ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ މައިންބަފައިންނަށްވެސް ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ލިބޭނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.

ޑީޖޭއޭ އިން ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވި ފެކެސް މެސެޖުގައި ވަނީ، ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުންނަށް ލިބިދޭން ޖެހޭ އިންޝުރެންސް ފޯރުކޮށްދިނުމަށް އެލައިޑް އިންޝުރެންސް ކުންފުނިން ގަނެފައިވާ ޕޮލިސީގެ ދަށުން ހިދުމަތް ހޯދާ ފަނޑިޔާރުންގެ މައިންބަފައިންނަށް ރާއްޖެއިން ބޭރުން ލިބޭ ބޭސްފަރުވާ ކުރެވޭނެ ކަަމަށެވެ.

"...ފަނޑިޔާރުންގެ މައިންބަފައިންނަށް ޑިސެންބަރު 15 އިން ފެށިގެން ރާއްޖެއިން ބޭރުން ކޭސްލެސްކޮށް އައުޓްޕޭޝަންޓް ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން (އެލައިޑް) އިން މި ޑިޕާޓްމެންޓަށް އަންގާފައިވާތީ ދެންނެވިން". ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ސޮއިކޮށް ފޮނުވާފައިވާ އެ މެސެޖުގައި ވެއެވެ.

އެ މެސެޖުގައި ވަނީ، އެ މައުލޫމާތު ފަނޑިޔާރުންނަށް ހިއްސާކޮށްދެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާ ފިކުރު

    އަދި ގާތް ރަޙްމަތްތެރިންނާއި ކައިރި ހިސާބުގަނޑުގެ އަވަށްޓެރިންނާއި ފެނިދެނިވަވާ އެންމެންނަށްވެސް ތިޔަ ޕޮލިސީގެ ހެޔޮކަން ލިބިގެން ފަނޑިޔާރުން އިންސާފުވެރިވާނެ! ނިކަމެތިމީހާ ގޮަތެއް ނެތިގެން ބައިރުފިޔާ ވަގަށް ނެގީމަ އުމުރަށް ޖަލަށް، މަތީ ފަނޑީގެ ބޭފުޅާ ލިބޭ އެއްޗެއް އިތުރުކުރަން ރުފިޔާ ވަގަށް ނެގީމާ އައު ޕޮލިސީއެއް ވުޖޫދުކުރަން ޖެހުނީ! ޢަދުލް އިންޞާފް، ޢަދުލް އިންޞާފް!!!

  2. ޟަން

    ދެބެއިންގެ ދެދަ ރިން ހިސާބުގެ ގާތްތިމާގެ ކުދިންވެސް ތިފަދަ ޕެކޭޖް ފުޅެއްގަ ބައިވެ ރި ކު ރެވުން ރަގަޅު

  3. ާއާަމިނަތު

    ކީއްވެބާ ޓީޗަރުންނަށް މިގޮތަށް ހަދައިނުދެނީ؟ އެންމެ ކުޑަމިނުން މުސާރަވެސް ބޮޑު ނުކުރި... ހަމަ އަހަރެމެން ޓީޗަރުން ކުރާ މަސައްކަތް މާ ބުރަ ތިޔަ ފަނޑިޔާރުންނަށްވުރެ...

  4. ނުރަބޯ

    ރީނދޫ އިންސާފު. މިއީ ފަނޑިޔާރުންގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފޯރުވުން.