މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢު ހިންގުމުގެ ހުއްދަ ނުދޭން އީޕީއޭ އިން ނިންމައިފިއެވެ.

އީޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާފަރު އެއާޕޯޓްގެ ދެވަނަ ފޭސްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދިނުމަށް އީޕީއޭ އިން ނިންމާފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނީ އެއާޕޯޓު ބޮޑުކުރުމަށް މާފަރު ފަޅުން ހިއްކަންޖެހޭ ސަރަހައްދަކީ ރަށުގެ ފަޅުން ތާ އަބަދަށް ބޮޑު ބަޔެއް ގެއްލިގެން ދިޔުން ކަމަށާއި މިއީ އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް އެއްކޮށް ނެތިދާނެ ކަމެއްކަމަށެވެ. މާފަރު އެއާޕޯޓަށް ރަށުން ނަގާފައިވާ ބިމުގެ ބަދަލުގައި ރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަށް ރައްޔިތުންނާއި ރަށު ކައުންސިލުން އެދެމުންދާއިރު އެއާޕޯޓު ބޮޑުކުރުމުގެ ނިޔަތުގައި ރަށުގެ ފަޅުން ބޮޑުބަޔެއް ހިއްކުމަކީ ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް އީޕީއޭގެ ލަފާގައި ވެއެވެ.

އީޕީއޭ ލަފާގައި ބުނެފައިވަނީ މާފަރު އެއާޕޯޓު ބޮޑުކުރުމަށް ވެލި ނަގަން ނިންމާފައިވާ ސަރަހައްދަކީ ކަނޑުގެ ދިރުން މުއްސަނދި، ވެލާކަހަނބު ގިނަ އަދަދަކަށް އުޅޭ ސަރަހައްދެއް ކަމަށާއި އެރަށުގެ ފަޅުން ބޮޑު ބަޔެއް ހިއްކުމަކީ ވެލާތަކަށް އެސޮރުމެން ބިސްއަޅަން ބޭނުންކުރާ ސަރަހައްދު ގެއްލޭނެ ކަމަކަށް ވާތީ، މިއީ ސީދާ ގޮތުން ކަނޑުގެ ދިރުންތަކަށާއި ވެލާކަހަނބަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.

މާފަރުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކި ނަމަވެސް އެ ސަރަހައްދު ގިރުން ފަދަ ކަންތައް ކުރިމަތިވާނެ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ކުރާ މަސައްކަތަށް ބޮޑު ހަރަދު ދާނެ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

މާފަރު އެއާޕޯޓު ބޮޑުކުރުމަށް ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއަށް 22،000 ރުއްގަސް ކަނޑަށް ޖެހޭތީ އާއި އެއާޕޯޓު މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމަށާއި މިކަމަށްވެސް ގިނަ އަދަދެއްގެ ގަސް ކަނޑަން ޖެހޭނެތީ މިއީ ތިމާވެށީގެ ގޮތުން ބަލާއިރު ރަށުގެ ފެހިކަަމަށް އަދި ބިންގަނޑަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

މާފަރު އެއާޕޯޓް ބޮޑު ކުރުމަށް ހިންގާ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދޭން އީޕީއޭ އިން ނިންމި ނިންމުން އިސްތިއުނާފް ކުރުމުގެ ޙައްޤު އަދި އޮންނާނެއެވެ.

މާފަރުގައި އެއާޕޯޓެއް އެޅުމުގެ ވާހަކަތައް ދައްކަމުން އަންނަތާ 12 އަހަރު ފަހުން އެކަން ހަޤީޤަތަކަށް ހައްދަވައި ދެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އެއާބަސް އޭ 380 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިއަހަރުގެ މާޗް މަސް ތެރޭގައި ވިދާޅުވެފައެވެ.

