ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މަރިޔަމް ވަހީދާ ޓްއަރިޒަމް މިނިސްޓްރީގެ އިވެންޓެއް ހުށައެޅި މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީން ބަލަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އަލަށް ފަތުރުވެރިކަމަށް ރަށްތައް އިޢުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި "ބުރަބި" ޖަލްސާ މަރިޔަމް ވަހީދާ ހުށައަޅާދެއްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ޢަމާޒުވެފައެވެ.

މަރިޔަމް ވަހީދާ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން މިމައްސަލަ ކޮމެޓީން ބަލާނެ ކަމަށެވެ.

"މި މައްސަލަ މަޖިލިސް ހުޅުވުނީމަ ކޮމެޓީން ބަލާނެ. މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ." ރޮޒައިނާ ވިދާޅުވިއެވެ.

ޖަލްސާ ހުށަހަޅުއްވަމުން މަރިޔަމް ވަހީދާ ވަނީ ސަރުކާރުގެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފައެވެ. ރައީސް އޮފީހުގެ މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަށް މަރިޔަމް ވަހީދާ ވަރަށް ބޮޑަށް ތައުރީފް ކުރެއްވެވިއެވެ.

އާ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވީ މިނިިވަން މުއައްސަސާތައް މިނިވަންކޮށްދީ، އެއްވެސް ފަރާތަކަށް ނުޖެހޭނެ މެމްބަރުން ލާނެކަމުގެ ޔަގީންކކަން އެތައް ފަހަރަކު ދެއްވުމަށް ފަހުއެވެ. ނަމަވެސް ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް އައްޔަންކުރިތާ މާ ގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ހަފުލާއެއް ހުށައަޅުއްވަން ގިނަ ބަޔަކު ގެންދަނީ މަރިޔަމް ވަހީދާ ބްރޯޑްކޮމް އިން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަނާ542

    މީގެންވެސް އެނގިގެންދަނީ ލިބިވާ އިލްމެއްގެބޭނުމެއްނެތްކަން ނޫނީމަގާމަށް ކުފޫހަމަނުވާކަން ތަންދޮރު އޮޅުންފިލާފަ ނުވާންކަން. ފުރިމަހަގޮތުގަ ކިޔެވިފަނުވާކަން

    47
    2
  2. ? ރޮނޑާ

    ? ހަފުލާ ތައް ހުށަ ހަޅަން ކިހިނެއްތަ ހަދަން ޖެހެނީ. ޖަލްސާ އައް ހުރިހާ އެއްމެން އައިސް ނިމުނީމަ ބޮރޯޑު ކޮމް ގެ ނަންބޯޑު ގެނެސް އަޅުވާފަ ބޮރޯޑު ކޮމް ގެ ރައީސް ބަލަހައްޓާގެން އިޝީދެ ގެން ހުންނާނީތަ؟ އެއީތަ ހަމަ ހަމަ ވުމަކީ. ކަލޭ މެން ދައްކާވާހަކަ ދޯ. ބޮރޯޑޮ ކޮމް ގެ ރައީސު ޖަލްސާ އެއް ތައާރަފް ކޮއްދިނީމަ ގެއްލޭ ހަމަ ހަމަ ކަމަކީ ކޮބާ. އަހަންނަ ވިސްނޭ ގޮތް ތަފާތީތަ؟. ތަފާތު ކުރީމަ ނުންތަ ހަމަ ހަމަ ކަން ގެއްލުމަކީ. ބޮރޯޑު ކޮމްގެ ރައީސް ގެންގުޅުނު ތަފާތަކީ ކޮބާ.؟.ދެން ކީއްވެ ރައީސު ސާލިހު އެމްޑީޕީގެ ޖަލްސާ ތަކުގައި ވާހަކަ ދައްކަނީ. ހަމަ ހަމަ ގެއްލުނު ކަމުގެ އިހްސާސް ކުރާނެ ބަޔަކު ނުތިބޭނެތަ؟.ކޮއްމެވެސް ހަމަ ޖެހޭ ގޮތަކައް ކަންކަން ތަރުތީބު ކޮއްބަލަ. މި އުޅެނީ ވިސްނުމުގެ މައްސަލަ އެއް.

    14
    46
    • ޙާލަތު

      ފުރަަތަމަ މިނިވަން މުއައްސަސާ ދަސްކުރޭ އޭރުން އެނގޭނެ....

