ނ. މާފަރުގައި އަޅާފައިވާ އެއާޕޯޓަށް ވެލައެއް އަރައިފިއެވެ.

މާފަރު އެއާ އެއާޕޯޓަށް ވެލައެއް އަރައިގެން އުޅޭ މަންޒަރު ފެންނަ ވިޑިއޯއެއް މިހާރު މީސް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެއާޕޯޓުގެ ރަންވޭ މައްޗަށް ވެލައެއް އެރުމުން ވެލާ މޫދާހަމަޔަށް ގެންގޮސްފައި ވަނީ އެއާޕޯޓުގެ މުވައްޒަފުންނެވެ.

މީގެ ކުރިންވެސް މާފަރު އެއާޕޯޓަށް ވަނީ ވެލައެއް އަރާފައެވެ. އެ ވެލާ ވަނީ އެއާޕޯޓުގެ ރަންވޭ އަށް އަރައި ބިސްވެސް އަޅަފައެވެ. މާފަރު އެއާޕޯޓަށް ވެލާ އަރާ ބިސްއެޅީ މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެެވެ.

މިކަމާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން، މާފަރު ކައުންސިލުން ވިދާޅުވެފައި ވަނީ އެއާޕޯޓަށް ވެލައެއް އެރިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި ރަށު ތެރޭގައި ތުންތުން މަތިންވެސް އެފަދަ ވާހަކައެއް ނުދައްކާ ކަމަށެވެ.

މިހާރު ދުނިޔޭގައި އޮޕަރޭޓް ކުރަމުން އަންނަ އެންމެ ބޮޑު ފްލައިޓު އޭ380 ޖެއްސޭ ވަރަށް މާފަރުގެ އެއާޕޯޓު ވަނީ ތަރައްގީކޮށްފައެވެ. އެ އެއާޕޯޓް ތަރައްގީކޮށް ރަސްމީކޮށް އެ އެއާޕޯޓްގެ ދަތުރުތައް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސާދާ

  މާފަރު އެއަރޕޯޓް ބޮޑުކުރަން ހުއްދަ ނުދޭން ނިންމާ، ވެލައޭ ކިޔައިގެން ރިޕޯޓެއް ނެރުނުތާ، 2 ގަޑިއިރު ނުވަނީސް މާފަރަށް ވެލާ އަރައިފި. ވެލާގެ މުހިންމުކަން އީ.ޕީއޭއިން ދައްކުވައިދީ، ނޫސްތަކަށް އަރައިފި. މީ ސަރުކާރުން ގަސްތުގައި ނ އަތޮޅުގެ ތަރައްގީއަށް ހުރަސް އެޅުމަށް ކުޅެމުންދާ ޑްރާމާ

  6
  1
 2. ޒާ

  ތިތަނަށް އަސްލުކިޔަންވީ ވެލާވެލާ އެއާޕޯޓް

  5
  1
 3. މޯޱް

  ވެލާ އެއާޕޯޓް

  4
  1
 4. ނޯ

  މިހާރު ދުނިޔޭގައި އޮޕަރޭޓް ކުރަމުން އަންނަ އެންމެ ބޮޑު ފްލައިޓު އޭ380 ޖެއްސޭ ވަރަށް މާފަރުގެ އެއާޕޯޓު ވަނީ ތަރައްގީކޮށްފައެވެ.

  ހުސްް ދޮގު^^

  3
  5
 5. ޖާބިރު

  ވެލާއާއެއާޕޯޓާ ވެލާނާއެއާޕޯޓު ބޯހަލާކު

 6. ހޫން

  ކިޔަންވީ ވެލާނާ ރާ އެއަޕޯޓް