކަމެއް

    30
  4. Anonymous

    ތިޔަމައްސަލައިގެ އަޑުއެހުމެއް ކައުންސިލް އިންތިހާބުގެފަހުން ނޫނީ ނުބާއްވާނެކަމީ ޔަގީންކަމެއް

    24
  5. ާއަލީ

    ޢަލްހަ މްދުﷲ

    24
  6. ކުޑަދުންމާރި

    އަދި ޙުކުމާ ހަމަޔަށްވެސް އެ މައްސަލަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ، ހައިލަމް އެވެ. މި މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އެންމެ ފުރަތަމަ ޙުކުމް ކުރުމަށް ހަމަޖެއްސި އަޑުއެހުން ފެށެން މަދު ގަޑިއިރަކަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންްްމުމުން އެ މައްސަލައިގައި ފަހުން ޙުކުމް ކޮށްފައިވަނީ 5 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެންނެވެ........މީތަކުއްސާބިތުވާގޮތަކީ މިލިޔުންކޮޅައްބަލާލީމަވެސް އެބައެނގޭ ތިޔަބުނާކުށެއް އެވަނީ ސާބިތުކުރުވާފަކަން ސާބިތުނުވާކުށެއްގަ މީހަކުޖަލުގަ ހައްޔަރުކޮއްގެން ގެންެންގުޅުމަކީ އިންސާނީޙައްޤަކައް އަރައިގަތުން .....ރައީސްޔާމީން ދޫކޮއްލާ.....

    21
    32
  7. ރޮނޑާ

    ރޮނޑާ ކޮންއިރަކުތަ ކަލޭ ފިކުރުމީހަކު ވޯޓަކުން ހޮވުނީ ކަލޭފިކު މީހުންދެން ވެސް ހޮވެއްޏާހޮވޭނީ ވައްކަން ކޮއްގެން މިހާރު ވެރިކަން ތިކުރަނީވެސް ވޯޓުން ވައްކަން ކޮއްގެނެން ނޫންތަ ވޯޓުކަރުދާސް އޮޅުވާލާފަ އެވަރުން ފަރުނުޖެހިގެން އަންދާވެސްލީއެވަރުން ވެސް ރޮނޑާގެ ލާދީނީގުރޫޕު ކުރިވައްކަން ސިއްރެއް ނުވިޔެއްނު ލަދެއްހަޔާތެއް ނެތް ކޮންމެ ރުޑިކާޅެ ތެޅޭނީ ތިހެން އަނގައޮތީޔަކާ ކާޅެއްނުކާނެ ހަޖަމް

    19
    28
  8. ރޮނޑު

    ރޮނޑާ ގެ ކޮމެންޓް ރަށްދުވަނީ ހަމަ ތި ރޮނޑަށް ބުރުޖު މަތީއެކޮޅޮޅުން ހި ގަން ބުނިސޮރަށް ވީރަރު ތި ރޮނޑަށްވެސް ވާނީ އެއޮތީ ބުރުޖު ވެސް އަޅާފަ ތިރޮނޑަށް ބުރުޖު މަށްޗަށް ނާރާ ހުރެވޭނެބާ އަހަރެން ނަމަ ނާރާނަން ވަގު ރޮނޑު

    20
    31
    • ޜާތާ

      ???

  9. ދަތްރޮނޑު

    ލާދީނީ ރޮނޑެއް މިގަތީ މިފަހަރު.
    ހަރުކަށި ފިކުރުގެ ރޮނޑެއް.
    ދެބޯ ބުރާންތި ވެފަތަ ތިހިރީ ރޮނޑާ،

  10. ނަރެލް

    މަސްތުވާތަކެތީގެ މައްސަލަތަކުގަ ހައްޔަރުކުރާމީހުންވެސް ދޫކުރާހެން ރައީސް ޔާމީންވެސް ދޫކުރަންވާނެ އަންނި ޖަލަށްލީއިރު މިހައްގުތަކާ ދެކޮޅަށް ވަކާލާތުކުރެވުނަސް މިއަދު ރައީސް ޔާމީންއަށް މިހެންދިމާވީމަ އެހުރިހާ ހައްގެއްވެސް އެންމެންނަންމެ ހަމަހަމަކޮށް ލިބެންޖެހޭނެކަން ވިސްނިއްޖެ ކޮންމެބަޔަކަސް ދެރަކަމެއްވީމަ ހައްގުތަކުގެމަތިން މިހަނދާންވަނި

    2
    1