ކ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

އެސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވެއެވެ.

އެންމެ އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުން އަންނަތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައި ވަނީ މިއީ އިރުވައި މޫސުން ފެށުމުގެ ގޮތުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުހާރީ

    އެމްޑީއެން ގެ ލާދީނީ އެމްސީ ހަމީދު މެން ހައްޔަރު ނުކުރާހާ ހިންދަކު މޫސުންވެސް ގޯސްވާނެ

  2. އަލިފްދާލް

    ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައިގެ އަސްލަކީ ލާދީނީ އެމްޑީއެން ގެ ބައިގަނޑު ރާއްޖޭގައި މިނިވަންކަންމަތީ އުޅޭތީ ވާހާ ކަންކަން، އެބައިގަނޑު ޖަލަށްލާ.

  3. ހަމަާ

    ރީނދޫތަ ؟ ހުދުތަ ؟ ބޮޑައްގޯހީ ؟؟
    ތިޔަ ސަމާލު ތަކުގެ މާނަވެސް ބުނެދިންނަމަ ؟

    8
    1
    • ކަކުނި

      ބޮޑަށް ގޯހީ ޔެލޯ

      1
      1