ކުރީގެ ރައީސް މައުމޫން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު
ކުރީގެ ރައީސް މައުމޫން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު

މިހާރު ޖަލުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރި އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު އާއި މެދުވެސް ޖަލުގައި ކަންތައް ކުރައްވަނީ ވަރަށް ރަނގަޅަށް ކަމަށް ތިން ބޭފުޅުންވެސް ވިދާޅުވެއްޖެއެވެ.

މި ތިން ބޭފުޅުން މިގޮތަށް ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ޖަލަށް ވަޑައިގެން އެބޭފުޅުންނާއި ބައްދަލު ކުރެއްވުމުންނެވެ.

ހައުސިން މިނިސްޓަރ މުއިއްޒު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުގައި ފުރަތަމަ ވަޑައިގެންނެވީ މާފުށީ ޖަލަށް ރައީސް މައުމޫންގެ އަރިހަށް ކަމަށެވެ. ރައީސް މައުމޫން މިހާރު މާފުށީގައި ހުންނެވި ތަނަކީ ދޫނިދޫ ގައި އެމަނިކުފާނު ހުންނެވި ތަނަށް ވުރެ ވެސް ފުރިހަމަ ރަނގަޅު ތަނެއް ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

"ރައީސް މައުމޫން ހުންނެވި ތަނަކީ ސިޓިން ރޫމަކާއި، ބެޑްރޫމެއް ވެސް ހިމެނޭ ގޮތައް ވަރަށް ރަނގަޅަށް ހުރިތަނެއް. ގޯތި ތެރޭގައި ވެސް ޖާގަ އޮތް. ރައީސް މައުމޫން ވިދާޅުވި އެތަން ވަރަށް ރަނގަޅު ކަމަށް. އަދި އެމަނިކުފާނާއި ދޭތެރޭ އަމަލު ކުރައްވާ ގޮތް ވެސް ރަނގަޅު ކަމަށް ވިދާޅުވި." މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ވެސް ވަކިން ބައްދަލު ކުރެއްވި ކަމަށާއި ދެބޭފުޅުންނާއި މެދު ވެސް ކަންތައްތައް ކުރެވެމުން ދަނީ ރަނގަޅަށް ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ.

"ދެފަނޑިޔާރުންނާއި ވެސް އަޅުގަނޑު ވަކިން ބައްދަލު ކުރިން. ދެބޭފުޅުން ވެސް ވިދާޅުވި ދޫނިދޫގައި ކަންތައްތައް ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެންމެ ފުރިހަމަ ޚިދުމަތް އެދެބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ފަނޑިޔާރުން ތިއްބެވީ އިންސާނުން ހައްޔަރުކޮށްފައި ބައިތިއްބަން އެކަށީގެންވާ ތަނެއްގައި ނޫންކަމަށް އެބޭފުޅުންގެ ޤާނޫނީ ވަކީލުން ވިދާޅުވާ ވާހަކަފުޅުތައް ދެފަނޑިޔާރުންނާއި ހަވާލާދެއްވާ މިނިސްޓަރު މުއިއްޒު ދޮގު ކުރެއްވެވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ފަނޑިޔާރަކު އެފަދަ ވާހަކަފުޅެއް ވިދާޅުނުވާ ކަމަށެވެ. "ދެބޭފުޅުން ވެސް ވިދާޅުވީ ދޫނިދޫގައި ލިބެން ހުންނަ އެންމެ ރަނގަޅު ޚިދުމަތް ދެބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާ ކަމަށް. ލާއިންސާނީ، ނުވަތަ އިންސާނިއްޔަތާއި ހިލާފު އެއްވެސް ކަމެއް އެއިން ބޭފުޅަކާއި މެދު ހިނގަމުން ނުދާކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވެވި." މިނިސްޓަރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކަލޯގެއާ! އަނެއްކާ ރިސްވަތު ދިނީކީ ނޫންތަ!

  2. ބާލިދީއަށް ރިހަޔާ ބަތާ އަޅާމޮޑެގެން ގެނެސް ފަންކާއެއް ނެތް ސިމެންތި އަށްޓެއްގައި ނިންދެވީމާ ރަނގަޅިއްޔާ އަޅުގަނޑު ދައްކާނެ ވާހައެއް ނެތެވެ. ޢާއިލާމީހުން ހެދީ ދޮގުތާއެވެ.

