ބ.އޭދަފުށީ ފަޅު ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިއްޖެ އެވެ.
ވަރަށް ރީތިކޮށް ޕެކްކޮށް ފެން ނުވަންނާނެހެން ހަދާފައިވާ މި އެތި ލެއްގީ އޭދަފުށީ އުތުރު ފަރާތު ފަޅުތެރެއަށެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް، ހައްވާ ސަމީހާ ވިދާޅުވީ، ގާތްގަނޑަކަށް މިއަދު ހެނދުނު 10 ޖަހާއިރު ފަޅުތެރެއިން ފެނުނު މި އެއްޗަކީ ވަރަށް ރަނގަޅަށް ބަންދުކޮށްފައިވާ އެއްޗެއް ކަމަށާއި، ބެލެވޭ ގޮތުގައި އެއީ ފަތްތަކެއް ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް އޭތި މިހާރު ގެންދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސީދާ ބުނާކަށް ނޭނގޭ އެއީ ކޯއެއްޗެއް ކަމެއްވެސް. ބެލެވޭ ގޮތުގައި އެއީ ފަތްތަކެއް. ސީދާ ބުނާކަށް ނޭނގެ. މިހާރު އޭތި ވަނީ ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ." އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބަންދުކޮށްފައިވާ ފަތްތަކެއް އޭދަފުށި ފަޅުތެރެއިން ފެނިފައިވަނީ މިއަދު 10:14 ހާއިރު ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ނިމޭއިރު ތިވާނީ ކަންފަތަށް. އެންމެން ދޫކޮށްލާނެ.
ތިކަހަލަ ގޮތް ނޭގޭ އެއްޗަކާ މަށައް އިދެވުނީވެސް. ގޮތް އެގުނުއިރު ވަރައް ސަކަރާތް އެއްޗަކައްވީ. އެހެންވީމަ ގޮތް ނުބެލުން މާބުއްދިވެރި.
ތިހެނެއްނުވީހެއްނު މަށާ އިންނަމަ!
ހ. ރޯޝަނީ މަގުގައިހުރި ގެއެއްގެ ގޯތިތެރެއިން ސިފައިންގޮސް ނޮޅާލި ގަސްތަކެއްގެ ފަތްވެސް ހުންނަނީ ތިކަހަލަގޮތަކަށް.
ބޮޑައް ވައްތަރި މަސްތުވައެއްހެން
ޝައްކެއްވެސް ނެތް އެއީ ދުންފަތް.
ސިނގިރޭޓު މަނާކުރާތީ ބިޑިއަނބުރަން ޓެކްސް ފްރީ ކޮށް ދުންފަތް އެތެރެކުރަނީ ތޯއްޗެ.