ކުޑަކުދިން ތާނަ ކިޔުން ފަރިތަކުރުމަށް ހާއްސަ "ތާނަ އަހަރެންނަށް ކިޔޭނެ" ފޮތްސެޓް މިއަދު ހަވީރު ނެރެފިއެވެ. މިއީ މި ފޮތްސެޓުގެ ފުރަތަމަ ބައެވެ.

މިއަދު ހަވީރު ކުޑަކުދިންގެ ބަގީޗާގައި އޮތް ހަފްލާއެއްގެ ތެރެއިން މި ފޮތް ނެރެެދެެއްވީ ކެންގަރޫގެ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަޙުމީނާއެވެ.

މި ފޮތަކީ އާމިނަތު ހުނައިޝާ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފޮތްސެޓެކެވެ.

"މި ފޮތްސެޓް ނެރެން ބޭނުންވީ ދިވެހި ކުޑަކުދިން ކިޔަން ފަށައިގަންނަ އުމުރުގައި ބަސް ދަސްކުރާނެ ފޮތްތައް ބުކްޝޮޕްތަކުން ފެންނަލެއް މަދުވެފައި، ކުދިން ގަޔާވާގޮތަށް ތަސްވީރުތައް ހިމަނައިގެން ވާހަކަ ތަކެއްގެ ގޮތުގައި ފޮތްތަކެއް ނެރެފިނަމަ ކުދީން ކިޔަން ފަރިތަވެ ޝައުގުވެރިވެގެން ދާނެތީ". ހުނައިޝާ ބުންޏެވެ.

ހުނައިޝާ ބުނިގޮތުގައި، މި ފޮތް އެކުލާވާލާ ނެރުމުގައި އޭނާ ވަރަށް އެންމެ ބޮޑަށް ވިސްނި އެއްކަމަކީ ފަސޭހައިން ހަލާކުނުވާގޮތަށް ހާޑްކަވަރެއް ލައިގެން ފޮތްތައް ޕްރިންޓްކުރުން ކަމަށެވެ. އޭރުން ކިޔަން ފަށައިގަންނަ އުމުރުގެ ކުދީންނަށް އެފޮތް ގެންގުޅެންވެސް ފަސޭހަވެގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޮތް ސެޓްގެ ތެރެއިން، ފުރަތަމަ ދެފޮތް އަމާޒުކުރެވިފައިވާނީ ކުދިން ތާނަ ކިޔުން ފަރިތަކުރުމަށެވެ. އަދި ތިންވަނަ ފޮތް އަމާޒުކުރެވިފައިވާނީ ފުރަތަމަ ދެފޮތް ކިޔުމަށްފަހު، ކުއްޖާއަށް އެނގިފައިވާ މިންވަރު ވަޒަންކުރުމަށެވެ.

"މިފޮތް ނެރުމުގައި، އަޅުގަނޑަށް ފަންނީ ލަފާދެއްވި ބޭފުޅުންނާއި، އެކިގޮތްގޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށް މިފުރުޞަތުގައި، ވަރަށް އިޚްލާސްތެރި ޝުކުރެއް އަރިސްކުރަން. ޚާއްޞަ ގޮތެއްގައި މިފޮތް ސެޓުގެ ކުރެހުންތައް ކުރަހާދެއްވި ޢިސްމާޢިލް ޔާނިމް ޢަބްދުﷲއަށް ވަރަށް އިޚްލާސްތެރި ޝުކުރެއް އަރިސްކުރަން. ފޮތް ނެރުމުގެ މަސައްކަތުގައި ޗާންދަލިޔާގެ މެނޭޖްމެންޓުން އަޅުގަނޑަށް ވެދެއްވި އެހީތެރިކަމަށް ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން. އަދި އަޅުގަނޑުގެ މި ބުރަ މަސައްކަތަށް ވަގުތު ހޯއްދަވައިދެއްވުމަށް އަޅުގަނޑުގެ މައިންބަފައިން ވެދެއްވި އެހީތެރިކަމަށް، ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން". ހުނައިޝާ ބުންޏެވެ.

ހުނައިޝާ އިތުރަށް ބުނީ މިއަދު މި ނެރުނު ފޮތް ސެޓަކީ ކުދީންނަށް ކިޔަން ދަސްކޮށްދޭން އޭނާ ނެރޭނެ ފޮތް ސީޒަންގ ފެށުުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އެހެން، ފޮތް ސެޓެއް ތިޔަ އެންމެހާ ކުދީންނަށް ކިޔަން ލިބިގެން ދާނެކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އައިޝާ

  މިފޮތް ސެޓް ލިބެން ހުރީ ކޮން ބުކޮޝޮޕް ތަކެއްގައި؟

 2. އަާމިނަ

  މި ފޮތް ލިބެން ހުންނާނީ ކޮންތާކުތަ؟

 3. ާަނަަސްމަަަަ'ަ

  އެބުނަަާހެން ލިބެން ހުރި ތަނެެއް އެނގުނިީމަތަާ ގަނެވެޭނިީ?

 4. Ibrahim

  Available in Chandelier

 5. އިބްރާހިމް

  ޗާނދަލިޔާ ބުކްސޮޕް ތަކުން