"އެއާޕޯޓުގެ މަސައްކަތް ކުރާ ފަރާތުން ބޭނުންވަނީ އެއަރޕޯޓު މިހާރަށްވުރެ ބޮޑުކުރަން. މިހާރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 2200 މީޓަރު. އަދި އެބަ ބޭނުންވޭ އެބޭފުޅުން 1000 މީޓަރު އިތުރުކޮށް އެތަނަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ އޭ 380 ގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް ބަދަލުކުރަން. އަޅުގަނޑުމެން މިތިބީ އެކަން ކުރުމަށް އެއްބަސްވުމަށް ތައްޔާރަށް." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ބައެއް މަޝްރޫޢުތައް ކުރިއަށް ނުގެންދަން އީޕީއޭ އިން ލަފާދެއްވަން ފެއްޓެވުމުން އީޕީއޭގެ ބާރުތައް ކަނޑުވާލައި، އަދި ބައެއް މަޝްރޫޢުތައް އީޕީއޭގެ ލަފައާއި ހިލާފަށް ވެސް ހިންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ބޯހަލާކު

  ރާއްޖެތެރޭ ރަށެއްވީމާ ތިމާވެއްޓޭ އަނެކެއްޗެކޭ ގޮވާނެ. މާލެއާއި މާލެ ކައިރީރައްތައްހެޔޮ އެފުއް މިފުށައްޖެހިޔަސް އެއީ ތިމާވެއްޓާރައްޓެހި މަސައްކަތް. ރާއްޖެތެރެ ތަރައްޤީވެދާނެތީ ބަޔަކު ބިރުގަންނާތީ މިހެންމިހަދަނީ

  53
  1
  • ވަރިހަމައެއްނުން

   ވަރިހަ މައެއްނުން މާފަރުގެ ކައުންސިލް މެޖޯރިޓީވެސް ދޭނީ މޑޕއަށްވިއްޔާ..ނޫނު އަތޮޅު އޮތީ އިންޑިޔާއަށް ވިއްކާފައޭ އެކިޔަނީނުން...300މިލިޔަނަށް..އިންޑިޔާގެ ހުއްދަނެތި ދެނެ ނޫނު ށ ހއ ހދ މިއަތޮޅުތަކުގަ ވައިވެސްނުލެވޭނެ ދެނެ...ނަ މުން ސޯލިހު ކަ މުން ޖާހިލު އަ މަލުން ވަގެ ވެރިޔަކަށް ހޮވީ މަ ވާނެެއެތި މިވަނީ...

   34
   4
 2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ހުރިހާ ތަނަކަށް އަތްބާނައިގެންވެސް ކަމެއް ނުކޮށްވޭތޯ ބަލާތި. މިސަރުކާރަކީ އަމުދުން އެއްވެސް ކަމެއް ކުރަން ނޭންގޭ، މިކަހަލަ ބޮޑު ޕްރޮޖެކްޓެއް ހިންގޭނެ ގާބިލުކަމެއް ނެތް ސަރުކާރަކަށް ވީތީވެ މިކަންކަން ނުކޮށް ވާނެ ހުރިހާ އެކްސްކިއުޒެއް މިމީހުން ދައްކާނެ. މީ ވަރަށްސާފުކޮށް އެނގި ޔަގީންވާކަމެއް.

  40
  2
 3. ހަނާ

  މާލެ ނޫންތަނެއް ތަރައްގީވެ ކުރިއަރާދިޔަ ނުދޭނެ މާލޭ ސަރުކާރުން. މާލެ އަތޮޅުގަ ފަޅު ހިއްކައިގެން ރިސޯޓް ހެދީމަ ހަމަ އެއްވެސް ގެއްލުމެއް ނުވަނީތޯ؟ މާލޭ ސަރުކާރުން ކޮންމެހެން އީޕީއޭ ލައްވާ ދެބޯގެރި ދުއްވަން ނަހަދާ. ރައްޔިތުން މިތިބީ ގަބޫލުކުރާގޮތަކަށް ނޫން.

  33
  1
 4. މުކި

  ކަމެއް ކޮއްދޭނެކަަމަށް ބުނެ ރައްޔިތުން ގުނބޯހައްދާފަ. ނުކޮށް ރެކޭނެ މަގެއް ހޯދާފަ މިއޮތީ. ބިން ހިއްކަނީ ހަމައެކަނި މާފަރަކު ނޫން. ރާއްޖޭގެ އެތަންމިތާ ބިންހިއްކާ މަގުތައްކޮނެ ގަސްތައް ކަނޑާ ހަދަމުން ދާއިރު އީޕީއޭ ކޮބާ؟
  ސާލިހުގެ ވައުދަކީ ފީސިބަލް ކަމަކަށް ނުވީމާ އީޕީއޭ މެދުވެރިކޮށް ޖެހި ސްޓަންޓެއްމިއީ.