      26
    • ފފފފސ

      ދޮންކަލޯ! ބްރޯޑް ކޮމްގެ ޖަލްސާއެއް ނޫނޭ އެއީ. ދިވެހި ސަރުކާރުގެ ޕްރޮމޯޓްކޮށް ސަރުކާރުގެ ވެރިންނަށް ޘަނާކިޔަން ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ޖަލްސާއެއްގެ އެމްސީއަކަށް މަރިޔަމް ވަޙީދާ ވުމަކީ، މިނިވަން މުއައްސަސާތަކަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ވަކިފަރާތަކަށް ނުޖެހި ރައްޔިތުންނަށް ޚިދްމަތް ކުރުމަށް ދައުލަތުން އުފައްދާފައިވާ ތަނެއްކަމަށް ރައްޔިތުންނަށް ގަބޫލު ނުކުރޭނެކަން އެނގޭގޮތަށް އަމަލުކޮށް މަގާމަށް ކުފޫހަމަނުވާކަން ރައްޔިތުންނަށް މަރިޔަމް ވަޙީދާ ޘާބިތުކޮށްދީ ސަރުކާރުވެސް ބަދުނާމުވުމޭ މައްސަައަކީ. މަ ހީކުރީ ރޮނޑާ ބޭފުޅާއަކީ ތަންދޮރުއެނގޭ މީހެއްކަމަށް. އެކަމަކު ގަންނަކޮޅުނޭނގޭ ބޭފުޅެއްކަން ކޮންމެންޓްތައް ކިޔާ އެންމެހާ ފަރާތްތަކަށް އަންގައިދެއްވައިފި. ޝުކުރިއްޔާ.

      29
    • ރޮނޑާގެ ދަރި

      ބަލަ ހަމަހަމަކަން ގެއްލިގެންތަ މިއުޅެނީ؟ މިނިވަން މުއައްސަސާތަކަކީ މިނިވަންނޫންތަނެއްކަން ރައްޔިތުންނަށް ހާމަކޮށްދީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒުފޯރުވާކަން ދޭހަވާގޮތަށް މަރިޔަމް ވަހީދާ ޢަމަލުކުރައްވައިގެނޭ މިއުޅެނީ!

      19
  3. ނޭނގޭ

    ރޮނޑާ ބުނަންތަ ވާހަކައެއް، އެކަމަކު ތިހިރީ މާބޮޑަށް ގޮސް ގެއްލިފަ އެނގިފަ. ގަބަޫލުކުރާނެ ކަމެއްނޭނގެ. މިހާރު މަރީ އެހެރީ އެކަހަލަ މަގާމަކުނޫން. އެމަގާމު ފަހަނައަޅައިގޮސް މާ މަތީގަ އޭނާ އެހެރީ. ދެން ޖެހޭނީ އެކަހަލަ މަގާމެއްނޫން އަދާކުރަން. މަރީވެސް އެކަން ކޮށްފި ވަރަށް ރަނގަޅަށް. ދެން ކުރެވޭނީ އެފަދަ ދަރިން އުފެއްދުން. އެކަން ދެން ކުރަންޖެހޭނީ. މަރީމެން ކަހަލަ ހުށަހެޅުންތެރިން އެބަތިބި މިހާރު މާރަނގަޅު ކުދިންވެސް. މީ މަރީގެ ޕްރޮފެޝަން ވިޔަސް ދެން އެކަން ކުރުން ރީއްޗެއްނުވާނެ. މަޖިލީހުން ބެލިވެސްދާނެ. އެކަމަކު އެއްކަމެއްވެސް ނުވާނެ. ފެންނާނީ އެހެން އެންގަލަކުން. ކިހިނެއްވީ ފިޔާޒު. މިނިސްޓަރު ގެންދިޔަކަމަށް ބުނާ ދޫލަ ހޯދަން ގުދަނަށްވެސް ވަނީ. އެއީ އޭނަގެ މަސްއޫލިއްޔަތުން ބޭރުން ކުރިކަމެއް. އެމައްސަލަ ބަލަންތިބި މީހުންގެ އެންމެ ކަމެއްގެ ވާހަކަ ނޫސްތަކުން އިވުނީ. ސަމީރުގެ ފޯންކޯލެއްގެ ވާހަކަ. އޭގެފަހުން ޚަބަރެއްނުވި. ދެން ތިކިޔާ މިނިވަން އެއްވެސް މުއައްސަސާއެއް މިގައުމަކު ނެތޭ ބުނެވިދާނެ.

    19
  4. ޛޖ

    ދިޔަތަނަކަށް ގޮސް ތެޅިބާލާފައި ސެޓްފިކޭޓެއް ހިފައިގެން އައިސް މަވެތި ވެގެން އުޅޭތަނުން ތިކަހަލަ މަގާމުތަށް ދޭތަން މިފެންނަނީ! ޖަޒީރާވެ ފައްކާ ވެފައި މިއޮތީ!

