ގަސްތުގައި އެއްވެސް ފްލައިޓެއް ޑިލޭ ނުކުރާނެ ކަމަށް ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން މިގޮތަށް ބުނެފައި މިވަނީ، މި ދުވަސްވަރު ގިނަ ފްލައިޓްތައް ޑިލޭވެ، ޝެޑިއުލް އާއި އެއްގޮތަށް ދަތުރު ނުކުރެވި ދާތީ އާންމު ފަރާތްތަކުން ހިތްހަމަ ނުޖެހުމާއި ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އެ އެއާލައިނުން "އެއްވެސް ފްލައިޓޭއް ގަސްތުގައި ޑިލޭ ނުކުރާނެ" ކަމަށެވެ.
ފްލައިޓްތައް ޑިލޭވުމާއި ގުޅޭގޮތުން އެއާޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައި ވަނީ، ފްލައިޓްތައް ޑިލޭވަނީ ރަންވޭ ބާރުބޮޑުވުމުން ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މި ދުވަސްވަރު 50 އަށްވުރެ ގިނަ ފްލައިޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާއިރު، އެކަމުގެ ސަބަބުން ރަންވޭއަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެ ކުންފުނިން ބުނެފައިވަނީ، މ ދުވަސްވަރު ރަންވޭ ބާރުބޮޑުވެ ފްލައިޓުތައް ޑިލޭވުމުގެ މައްސަލަ ކުރިމަތިވަމުން ދިޔަ ނަމަވެސް، ޗުއްޓީ އާއި ދިމާކޮށް ގިނަ ބަޔަކު އެކި މަލްޒިލްތަކަށް ދަތުރުކުރާ މި ސީޒަން ނިމުމުން މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، ބާރު ބޮޑު ދުވަސްތަކާއި ދިމާކޮށް ފްލައިޓުތައް ޑިލޭވުމުގެ މައްސަލަ މިހައި ބޮޑަށް ކުރިމަތިވަމުން ދަނީ އެންމެ ރަންވޭއެއް ބޭނުން ކުރާތީ އެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި އައު ރަންވޭ ހުޅުވުމުން މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެފިޝިއެންޓް ނޫނީ!
ތީ މިހާރަކުވެގެން އުޅޭ ކަމެއް ނޫން. އަބަދުގެ ހާލަތު.
ކަމެއްކުރަން ނޭނގެނީ! އަދިވެސް މޮޅު ވާހަކަދެއްކޭތޯބަލާ! ތިކަން ހައްލުކުރާނެ މަގު ދައްކާފަ އޮތްއިރުވެސް ތިއުޅެނީ ނޭންގިގެން.
ކޮން މޫސާ ވަސީމެއް ބާ މީ. ޓިވީ ގަ ހަބަރު ކިޔަން އުޅުނު މޫސާ ވަސީ ތަ؟
އަހަރެންނަށް މިދިޔަ 12 އަހަރުތެރޭ ޑިލޭ ނުވެ ފުރުނީ %5 ދަތުރު. އަނެއް %95 ދުވަހު 30މ އާއި 1 ގަޑި އިރު ލަސްވެފައި އެބަހުރި.
ކަންކުރަން ތިބޭ މުވައްޒަފުން ތަމްރީނުކޮށް ކަންކަން ހިންގަން ސިޔާސީ ފިކުރު ދިމާވާ މީހުންނަށް އިސްކަން ދިނުމުގެ ބަދަލުގައި ކޮލިފައިޑް މީހުންނަށް ފުރުސަތު ދޭންވީ. ތިއީ ފެނަކަ ، މރޑސ ނުވަތަ އާދައިގެ ކުންފުންޏެއް ހިންގާ ގޮތަށް ކުރަންޖެހޭ ކަމެއްނޫން.
ތިއީ ގައުުމުގެ މައި ދޮރާށި، ތިއީ އިގްތިސާދީ މައިނާރުގެ ފެށުން، ތިއީ ގައުމުގެ ފަހްރާއި ގުޅިފައިވާ މިގައުމުގެ މޫނު.
ރަނގަޅު ނުކުރެވިގެން އުޅެނީ އަބަދުވެސް އެއޮންނަ ޓޮޕް މެނޭޖްމެންޓް ސިޔާސީވެފައި ސިޔާސީ ބަޔަކު އަންޔަންކުރާ ބަޔަކަށްވާތީ. މިއީ މިއަދަކުނޫން.. އަބަދުވެސް ހާލު
މިހާ ގިނަދުވަސްވަންދެން މިކަން ރަނގަޅު ނުކުރެވިގެން އުޅޭނީ ބޮޑު މައްސަލަތަކެއް އެތެރޭގައި ހުރުމުން
ހުރިހާ ރައްޔިތުންނަށް މިކަން ރަނގަޅުކުރަން އައިޑިއާ ދެވޭގޮތަށް އޮންލައިން ފޯރަމެއް ހަދައި ހިންގާނެ ޒުވާނަކު ނެތްތަ ؟
ދުވަހަކުވެސް ޑިލޭ ނުވާ ފްލައިޓް އަކަށް އަދި ނޭރޭ. އެކަމަކުވެސް އޭޝިޔާގެ އެންމެ ގަޑިއަށް ފުރާ އެވޯރޑްވެސް ލިބޭ ކޮންމެ އަހަރަކު.
ނޫން ގަސްތުގައިވެސް އެބަހުރި ފްލައިޓް ޑިލޭކުރުވާފައި. ގާތް ރައްތެހިން ލަހުން އާދެވުމުން އެމީހުނަށް މަޑުކުރުވާފަވެސް އެބަހުރި.
ތެދުފުޅެއް ޑިލޭޔެއްވެސް ނުވާނެ ދިވެހިންނައްވަރައް އޯގާތެރިވެސް ވާނެ މާލެއިން ޓިކެޓު ނަގާއިރު ބުނާއެއްޗެއް އިންޑިޔާގަ ހުންނަ އެއާލައިން އޮފީހައް ޓިކެޓް އޯކޭ ކުރަން އައީމަ ދިމަލެއް ވެސް ނުވާނެ ހިތުހުރި އަގެއް ކިޔާފަ ޓިކެޓުގަނޑު އޯކޭވެސް ކޮއް ދޭނެ ހަމަ ދިވެހިން ކަތިލަނީ ދިވެހިންގެ ލޭބޮއިގެން ހިންގާ ކުންފުންޏެއް ތިއީ
ސީޒަން ނިމުނީމަ ރަގަޅުވާނެޔޯ. ނޭނގެނީހަމަ.
ތިއީކީ މިދުވަސްވަރު އެކަނި ވެ ގެން އުޅޭކަމެއް ނޫން އަބަދުވެސް ހާލަކީ ތީ. އަހަރެން އަދި ދަތުރު ނުކުރަން ޑިލޭ ނުވާ ދަތުރަކު.
ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެއް ގަސްތު ގަ ޑިލޭކުރަނީ ،ގެސްޓުން ބޭރުން އަނަ ފުލައިޓުތަކުން ނަ ގަންވެ ގެން
ކާކު ބުނިވާހަކައެއް؟. ފްލައިޓް ލަސްކުރަނީ ގަސްދުގަ. އެއީ އެފްލައިޓްއިން ދަތުރުކުރަން އެހެން ފްލައިޓްތަކުން އަންނަ މީހުން ގޮވައިގެން ދާންވެގެން. އެފްލައިޓް ލަސްވީމަ މިފްލައިޓް ލަސްކޮށްލަނީ. ރިސޯރޓަކުން ނޫނީ ފިކުރާވާ ގެސްޓްހައުސްއަކުން އަންގާލައިފިނަމަ ލަސްވާނެ. އެހެޔޮ ގެސްޓް މީހާ އެއަރޕޯރޓްގަ ތެޅޭނެ ވަރަކަށް ތެޅިފަ އަންނަންވިޔަސް.
ކާކު ބުނިވާހަކައެއް؟. ފްލައިޓް ލަސްކުރަނީ ގަސްދުގަ. އެއީ އެފްލައިޓްއިން ދަތުރުކުރަން އެހެން ފްލައިޓްތަކުން އަންނަ މީހުން ގޮވައިގެން ދާންވެގެން. އެފްލައިޓް ލަސްވީމަ މިފްލައިޓް ލަސްކޮށްލަނީ. ރިސޯރޓަކުން ނޫނީ ފިކުރާވާ ގެސްޓްހައުސްއަކުން އަންގާލައިފިނަމަ ލަސްވާނެ. އެހެޔޮ ގެސްޓް މީހާ އެއަރޕޯރޓްގަ ތެޅޭނެ ވަރަކަށް ތެޅިފަ އަންނަންވިޔަސް. ފްލައިޓް ގަޑި ކަނޑައަޅާ ޓިކެޓް ވިއްކާ ފަހުން ޝެޑިއުލްވާ ފްލއިޓްއިން އަންނަ މީހާ ގޮވައިގެންދާ ނިޒާމުގަ ވާނީ އެހެން
ގަސްތަކު ޑިލޭއެއް ނުކުރޭ. ދޯދިޔާކަމުން ހިންގުން ކަޑަކަމުން ޑިލޭވަނީ. ގަސްތުގަ ޑިލޭކުރުމަކީ މި ޑިލޭކުރަނީއޭ ކިޔާފަ ޑިލޭ ކުރުން. އެކަން ނުކުރީމަ ދެން އެވަނީ ގަސްތުގަ ކުރާ ޑިލޭއެއްނޫން. ދިވެހިންގެ ވިސްނުން ރަނގަޅުކުރަން އެބަޖެހޭ . ތިވެސް ކުލި ކޮމްޓްރޯލްނުކޮށް މާލޭމީހުން އަތުން ޓކްސް ނެގުންކަހަލަ ކަމެއް. ޓެކްސް ދައްކަންޖެހެނީ ކުލި ބޮޑުކޮށްގެން އެލާރިކޮޅުން.