ތިލަފުށީގައި ރޯވި ލޯންޗް އަންދާލީ ސަރުކާރު ކުންފުންޏެކަމަށްވާ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު ފަހަތުގައިި ހުންނަވައިގެން ކަމަށް ތުހުމަތު ކޮށްފިއެވެ.

އޭނާއަށް އެ ތުހުމަތު ކޮށްފައި ވަނީ ރައްޔިތުން މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާ އެވެ.

މިއަދު ހެނދުނު ރޯވެ އަނދާފައި ވަނީ މުސްތަފާގެ ލޯންޗެކެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިލަފުށި ފަޅުގައިއޮތް އޭނާގެ 45 ފޫޓޫ ލޯންޗު ހުޅުޖަހާ އަންދާލީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު އަޑީގައި ހުރެގެން ކަމަށެވެ.

"މިކަން ކުރީ ޗައިނާއަށް ޗުއްޓީއަށް ގޮސް އެތާގައި ހުރެގެެން އޭނާ ބުނެގެން ކުރި ކަމެއްކަމަށް ތުހުމަތު ކުރެވެނީ". މުސްތަފާ ވިދާޅުވިއެވެ.

އެ ލޯންޗުގައި ރޯވެފައި ވަނީ، ތިލަފުށި އަލަށް ހިއްކި ސަރަހައްދުގެ މޫދުގައި އަޅާފައި އޮއްވާއެވެ.

އެ ލޯންޗުގައި ރޯވާން މެދުވެރިވި ސަބަބު އަދި ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި އަލިފާނުގެ ހާދިސާގައި ލޯންޗްގެ ގެގަނޑު އެއްކޮށް އަނދާފައި ވާއިރު ކައިރީގައި އޮތް ދޯންޏަކަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައި ވެއެވެ.

އެ ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު މެންދުރު 12:15 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކިނބޫ

    އެހެންވެގެންނޭ މިބުނަނީ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްވެސް ބަލަން އެބަޖެހެއޭ.

    33
    2
  2. Anonymous

    މިސަރުކާރު އައިފަހުން ގޮތްނޭނގޭ މަރުތައް އިތުރުވެ. މީހުންގެ މުދަލަށްވެސް ހާދަ ބޮޑެތި ގެއްލުންތައް އެބަލިބެއެވެ. ތަކެތީގެ އަގު ވެސް ހަމަ ދުވަހުން ދުވަހަށް ބޮޑުވަމުން ދަނީ. ފޭރުމާއި ވައްކަން އަތުރުވެ . މަސްތުވާއެއްޗެއް ސައި ބަނގުރާ ޢާއްމުވެ. ހުރިހިތާމަ އެއްގެ ބޮޑުކަމާއެވެ. ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅުއްވާ ޤައުމުގައި ހަމަ ޖެހުން ޤާއިމް ކުރައްވާ. އެންމެންވެސް އަމަން އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ލައްވާނދޭވެ. އަމީން

    15
  3. ކަރަންޓޭ

    މުސްތޮފާ ބެއަށް ކެނެރީ ނަސީދު ސަލާމްބުނި އަދި މައުމޫނުވެސް....

    11
    1
  4. ނަސީމާ

    އެހެން ވެގެން މި ބުނަނީ މަރުތަކާ ފޭރުމާ ޓެކްސް ނުދައްކާ މީހުންގެ މައްސަލަތައް ގާތުން ބަލައި ޙުކުމްއިއްވާށޭ ހަމަ އެކަނި އެއްމެ މީހެއްގެ މައްސަލަ މާ މުހިންމުވެގެން ހިތުހުރި ގޮތަކަށް ނިންމުން ރަނގަޅު ކަމަކަށް ދެކުމަކީ ބޭނުން ކަމެއް ނޫނެވެ.

    10
  5. ?ޖާބިރު.

    ރޯވި ސަބަބު މުސްތފާބެ ކިޔާދީފި އެއްނުންތަ؟ ޗައިނާގައި ހުރި ދިވެއްސަކު މިސައިލެއް ފޮނުވައިގެން މުސްތަފާބެގެ ލޯންޗުގައި ރޯކޮއްލީ. މުސްތަފާބެ ސީދަލައްނުބުނޭ މިސައިލެކޭ. އެކަމަކު ޗައިނާ ހުރި މީހަކު ކިހިނެއްތަ ލޯއްޗެއްގައި ރޯކުރާނީ.

    10
    • ޙަސަނުގެދަރި

      ޜަގަޅަށް ޚަބަރު ކިޔާލި ނަ މަ މުސްތަފާ ބުނެފަ ވަނީ ޗައިނާގަ ހުރެގެން މީހަކު ލައްވާ ކުރުވި ކަ މެެއް ކަ މަށް ޗައިނާގަ ހުރި މީހާ ލޯންޗްގަ ރޯކުރި އެކޭ ނޫން

      12
  6. ވިސްނާ

    ހުރިހާކަމެއް ރަގަޅުކުރުމުގެނަމުގައި ބޮޑުކޯލީޝަނެއްހަދައިގެން ގައުމުގެ ތަރައްޤީގެބާނީގެ ބޮލުގައި
    ސާބިތުނުހުފޭ އިލްޒާމްތަކެއްއަޅުއްވާ އެބޭފުޅާ ވެރިކަމުންދުރުކުރައްވާ އައިބޭފުޅުންގެސަރުކާރުގެ
    ކަންތައްތައް ރަގަޅުނުވެ ގޯހުންގޯހަށް ދިއުމަކީ ވަރަށްހިތާމަކުރާކަމެއް ތިހެންވިޔަނުދެއްވާ

  7. ނޫސްކިޔާމީހާ

    ޖަބީރުރަގަނޅަށް ކިޔާފާ ކޮމެންޓްކޮއްބަލަ ކިހާދެރަކަމެއްދޯ