  30
  1
 5. ޖީބު

  ތިވަރަށް އޮޅުވާ ނުލާ ހަމަނުވަނީ ތޯ

  24
  2
 6. ޙަސަނު

  ރިސޯރޓްތައް ހަދަން ވަރިހަމަތަ ކޮންމެ ގަނޑެއް ގަތަސް އާނ ބޭނުން ގޮތެއް ހަދާފަ ހުރިހައި ވަޒީފާއެއް ބިދޭސީންނަށްދޭން ވެއްޖިއްޔާ އެންމެ ރަނގަޅުވާނެ އަހަރަމެނަށް ފެންނަ ފޮޓޯތަކުން އެނގޭ ޓުއަރިޒަމަށް ޓަކާ ފަޅުތައް ހަލާކު ކޮށްފަ ހުންނަވަރު ފިނޮޅެއްގެ މެދުން ވިލުކުލަ އަންނަވަރަށް ކޮނެފަވެސް ހުރެދާނެ ފަޅު / ފަރު ގެ ބޭނުން ދިމާލަކުން އުނދޯލި އެލުވަން މުޑި ޖަހާފަ ހުރެދާނެ ހައްތަހާވެސް މުއްސަނދިންނަށް ރަނގަޅު ގޮތް

  19
 7. ނަކް

  ބަލަ ގެސްޓު ހައުސް އަދި އާބާދީ ބޮޑު ވާއިރު ގޯތި ދޫކުރަންވެސް ބިން ބޭނުންވޭ..އެއަރޕޯޓަށޭ ކިޔާފަ މިރަށުގެ ބިން އެއްކޮށް ހުސްނުކުރެވޭނެ..

  4
  18
 8. އަންނި

  މާލެ ނޫން ތަނަކަށް ތަރައްޤީ ނުގެނެވޭނެ

  21
  1
 9. ނީނާ

  ރަނގަޅު ބަރާބަރު!! ބަލަ ކަމެއްވެގެން ދެއްތޯ ރައީސްޔާމީނު އެތަން ހިއްކައިގެން ބޮޑުކޮށްގެން އެއަރޕޯޓް އެޅެން އޮއްވާވެސް އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅޭނެ އެންމެ ރަނގަޅު ކޮންސެޕްޓަށް އެއަރޕޯޓްއަޅާ އެތަން ޑިވެލޮޕްކުރީ.. ކަލޭމެން މެޑަލްޖަހަން ބަދަލުތައްގެނެސް ޑުރާމާ ކުޅުމަށްވުރެއް މާ ތާހިރުވާނެ އުތުރުގެ އެހެން ހިސާބެއްގަ ހއ ނޫނީ ހދ ގަ އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރިއްޔާ.. ނުހުންނާނޭ އެފެންވަރެއް.. އެހެންވެ ކޮވެލި ބިސްއަޅާ އުސޫލުން ގޭސް އަނބުރަން ތިޔަ އުޅުނީ..

  17
  3
 10. ސަންފައްތަ

  އީޕީއޭ އަކީ ހުއްދަދޭ ތަނެއްނޫން. އަދި ހުއްދަ ނުދޭން ނިންމާ ތަނެއްވެސް ނޫން. އީޕީއޭން ކުރާ ކަމަކީ ތިމާވެށީގެ ރިޕޯޓެއް ހަދާފަ ލަފައެއްދެނީ މިކަން ކޮށްފިއްޔާ މިހެން ވެދާނެޔޭ. ސަރުކާރަށް އޮންނާނެ އެ ލަފާ ޤަބޫލު ކުރުމާއި ނުކުރުމުގެ އިޚްތިޔާރު. ރައްޔިތުންގެ ތަރައްޤީއަށް އަދި އިތުރުގެ ދަތުރުފަތުރުގެ މައި މަރުކަޒަކަށް މާފަރު އެއަރޕޯޓް ހެދުމަށް ސަރުކާރަށް ލިބިފައިވާ ފުރުޞަތު ދޫކޮށްލާނެކަމަކަށް ނުދެކެން. އެކަމަށް ސަރުކާރުން ޚަރަދުކުރާކަށްވެސް ނުޖެހޭ. ހިލޭ ކުރެވެންއޮތް ކަމެއް. އެނގިދާނެތާ ބޮލެއް ހުރިއްޔާ.

  16
  2
 11. އަދުލީ

  ޔާމީނުގެ ސަރުކާރުގެ ކޮށްދިން ކަންތައްތައް ތިއީ. އިތުރަކަށް އެ.ޑީ.ޕީ ސަރުކާރުން ކޮށްދޭން ބޭނުމެއް ނުވޭ. ވަރަށް ސަލާމް. ލޯއްބަކީ ކަނުއެއްޗެއް. ޔާމީނު ޖެހުނީ ޖަލަށް ދާން.... މިއީ ލައްކަވާހަކަ،،،،

  24
 12. ރާއްޖެތެރޭމީހާ

  އަތޮޅު ތެރޭގައި ތަނެއް ތަރައްޤީ ވެއްޖެނަމަ ގްރޭޓާ މާލެއަށް ލިބެންޖެހޭ ބައި މަދުވެދާނެތީ މާލޭގެ ބޭފުޅުން ދުވަހަކުވެސް ބޭނުމެއް ނުވާނެ އެފަދަ ކަމެއް ކުރިޔަދޭކަށް. މާފަރު އެއަރޕޯރޓް ބޮޑުކުރަން އުޅެނީ ދަޢުލަތުން ހޭދައެއްކޮށްގެނެއްނޫން. އެހެނަސް އެއީ ސީދާ އަތޮޅުތެރެއިން ރަށެއް ތަރައްޤީ ވާކަމެއްކަމުގައިވާތީ މާލޭގައި ރާއްޖެތެރޭ މީހުން ފެލައިގެން އުޅޭ މީހުންނަށް ހަޖަމެއްނުވާނެ. ބަލާ އައްޑޫ ހޮސްޕިޓަލް އޭސީ ކުރީމަވެސް އަތޮޅުތެރޭ މީހުން ފިނިކުރަން އަތިމައްޗަށް ނުކުތީމަ ނިމުނީ ކަމަށް ބަލައި އަދި ޚަރަދު ބޮޑު ވާނެކަމަށްބުނެ އެކަމަށް މިސަރުކާރުގެ ހެލްތު މިނިސްޓްރު ދެކޮޅު ހެދި. ފާފު މަޝްރޫޢު ވެސް ސަޢުދީއިން ތަރައްޤީ ކުރަން އެދުމުން އޭރުން މާލެއަަށްވުރެ އެހެން ތަނެއް ތަރައްޤީވެ މާލޭގެ މީހުންގެ ކުލިއަތުލައިގެން ކެއިން ބުއިން ނިމުމަކަށް އައިސްދާނެތީ އެކަންވެސް ކުރިޔަ ނުދިން. ކާށިދޫ އާއި ގާފަރު ތަރައްޤީކުރަން ޖާބިރު އުޅެން ފެށުމުން އެކަމަށް ވެސް ސަރުކާރުން އުޅެނީ ފިއްތުންތައް ކުރިމަތި ކުރުވައި ކުރިޔަ ނުދީގެން. މިޒަމާނު މަގުތަކުގައި ތާރު އަޅަމުންދާއިރު ކުޅުދުއްފުށީގެ މަގުތައް ހަދަން ޖެހުނީ މާލޭގެ މަގުތައް ތާރު އެޅުމަށް ކުރިން އަޅާފައިވާ ގާތަށް އުކައިލުމަށް ނެގުމަށްފަހު، އެގާތަށް އަޅައިގެން. ދުވަހަކުވެސް ރާއްޖެތެރެއަަށް ތަރައްޤީއެއްނެތް. ފަސްއަހަރުން ވޯޓު ހޯދަން މާލޭ ބޭފުޅުން ދާނެ ރާއްޖެތެރެއަށް. ދާއިރަށް ރާއްޖެތެރޭ މީހުން ތިބޭނެ ގުނބޯހެދިފައި އަތްޖަހަން.

  18
  • ހިގާ ނުކުންނަން

   ބަލަ ކިހިނެއްހޭ ކަ މެކުރަން ހުއްދަދެވޭނީ ގެރި މޯދީއަށް ވިއްކާފަޔޯ އޮތީ ހއ ހދ ށ ނ...މިއިންތަނެއްގަ ފިނިހަކަޔަކަށްވެސް ހިރިނުލެވޭނެޔޯ ގެރި މޯޑީގެ އިޒުނައާ ނުލައި،..ދެން ބަދިވަރުގޮވާނެ ކަ މެނެތް ވޯޓުވިއްކި މީހުންނާ ވިސްނު މެތި ވޯޓުދިން މީހުންނާ ހަސަދަވެރިކަން އިސްކޮށް ވޯޓުދިން މީހުންގެ ސަބަބުން މިއަދު މިއޮތީ މުޅިގައު މު އެކީ އެކައްޗަކަށް ރޯންޖެހިފަ...ދެންވެސް ދަންނަ އެއް މެންނާއެކު މިވެރިކަން ބަދަލުކުރަން ހިގާ...

 13. ހިތާމަ

  އީޕީއޭއަށް އެނގޭތަ ވާނުވާ؟ ވެލާބިސްއަޅާ ތުނޑިއެއް މިހާރު އެބައޮތްތަ މިރާއްޖޭގަ. ހުރިހާ ޜަށެއްގަ ރިސޯޓު ހަދާފަ އެހެރީ. ބިސްއަޅާތަނުން ބިސްތައް މިހާރުވެސް ނަގާ. އަދި ވެލާވެސް އެވަރަށް ހިފާ ކަނޑުމަތިން. އެހާ އުނދަގޫބޮޑު މަސްވެރިންނަށް. ވެލާނަގައި ބިސްނަގައިއުޅުނު އިރުވެސް މައްސަލައެއް ދިމައެއްނުވޭ. ވެލައަކީވެސް އެހެނިހެން މަސްމަހާ މެއްސަކީވެސް ނަގައި ކައިހަދަންޖެހޭ އެއްޗެއް. އެއްޗެއް ނެތިދާންވީމާ ނެތިދާނެ. ޚަލްޤުކުރެއްވި ފަރާތުން ގެންދަވާނެ. ދިރުއްވާނެ. ކޮން ތިމާވެއްޓެކޭތަ ތިކިޔަނީ. މާލެއަތޮޅުގަ އެއޮތީ 8ރަށް ހިއްކާފަ ރިސޯޓު ހަދާފަ. ތިމާވެށިކޮބާ؟ ސަރުކާރުން ހުރިހާ އިވެންޓެއް ބާއްވަނީ އެތާގަ. ރަށްރަށުގަ ރުއްގަސް އިންދާނީ. ފަޅުވެސް ހިއްކާނީ. އޭރުން ތިމާވެށި ރަނގަޅުވެސްވާނީ.

  13
 14. މަނަދޫ ސޮރު

  އީޕީއޭ އަށް ފެނުނީ މާފަރު އެކަނިތަ. އިއްޔެ ނޫންތަ މާފުށީ ފަޅު ހިއްކަން އެފެށީ. މާލެ ނޫން ތަނެއް ތަރައްގީވާން ސަރުކާރުތަކުން ބޭނުން ނުވާކަން މިއަދު ހާމަވެއްޖެ. ވެލާނާ އެއަރޕޯޓް ބޮޑު ކުރީ ބިން ނުހިއްކާތަ...

  18
 15. Anonymous

  ރިޝްވަތު ނުދީގެން ބޮޑު ނުކޮއްދެން އެ ނިންމީ. 0 ޓޮލަރެންސްގައި ވައްކަމާ ފަސާދައާއި މަކަރާ ހީލަތް ހަދާ ލާދީނީ ސަރުޚާރެއް މި އީ. މިބައިމީހުން ތާ އަބަދު މަސައްކަތް މިކުރަނީ ރިޝްވަތު ނުދީގެން އެބަޔަކައް އެކަމެއް ނުކުރެވޭނެ.

  15
 16. ކިޔުންތެރިޔާ

  ރ.ޔާމީންގެ ސަރުކާރުގައި އަތޮޅުތެރޭގެ ރަށްތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައިވޭ. އެކަމަކު އީޕީއޭއާއި، އެމްޑީޕީއާއި، އިންޑިއާގެ ބީޖޭޕީއާއި، އިނގިރޭސިވިލާތުގެ ފަރަންޖީޕީއާއި، ކޮމަންވެލްތުޕީއާއި، ނަޝީދުޕީ ފަދަ ބޮޑެތި ނުހޮރޮއްޕާން ފޯރުވައިގެން މިކަންކަން ހުއްޓުވަން ނުލާހިކު ގިނަ މަސައްކަތް އަނދިރި ދަުލަތުގެ ވެރިޔާ ކުރި. ނަމަވެސް ރ.ޔާމީންގެ ދުރުވިސްނުންފުޅާއި އެއްގޮތައް، އެއްވެސް ޕީ އަކަށް ބެލުމެއްނެތި ރާއްޖެތެރެ ތަރައްގީކުރަމުން ދިޔައީ ޔާނު ސްޕީޑުގައި. ތި ޕީ ތަކަށް ބެލިނަމަ އެއްކަލަ 35 އަހަރު ވެރިކަމުގެ ނިގޫ ކޮޅުގަ އެލިގަނެގެން ދިވެހިން ތިބެން ޖެހޭނީ!

  14
 17. ނުރަބޯ

  ކައުންސިލް އިންތިހާބަށް ކެމްޕޭނަށް ރުފިޔާ ކޮޅެއް ބޭނުންވީމަ ނެރެލި ރިޕޯޓެއް ތީ. ދެން ހުއްދަ ހޯދަން އަބޫދާބީން ސަރުކާރަށް މިލިޔަނުން ރުފިޔާ ދޭނެނު.

 18. ޒާ

  ތަރައްގީއެއް ނެތި ވެލާ ތަކަށް ބަލަހައްޓައިގެން ތިބެން ވީތަ؟ އީޕީއޭއިން ތިޔަކުރީ މިސަރުކާރުން ބޭނުންވާ ގޮތަށް ކަމެއް ކުރެވޭނެ ގޮތެއް ފެންނަން ނެތީމާ ބަހަނާ ދައްކާފައި މަތިޖެހުމަށް ކުރިކަމެއް. މާފަރު ކައުންސިލްގެ ރައީސް ބާރަށް އަތްޖަހާ ދެންވެސް.

 19. ކާފަބޭ2019

  އިތުރުކަޓެއްލިބެންނެތީ މަ ވީވައުދުންބޯދަ މައިގަތީ ތަނެއްތަރައްގީކުރާނެވިސްނު މެއްއެކެޕޭސިޓީއެއް ނެތި ކަ މެއްކުރާނީކިހިނެއްތޯ؟ މި5އަހަރު ކާޅުހަދާފަހުރި ހާލިތަކަށްކޮވެލިބިސްއަޅާހެން ރިބަންކަނޑާލަން ދިއުންނޫންކަ މެއްނުކުރާނެ ނުވެސްކުރެވޭނެ!!!! ގާސި މާ މައު މޫނާ އި މްރާނާ ހިބަރުވަދުދެ މިހުރިހާ ފަރާތްތަކަށް ބޯކޮށްސަލާ މް ޚާއްޞަކޮށް މައު މޫނަށް

 20. ޢޭތި

  ޜާވާއިގެން ހިންގާ ޖރީ މާ، ނުވާނޭ، އެވަރު ގާބިލްކަ މެއް ނެތޭ ނުބުނެ އެހެން ބަޔަކު ލައްވާ ފަސް އަޅާ ފޮރުވަނީ. ޜުއްގަަސް ކަނޑާއިގެން ތަންތަން ހަދަން ފެށީ މާ ޖަޒީރާ ނުވެދާނެ އަތޮޅެތެރެ. ތަރައްޤީގެ ކުލަވަރު ފެނިދާނެތީ ދުރާލާ ކިޔަންފެށީ ޖަޒީރާ ރާއްޖެޔޯ މީ.

