އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔަސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

ޑރ.މުއިއްޒުއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްްވަމުން މޫސާ ސިރާޖް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ ރޭހުގައި ޑރ.މުއިއްޒުއަށް ތާއިދު ކުރައްވަން އޭނާ ނިންމަވާފައިވާ ކަަަމަށެވެ.

އޭނާ ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ.އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބުގައި އެކަން ބަދަލު ކުރައްވާނެ ކަަމަށެވެ.

ސިރާޖް ޑރ.މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމެވިއިރު، އޭނާ މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަ ކުރައްވާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓިގައި ވަނީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އެ ޕާާޓީގެ ދަފްތަރުން މިއަދުން ފެށިގެން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ ސްޕަ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.

މިއަހަރު ރިޔާސީ އިންތިހާބުގައި ޑރ.މުއިއްޒު ވާދަކުރައްވާއިރު، އޭނާ ގެންދަވަނީ އަތޮޅު ތެރެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ. މިވަގުތު އޭނާ ހުންނެވީ އަައްޑޫ ސިޓީގައެވެ.

ސިރާޖަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ވެސް ދޭތެރެ ދޭތެރެއިން ސަރުކާރަށް ފާޑުވިދާޅުވެ، ބައެއް ކަންކަމުގައި ޕާޓީގެ ފިކުރާއި ދެކޮޅަށް ހިޔާލު ފާޅުކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙާލު

    ހުސްވެސް ޑަބަލް ޓޭޕް

  2. ޑުބާއީ

    މުއިޒު ދިނީ ޑުބާއީ ދަތުރެއް ލޮލް

    2
    2
  3. Anonymous

    އަލްޙަމްދުلله.
    ޝުކުރިއްޔާ ލޮބުވެތި މެންބަރު
    ގެންނަންޏާ ގެންނަށްވާނީ ހެޔޮ ބަދަލެއް.
    ތިޔަޤުރްބާނީއަށް މަރްޙަބާ. މިޤައުމު އޮތް ޙާލަތު ވިސްނޭ ކޮންމެ ދިވެހި ދަރިއަކު މުޢިއްޒު ފަހަތަށް އަރަންޖެހޭ. ބޭރު ސިފައިން ބާލަންޖެހޭ. މިކަހަލަ އިސްލާމީ ޤައުމެެއްގައި ނުބައި ޢަމަލުތައް ފެތުރި ފިޔަވަޅު ނާޅާ ތިބެ ކުށްތައް އިތުރުވަމުން ދާއިރު ކިހިނެއް ތޯ ބަލަންތިބެން ހެޔޮވާނީ. ފަރުދީ ޒިންމާއަދާކުރަން ތެދުވަންވީ. ޅަދަރިންކޮޅު މަސްތުގެ ވަބާގައި ޖެހި އަވަދިވެ ނިމިއްޖެ. ދަރިންކޮޅު ބޭނުންތެރި ބަޔަކަށް ހަދަންވީ. އަމިއްލަ މަންފާ އަކަށްނޫން ދީނާއި ޤައުމަށް ބަލަންވީ.

    6
    1
  4. ދަރަނި ދަންތުރަ

    ﷲ ތެދުމަގު ދައްކަވައިފި އަޅަކު މަގުފުރެއްދޭނޭ މީހަކުނުވެއެވެ

    9
    1
  5. Anonymous

    މަރުހަބާ!! މަރުހަބާ!!!!!

    20
    3
  6. މަދަދު

    މަރުހަބާ މަރުހަބާ ސިރާޖް

    9
    2
  7. މަސްނޫނު

    މަރުހަބާ ސިރާޖް. ގައުމީ ފިކުރުއިސް ކަުރައްވާ މެޖޯރިޓީ ރައްޔިތުންނާ ގުޅިވަޑައިގެންނެވީތީ ﷲއަށް ހަމްދުކުރަން. ޝުކުރިއްޔާ ސިރާޖް

    11
    1
  8. އަހްމަދު

    ދާއިރާގެ ރައްތަކަށް ނުވަތަ ރަށައް ތަރައްގީގެ ކުލަނާންނަ ނަމަ ކޮންމެ މެމްބަރެއްވެސް މިގޮތައް ބަދަލުވާން ޖެހޭ ޕާޓީއަށްވުރެ ރައްޔިތުން އިސްކުރަންޖެހޭ

    8
    1
  9. ނަރޭ

    މިފަހަރު ޕޯޗުގީޒު ވިޔަޒޯރު ގައުމުދޫކޮށް ފިލާރަށްކާވިޔަނުދޭތި .

    9
    1
  10. އިންޑިއާއައުޓް

    އަލްޙަމްދުލިﷲ، ތީ ސިރާޖު އުމުރުން މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުން. ސިރާޖު އަށް މަދަދާއި ކާމިޔާބަށް އެދެން. ކެއްތެރެވެ ކުރިއަށް ވަޑައިގަންނަވާ، ވެދިޔަތަން އެ ނިމުނީ އެކުވެރި ކަމާއެކު ފަސްނުބަލާ ކުރިއަށްދޭ.

    9
    1
    • އަހުމިއްޓޭ

      ހޫން. ކަލޭމެން ބޭނުންވާގޮތް ހެދީމަ އެވީ އެންމެ ރަނގަޅުކަމަކަށް. ބަލަގަ ތިއީހުސް ފައިސާހޯދަންދުވާ ބައިގަނޑެއް.

      1
      6
  11. ދެރަކަމެއް

    ތިޔަ ޚިޔާލަށް ވަރަށް ތާއީދު. އަލްޙަމްދުﷲ

    4
    1