ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސާވިސް ޗާޖް ނުދޭ ފަރާތްތަކަށް ފިޔަަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ސިރާޖް މިގޮތަށް ވިދާޅުވެފައި ވަނީ، ހޮނޑާފުށި ރިސޯޓުގައި މަސައްކަތް ކުރަމުންގެންދިޔަ އަހުމަދު ޝިމާހާޒް ސާވިސް ޗާޖްގެ ވާހަކަދެއްކުމުން އޭނާ ވަޒީފާއިން ވަކި ކުރި މައްސަލައާ ގުޅިގެންނެވެ.

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ހޮނޑާފުށި ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައި ވަނީ 11 ޑޮލަރެވެ. ޝިމްހާޒް ވަނީ މައުލޫމާތުތައް ފޭސްބުކް ޕޭޖަކަށް ފޮނުވާފައެވެ. އެކަން ރިސޯޓުގެ މެނޭޖްމެންޓަށް އެނގުމުން ޝިމްހާޒް ވަޒީފާއިން ކަނޑާލައި، އޭނާ ވަނީ ރިސޯޓުންވެސް ބޭރުކޮށްފައެވެ.

ސިރާޖް ވިދާޅުވީ، މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރަން ޖެހޭ ކަމަށެވެ.

"ސާވިސް ޗާޖުގެ ވާހަކަދެއްކުމަކީ މުވައްޒަފުންގެ ހައްގެއް. ހަމައަށް ސާވިސް ޗާޖް ނުދޭނަމަ އެ ވާހަކަދައްކާނެ". ސިރާޖް ވިދާޅުވިއެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖް ދޭން ޖެހޭ މިންވަރަށް ވުރެ މާބޮޑަށް މަދުން ދޭ މައްސަލައަކީ ހައްލު ނުވެ އޮތް ޒަމާންވީ މައްސަލައެކެވެ.

އެ މައްސަލަ މިހާރު ބޮޑަށް ފެންމަތިވެފައި ވަނީ، ދާދި ފަހުން ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ރިސޯޓްތަކުން ސާވިސް ޗާޖް ދޭ މިންވަރު ރަނގަޅުކަމަށް ދޭހަވަގާ ގޮތަށް ވާަހަކަދައްކާފައިވަނިކޮށެވެ. އަލީ ވަހީދު ވަނީ އެކަމާއި މައާފަށްވެސް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސަ

    ތިޔަ ފިޔަވަޅު އަޅާނީ ކޮންތާކުން ކޮންބައެއް
    ތިޔައީ ޕާޓީގެ ބޮޑެތިން ރާވައިގެން ކުރާކަމެއް. ޕާޓީ ހިންގަން ހަމްޒާ ވ ބޮޑު ހޭދައެއް ކުރޭ. އެއީ ސާރވިސްޗާޖުން ފޭރޭ ލާރި.

  2. ބުލްބުލް ޝާހިދު

    ތިޔާހެނެއް ސާރވިސް ޗާރޖްގެ ހައްގުމިންވަރު ކަށަވަރެއް ނުކުރެވޭނެތޭ! އެކަންކުރެވޭނެ ހަމައެކަނި ގޮތަކީ ހޮޓެލް އިންޑަސްޓްރީއަށް ލިބޭ އާމްދަނީގެ ތެރެއިން މިހާރުނަގާ ޓީޖީއެސްޓީ އާއެކު އިތުރަށް %7 އިތުރަށް ނަގުމަށް ފަހު ގާނޫނުން ކަނޑައެޅޭ އިދާރާ ނުވަތަ އެޖެންސީއަކުން ހޮޓެލް އިންޑަސްޓްރީގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނެ ގޮތެއް ހެދިގެން. މިހެން ހަދަންޖެހޭ ސަބަބަބީ ސާރވިސް ޗާރޖްގެ ނާޖާއިޒު ނެގުންހުއްޓުވުމަށް. އޭރުން %10 ސާރވިސް ޗާރޖް އުވާލެވި އަދި މިފަދަ ބަދަލަކާއެކު ޖުމުލަގޮތެއްގައި މުޅި އިނޑަސްޓްރީއަށް ފައިދާވާނެ. ހޮޓެލް އިންޑަސްޓްރީގަ މަސައްކަތްކުރާ ދިވެހި ހުރިހާ މުވައްޒަފުންނަށް މަހަކު މަދުވެގެން 500 އާއި 2500 އެމެރިކާ ޑޮލަރުގެ ބޯނަސް ކަށަވަރު ކުރެވުނީ. މިކަންވަރަށް ސާފުވޭ ނޫންތޯ! މިސާލަކަށް ހޮޓެލްއިންޑަސްޓްރީއިން މީރާއަށް ދައްކާ %7ގެ ތެރެއިން ދިވެހިންނަށް %5 އަދި ބޭރުމީހުންނަށް %2 ސާރވިސް ޗާރޖް ޓްރަސްޓް އެޖެންސީއިން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ޖާމާކުރަމުންދާނެ! އަދި މީގެއިތުރުން ޓްރަސްްޓް އެޖެންސީގެ ފަންޑުގައި އިންވެސްޓް ކުރަންބޭނުން ވާ މުވައްޒަފުންނަށް 12 މަސް ނުވަތަ 18 މަސްދުވަހު އިންވެސްޓްކޮށްގެން އިތުރު އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކުރުމުގެ މަގެއް ހުޅުވާލެވިދާނެ! އޭރުންވެސް ޖުމްލަގޮތެއްގައި ދައުލަތަށާއި މުޅިއިންޑަސްޓްރީއަށް ނުވަތަ ދިވެހިރާއްޖެއަށް ފައިދާވާނެކަން ކަށަވަރު!

  3. އަ

    މިހެޔޮހިތުން އިޚްލާސްތރިކަމާއެކު ބުނާ ވާހަކައެއްނޫން ފަހަތުން ބުނާނީ ބަރާބަރުކަމަށް.ސާބަހޭ ދޭނެކަމެއް ނެތް. މިހެން