    16
  5. އިންސާނާ

    ތިޔަ އިވެންޓު ހުށަހެޅުމައް އެމަންޖެއައް ދައުވަތުދީނީވެސް މަޖިލީހައް އެމަންޖެ ގެންގޮސް މަގާމުން އެކަހެރިކޮށް ރާއްޖެޓިވީގަ އުޅުނު އެމްޑީޕީ ޕަޕެޓައް ތިޔަމަގާމުދޭން ދެންކުރާކައް ކަމެއްނެއް ތިއޮތީ ތިޔަމަޅީގަޖެހިފަ

    14
  6. ބަހަނާ

    މަރްޔަމް ވަޙީދާ އަކީ އެމް.ޑީ.ޕީ ގެ ފޯއްވަޅި (ފޯއްވަޅިއަކީ ހުރިހާއެންމެންވެސް އަތްލާއެއްޗެއްދޯ)

    16
    1
  7. މިއަދު

    މިއަދު މިއުޅެނީ ވިސްނުމުގެ މައްސަލަ އިއްޔެ އުޅުނީ ނުފީޒުގެ މައްސަލަ މާދަމާ އުޅޭނީ ކޮންމެވެސް އެހެންކަމެއް އެމްޑީޕީ ވީމަ ވިސްނުމުގެ މައްސަލަ އެމުއައްސަސާއެއް ހިންގުމަށް ހަދާފައިހުރި ޤަވަޢިދު ތަކުގެ ދޯދިޔާކަމުގެ މައްސަލަ ކުރިމީހާގެ މައްސަލައެއްނޫން އަދި ކލުރިކަންތަކުގެވެސް މައްސަލައެއްވެސް ނޫން ވީވަޢުދުގެ މައްސަލައެއްވެސްނޫން އޯކޭ އެމްޑިީޕީ އަދި ޕީޕީ އެމް ނޫންނަމަ އެހެންތަނެއްގަވިއަސް ބާއްވާކޮންމެޖަލްސާއެއް ހުށައެޅުމަކީ ބްރޯޑުކޮމްގެ ޒިންމާއެއްކަމުގައި ހަދާފައި ބާއްވާ އޯކޭ

    14
  8. މާރޮނޑު

    ޔާމީން ވެރިކަމުގަ ހަފްލާއެއް އިންތިޒާމުކުރުމުގެ ގޮތުން ގޮނޑިޖަހްނައުޅުނީތީ ޒައިނާ ވަކިކުރީ މަރިޔަމް ވަހީދާ ކުރިކަމަކީ ޖަލްސާ ހުށަހަޅައިދީ ސަރުކާރާ ސަރުކާރުގެ ވެރިންނަށް ސަނާކިޔުން އަޅާކިރާއިރު މިތަނުން ބޮޑީ ކޮން ޢަމަލެއްބާ؟ ހަމަ ޔަޤީނުންވެސް މަރީގެ ޢަމަލު އެތައް ގުނައެއްބޮޑު އެކަމަކު މަރީ ވަކިކުރަން ކެރޭނެކަމަކަށް ޤަބޫލެއްނުކުރެވޭ އެމްޑީޕީ ބޭނުންވާގޮތަށް ވާހަކަދައްކައި ބޭނުންވާ ގޮތަށް ކަންކޮށްދޭނެ މީހުން މިނިވަން މުއައްސަސާތަކަށް އެލަނީ މިނިވަން މުއައްސަސާތަކޭކިޔަސް ކޮންމެ ސަރުކާރަކުންވެސް މިނިވަން މުއައްސަސާތަކަށްލަނީ އެކުޓިވިސްޓުން ފެންވަރަކަށް ފަންވަރަކަށްބެލުމެއްނެތް ތިމާމެންގެ ކޮންތްރޯލް ނެތް މީހަކު އެއްވެސް މަޤާމަކަށް އައްޔަނެއްނުކުރޭ ވަޒީފާދިނަސް ބަލަނީ ސިޔާސީ ކުލަޔަށް އެކަމަކު ބުނި އަޑުއެހިން ކުލަޔަކަށް ސިޔާސީ ވިސްނުމަކަށް ނުބަލާނަމޯ އެކަމަކު އެހެންތަ ކަނތައްކުރަނީ ކޮންމެ ސަރުކާރަކުންވެސް ކަންކުރަނީ މިބީދައިން މި ޤައުމު ދެން ރަނގަޅެއްނުވާނެ މިހާރު މި ޤައުމު ހިންގަނީ ކެނެރީ ޕްރައިވެޓް ލިމިޓެޑުން މިނިވަން މުއައްސަސާތަކުގެ އޮންނަނީ ހަމަ އެކަނިނަން މީހުން ތިބެނީ ރީނދޫ ކުލަޖެހި ފޯވެފަ މި ޤައުމުގަ ރީނދޫކުލަ ނުޖެހޭ މީހަކަށް ވަޒީފާއެއްވެސް ނުލިބޭނެ ރީނދޫ މެމްބަރުން ބޭނުންވާ ބަޔަކަށް ވަޒީފާތައްވެސް ދެމުންދަނީ

    15
  9. ފާއިޒު

    މަޖިލީހުން ބަލާފާނެ. އެކަމަކު އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުނިންމާނެ.