މިހާތަނަށް ސީރިއާ އަށް ހަނގުރާމައަށް ދިޔަ މހުންގެ ތެރެއިން 91 މީހަކު ވަނީ މަރުވެފައި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ހަނގުރާމައަށް ގޮސްފައި ވަނީ 173 މީހުންނެވެ. އަދި އޭގެ ތެރެއިން 53 އިންސައްތަ މީހުން ވަނީ މަރުވެފައި ކަމަށް ފުލުހުންގެ ތެފާސް ހިސާބުތަކުން ދައްކައެެވެ.
މިކަން ހާމަކޮށްފައި ވަނީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަގައި ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ފަރާތުން މުހައްމަދު ޔަމާން ޖައުފަރު ވާހަކަ ދައްކަވަމުނެވެ. ޔަމާން ވިދާޅުވީ ހަނގުރާމަ އަށް ދިޔަ މީހުންގެ ތެރޭގައި 53 ޕަސަންޓް ފިރިހެނުން އަދި 47 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި އޭގެ ދިރި ތިބީ ނުވަ ޕަސަންޓް ފިރިހެނުންނާއި 91 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ކަމަށް އޭނާ ވިދާޅުވިއެވިއެވެ.
"މިހާރު ސީރިއާގެ ހާލަތަށް ބަލައިލާ އިރު، ހަނގުރާމައަށް ދިޔަ 53 ޕަސަންޓް ފިރިހެނުންގެ ތެރެއިން ދިރި ތިބީ ނުވަ ޕަސަންޓް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. އަދި އަންހެންނާއި ކުޑަކުދިންގެ ތެރެއިން 91 ޕަސަންޓް މިހާރު ދިރި ތިބި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ" ޔަމާން ވިދާޅުވިއެވެ.
އަދި ހަނގުރާމައަށް ދާ މީހުންގެ ތެރެއިން 48 އިންސައްތަ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި، އަދި 39 އިންސައްތަ މީހުންނަކީ ގޭންގްތަކަސް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސީރިއާގައި ހަނގުރަމައަށް ގޮސްތިބި މިހުންގެ ތެރެއިން ބަޔަކު ކުރިއަށް އޮތް ހަމަހުގެ ތެރޭގައި ގެނައުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ހަމީދު ވިދާޅުވީ ސީރިއާގައި ހަނގުރާމަ ކުރަމުންދާ މީހުންގެ ތެރެއިން ގެނެވޭ ހާލަތުގައި މިހާރު ތިބީ 59 ދިވެއްސެއްް ކަމަށާއި އޭގެ ތެރޭގައި ހަތަރު ފިރިހެނަކު ފިޔަވައި ތިބީ ހައްތަހާވެސް އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.
އަދި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުގެ އިތުރުން ގައުމުތަކާއި ގުޅިގެން އެމީހުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ހ. ހިންމަފުށީގައި ހަނގުރާމައަށް ދާ މީހުން ރިހެބްލިޓޭޓް ކުރުމަށް އިމާރާތް ކުރަމުންދާ ސެންޓަރުގައި ކުރިއަށް އޮތް ހަތް މަހުގެ ތެރޭގައި އެފަދަ މީހުން ރާއްޖެ ގެނެސް ރިހެބްލިޓޭޓް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
މިއީ ބުއްޅަގެ ފޭކު އެކައުންޓުން ގެނެސްދިން ޚަބަރެއްތަ؟
ރައްޔިތުން ކޮންޓްރޯލް ކުރުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ގެންގުޅެނީ 2 ފޯމިއުލަރއެއް. އެއީ ގައުމު އިގްތިޞާދީ ގޮތުން އަޑިއަށްދުއްވާލާ ފަގީރު ކޮށްލުން. ދެވަނަ- ދާހިލީ ހަނގުރާމައެއް ހިންގުވުން.
ދިވެހިރާއްޖެއަކީ އެއްއާއިލާއެއްފަދަ ބައެއް. ދާހިލީ ހަނގުރާމަގައި ކެންސަލް. ދެން އަނެއް އޮޕްޝަނަކީ ފަގީރުކޮށްލާ ބަނޑަށް ބޭތިއްބުން. މިއީ މިސަރުކާރުން މިކުޅޭ ޑްރާމާއަކީ.
173 މީހުންނޭ؟ ނަޝީދު ހިސާބުތަކުން 2 ހާހުން މަތީގަ އުޅެނީ.. 173 މީހުން އެމީހުންގެ އަމިއްލަ އިޙްތިޔާރުގައި އަމިއްލައަށް މަރުވާން ގޮސްގެން އުޅޭތީތަ ދިވެހިގައުމުގެ ދުނިޔޭގެ ބާޒާރުގައި، އަނދިރި ގައުމެއް ކަމަށާއި ދިވެހި މުޅި މުޖުތަމަޢަކީ ޓެރަރިސްޓުންގެ ގޮތުގައި މުޅިދުނިޔެއަށް ތިދައްކަނީ؟ ހާދަހާވާ އިބިލީސްކަން ގަދަ ސަރުކާރެކޭ މިގައުމުގައި މިއޮތީ. ދިވެހި ގައުމު ބަދުނާމުކުރުމާއި ދިވެހި ގައުމުގެ އިގްތިސާދު ހަލާކުކުރުން ނޫންކަމެއް އަދި މިއެއްޗެހިންތައް ނުކުރޭ.
އެއީހަމަ ޝަހީދުން إن شاء الله
ހަނގުރާމައަށް ނުގޮސް ތިބި މީހުން ގެ ތެރެއިން މަރުވި އަދަދު ތިއަށްވުރެ ގިނަ...އެހެންވީމާ މަރު އެއީ ހަނގުރާމައަށް ގޮސްގެންވާ އެއްޗެއް ނޫންތާދޯ....
ބޭރުގައުމުގެ ޓީވީ ޗަނަލަށް ދިވެހިބަހުން އިންޓަރވިއުދިނީ މިސަރުކާރުގެ ރޭވުމަކުންކަމަށް މިހާރު އެބަގަބޫލުކުރެވޭ. ދިވެހި ޒުވާނުންނާއި ބަލިކަށި މުސްލިމުންގެ ހިތްތަކުގައި އިސްލާމްދީނަށް ނަފްރަތުއުފައްދާ އަދި އިސްލާމީ އިލްމުވެރިންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން. މިއީ މޑނ އަޑީގައި އޮވެ ސަރުކާރުން ލާދީނީ ބައިގަނޑުގެ ރޭވުމާއެއްގޮތަށް ކުޅޭ ޑްރާމާތައް. ދިވެހި މުސްލިމުރައްޔިތުންނަށް މިކަންކަމުގެ ހަގީގަތް އޮޅުން ފިލުވާދިނުމަށް ޒުވާނުން ނުކުތުން ވަރަށް މުހިންމު. މިއީ އިސްލާމް ދީނަށްޓަކައި ކުރަންޖެހޭނެ ޖިހާދެއް. މިގައުމުގައި މިއޮތް ލާދީނީ ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާތައް މިހުންނަނީ.
ސަރުކާރުގެ އެޖެނޑާ ވަރަށް ސާފު. ދިވެހިން އިސްލާމް ދީނަށް ނަފްރަތުކުރާ އެތީސްޓުންނަށް ހަދާ މޑނ ގެ އެދުން ފުރިހަމަކޮށްދިނުން. މޑނ އަކީ ޝައިޠާނާއަށް އަޅުކަން ކުރާ ހަލާކުވެ ގެއްލިފާފައި ޝައިތާނާގެ އަޅުންގެ ޖަމާއަތެއް.
ދީން ހަލާކުކުރުމުގް އެޖެންޑާގެ ދުވެލި ތިހުރީ 2000 ހޯސްޕަވަރު އަޅާފަދޯ؟ ކޮބާ މޑނ އުވާލާ އިޝްތިހާރު އެރުވިފަހުން އެޑިޓިންގ މަސައްކަތް ނުނިމެނީތަ. ޖަމާއަތް އުވާލާ އެޖަމާއަތުގެ ފައުންޑަރުން ސޯލިހުގެ އަނބިމީހާ ހިމެނޭގޮތުން ޖަލުގޮޅުއަށް ހިލިހިލާ ޖަހާފަލާ. ނަރަކާގައި މިފަދަ ނުބައި މީހުންތިބޭނީ އެންމެ އަޑީގައި ހިލިހިލާޖަހާފަ.
ލާދީނީ ޝައިތޯނީ ޖަމާއަތުގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ހަމީދު އިސްލާމް ދީނަށް ނަފްރަތު އުފެއްދުމުގެ ހާދަވަރުގަދަ ކެމްޕޭނެއް ޖައްސައިގެން މިއުޅެނީ. ފުރަތަމަ ދިވެހިބަހުން މީހަކުލައްވާ ބޭރުގެ ވެނަލަކަށް އިންޓަވިއުއެއް ދީފި. އޭއީ މޑނ ގެ ހައްގުގައި ލާދީނީ ހައްދުފަހަނައެޅިބައިގަނޑު ހިންގި ބޮޑު ޖަރީމާއެއް. ﷲ ތަޢާލާ މިނުލަފާ ޝައިތޯނުން ހަލާކިކުރައްވާނދޭވެ. އާމީން.
އަޅެ މި ސީޕީ ހަމީދު މިއީ ކަހީނެއްތަ؟ ދުނިޔޭގެ ހަތަރު ބިތުގައި ހިނގާ ކަންތައްތަކުގެ ޚަބަރު ގެނެސްގޭނެ މާރިދުން މީނަ ގެންގުޅެނީތަ؟
ކަނޑައެޅީގެން ދޮގުޙަބަރެއް ލާދީނީ ދުގުޙަބަރު ފަތުރާ ބައިގަނޑައް ބަލާއެއް ފަދަކޯފާއެއް ލައްވާށިއާމީނީ
ހަހަހަ އާނ ޔަގީން. އޭ އެމްޑީއެން ހަމީދޫ ކަލޭމެން ކުރިއަށް ތިގެންދާ "ހަނގުރާމަ" އަދި ނުނިމޭތަ؟ ލާދީނީންނަށް ފަންޑުކުރާ، އެއް ޖިންސުން ގުޅުން ހިންގާ ޖަމާއަތްތައް ހިތްހަމަޖެހޭވަރު އަދި ނުވަނީތަ؟ ކެކެކެ
މުސްލިމުންނާ ދެކޮޅަށް ފުލުހުން މިހިންގާ ޖަރީމާއެއްތާދޯ. ސީރިޔާއޭ އަނެކައްޗެކޭ ކިޔާނެ ކަމެއްނެތް.
ޝަހީދުން 3>3>
ނަސީބެށް.