  3. އަނެއްކާ ޖެއްސުމަކަށްތަ ތިހެން ތިބުނީ.

  4. އަބުދުﷲޖަމީލް

    ޢަނެއްކާ އަނެއް ކާފިއު ހިންގާކަންނޫންބާ ތިޖެހުނީ

  5. ކަންތައް ކުރަނީ ރަނގަޅަށޭ ބުނީމަ އެ ބުނެވެނީ ހައްޔަރު ކޮށްފަ ވަނީ ވެސް ކުރަންޖެހިގެން ރަނގަޅަށޭ

  6. ޖަލައްދިޔާމަ ލިބޭނީ ޖަލު ކޮއްތު. ވަކި މީހަކަށް ވީމަ ވަކި އެއްޗެއްކާކަށް ނުދެވޭނެ. ޢެހެންވީރު ޖަލަށްވަންނަވަރު ކަންތައްނުކުރާނީ.

  7. ބޮޑު ތިލަދުންމަތި

    ދެން އެއުޅޭ ހިސާން ހުސޭން އެ ތަޅުވަނީ ކޮން ދޮގު އަނގަގަނޑެއްަ؟

  8. ޙިސާން މައުމޫނަކަށަ ރަނގަޅެއް ވާނެ ކަމަށް ގަބޫލު ނުކުރެވޭ.ހިސާން ބައްޕައަށް މައުމޫން ނުޙައްގުން އަނިޔާ ދިންވާހަކަ ވަރަށް ގިނައިން އެއާއިލާ މީހުން ދައްކާ

  9. ތިޔަ ދޫނިދޫ އަކީ އަހރުމެން ނުދާ ތަނެއް ނޫން. ދުނިދޫ އިން ވަރަށް ފުރިހަމަ ހިދުމަތް ލިބޭނެ. ދޫނިދޫ އެއީ ސިންގަޕޯރ ގެ އަވަށެއް. ދެ ފަނޑިޔާރުންނާއި މައުމޫން އަމިއްލަ ފުޅަށް ޓީވީގައި އެއްވެސް ނުފޫޒެއް ނެތި ވިދާޅުވުމުން ނޫނީ ގަބޫލު ނުކުރާނަން. ސަރުކާރުން އުޅެނީ ދިވެހި ރައްޔިތުން ގަޅި ހައްދަން.

  10. މުރުތައްދު ވާކަން ކަށަވަރެވެ....

  11. މައުމޫނު ވިދާޅުވި ގެޔާއަނބިދަރިން ކައިރިއައްވުރެ މިތަންމާރަންގަޅޯ
    ހަހަހާ ދެންއައިޖަހާ

  12. ރިޒްކާލް ޓަނުން ރާއްޖޭގަ ރިސޯޓެއްހުޅުވަން އެބަމަސްވަރާކުރެ، ފަހަރުގަ ވެދާނެ މިފަހުން ސައުދީސަރުކާރުން ދެއްވިކަހަލަ ބުކިންކޮޅެއް ލިބޭނެ ކަމުގެއުއްމީދުގަވެސް. އޭރުން ކުރީގަ މިގައުމުގަ ވެރިކަންކުރިމީހުންނާ އިއްޒަތްތެރިން ޖަލައްލާންވެއްޖެޔާ އެތަނައްލީމަ ނިމުނީއެއްނު.

  13. ގައުމަށް އެއްފަހަރު ގައްދާރުވީ މީހަކަށް ވަރަށް އުދަގޫވާނެ ސަލާމަތްވާން، ޓްރެޕްވެފައި، ދުއާ އަކީ އެފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވާ އިސްތިއުފާދީ ފަޑިޔާރުންގެ ގެއަށް ދުވަހަކުވެސް ނުވަދެވޭނެގޮތް ހެދުން

  14. އެކަމަކު މިވަގުތު ދުނިޔޭގައި ތިބި އެންމެ ނުކުޅަދާނަ ވަކީލުން އެތިބަ ބުނަނީ ގުދަށޯ ބައިތިއްބާފައި ތިބެނީވެސް.