 21. ޙުސޭން

  ތިޔަ އެއަރޕޯރޓް އަޅަން ޔޫއޭއިން ދޭން ނިން މި ލާރިގަނޑަށް ކިހެނެއް ހަދަންބާ މި އުޅެނީ...

 22. ސަމްސާދު

  ރާއްޖޭގެ ސަރަހައްދުގެ ބޮޑުމިނަށް ބަލާއިރު ބިމުގެ ބޮޑުމިނަކީ 1%. ކަނޑުގެ ބޮޑުމިނަކީ 99%. އެހެންވީމާ މާފަރު އެއަރޕޯޓް ބޮޑުކުރުމަށް ތަންކޮޅެއް ހިއްކުމަކުން ވެލާ ކަހަނބު ދިރިއުޅޭނެ ކަނޑުގެ ސަރަހައްދު ކުޑަވެދާނެކަމަށް ގަބޫލެއް ނުކުރެވޭ. އީޕީއޭގެ ދިރާސާގެ ޢިލްމީ ބުރަދަނާމެދު ސުވާލުއުފެދޭ.

  13
 23. މާފަރު ބޮޑޭ

  ކުރިން އެއާޕޯޓް އެޅި އިރު ކިތައް ބާވީސް ހާސް ރުއްގަސް ކެނޑިތަ؟އޭރު ތިޔަ ބުނާ އީޕީއޭ ކޮބާ؟ކޮންތާކު އޮތީ؟ ފުރަތަމަ އެއާޕޯޓް ހަދާފަވެސް އެއޮތީ އެބުނާ ވެލާ ފަސްގަނޑެއް ހަލާކުކޮށް ދުއްވާލާފަ..ދެން އެއާޕޯޓް ބޮޑުކުރަން ވީމަ ކޮން ވެލައެކޭ ކަނޑުގެ ދިރުމެކޭ ކިޔާކަށް..
  ދެން އޮތީ ވެލި ނަގާ ވާހަކަ..މިހާރު މާފަރު ފަޅުތެރެއިން ނަގާވެލި މަދީތަ؟ކޮބާތަ އީޕީއޭ..
  އަތޮޅުގަ ހަދާހާ ތަނެއްވިއްޔާ ހަދަނީ މާފަރު ފަޅުތެރޭ އޮންނަ ރާސްފިނޮޅުން ވެލި ނަގައިގެން..ގައިމު ލައްކަވެލި ނެގިފަ ހުންނާނެތާ..
  ހަގީގަތަކީ އީޕީއޭ ބޭނުންވާ ވަރަށް ލާރި ނުދިނީމަ ތިމާވެއްޓޭ ވެލައޭ ރުއްގަހޭ ކިޔާ ނަގަނީ..

 24. އަހުމަދު

  ކައުނސިލް އިންތިހާބައް ނުފޫޒް ފޯރުވަން ކުރި ކަމެއްތީ މާފަރުދާއިރާ ނުލިބިދާނެތީ ބިރުދައްކައިގެން ވޯޓު ހޯދަން ތިޔައުޅެނީ އަޅެ ދެން މީކިހާ ބޮޑުވެއްޖެ ކަމެއް ރައްޔިތުން ކަތިލައިގެން ލޭބޯން އުޅޭ ސަރުކާރެއް މީ މިހިރަކަންތައްތަކާ ރައްޔިތުން ވިސްނާ ފިކުރު ކޮއްފަ ވޯޓު ދޭން ތިޔަ ލޮބުވެތި ރައްޔިތުން ކިބައިން އާދޭސްކޮއްފަ އެދެން ގައުމައް ވަފާތެރިވޭ މިގައުމު ސަލާމަތް ކޮއްދީ މިފަރު ހުރިހާ އެންމެން ގުޅިގެން މި ރީނދޫހުމުގެ ވަބާއިން މިންޖުވެވޭތޯ ބަލަމާހިނގާ ޔާﷲ އަޅަމެންގެ މިގައުމު މިނުލަފާ ލާދީނީ ބައިގަނޑުގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާ އަޅަމެނައް އަމާންކަމާ ސުލްހަމަސަލަސްކަން ގާއިމް ކޮއްދެއްވާނދޭވެ اَمِين يَا رَبَّ الْعَالَمِيْن