މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓާ ދެކޮޅު ކަން ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު މިއަދު ހާމަކުރައްވައިފިއެވެ.

ފޭސްބުކްގައި ސިރާޖް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިކަމެތި މީހާ އަށް ގޯތި ދޭން ނެރުނު ލިސްޓު ރަނގަޅަށް ބެލީމަ ސާފުވީ އަނބިދަރިންނާއި މައިންބަފައިން ނަމުގައި ބުރި ބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެ މީހުންނަށް ކުއްޔަށް ދީގެން ތިބި އެތައް މަހުޖަނަކަށް އެމީހުންގެ ބިޔަ އިމާރާތުން ެ އާއިލާތަކަށް ނުފުދޭތީ އިތުރު ބިންތައް ކަނޑައެޅިފައިވާ ކަން ކަމަށެވެ.

މާލެ ސަރަހައްދަށް ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެތެރޭ ރަށްރަށުގައި ގޯތި ހަދަން ބޭންކުން ލޯން ނުލިބުނަސް، މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ހެދުމަށް ބޭންކުތަކުން ލޯން ވެސް ފަސޭހަކަމާއެކު ދޭނެ. މި ތަފާތު ކުރުން ނައްތާލަން ޖެހޭ،" ސިރާޖު ވިދާޅުވިއެވެ.

މި ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހިންގާ "ބިންވެރިޔާ" ސްކީމުގެ ތެރެއިން ބިން ލިބޭ މީހުން ވަގުތީ ލިސްޓް އިއުލާންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މާލެ ސަރަހައްދުން 5،000 ގޯތި ދިނުމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް ރައްޔިތުންގެ މަޖިލިހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެ އަދަދު އިތުރު ކުރަން ނިންމަވާފައިވާ ކަމަށެވެ. އެކަމަކު، އެއީ ކިހާ ގޯއްޗެއް ކަމެއް ވިދާޅެއް ނުވެއެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20،697 މީހުން އެޕްލިކޭޝަން ހުށަހެޅި އިރު، ގޯތި ހޯދުމަށް 15،164 މީހުން ހުށަހެޅިއެވެ. ފްލެޓު ލިބުނު މީހުންގެ ލިސްޓް އަދި އިއުލާނެއް ނުކުރެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި މީގެކުރިން ސަރުކާރާއި ކުންފުނިތަކުގެ މަގާމުތައް ފުރުއްވި ބައެއް ބޭފުޅުންނަށް ގޯތި ލިބުނު މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އިންޑިއާ ބަޔަކަށް ގޯތި ލިބުނު މައްސަތަކެއް ވެސް ފެންމަތިވެފައިވެއެވެ.

މީގެއިތުރުން ނިޔާވެފައިވާ ބަޔަކަށް ގޯތި ލިބުނު މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުސޭނުބޭ

    ހާސްނުވޭ! ތިހެން ދެކޮޅު ހެދުމުން ދާދި އަވަހަށް ކޮންމެވެސް ބޮޑިވަރެއް ލިބޭނެ!

    20
  2. ޖަޔަސްރީ

    ވަކިވަކި މެމްބަރަކު މިހެން ބުންޏަސް އެއްވެސް ޕާޓީއަަކަށް ނުކެރޭ މި ބޭއިންސާފާ ދެކޮޅު ހަދަން މާލޭ މީހުން ކޯފާވެދާނެތީ. މިކަމުން ރާއްޖެތެރޭ މީހުން އިތުރު ޖީލުތަކަކަށް އަޅުވެތިވެގެންދާނެ.

    26
    6
    • ނޯ ގޯތި ނޯ ވޯޓު - ރާއްޖެތެރޭ ޕާޓީ

      ބަލަގޭ ރާއްޖެތެރޭ މީހުންނަކީ މާލޭ ގަބީލާތަކުން ވެރިކަމާ ތޮޅޭން ހިންގާ ޖަރީމާތަކުގެ ވިކްޓިމުން. އެބާރު ހޯދަން ކޮންމެ ރަށަކަށް ފުޓް ސެލް ދަނޑެއް ދިނަސް ރާއްޖެތެރެ މީހުން އެބަ ދެޔޭ ވޯޓު. މި ފެންވަރަކީ! ހައްގު މިންވަރަކީ ފުޓްސެލް ދަނޑަކާ ބަދަރު ހެދުން ކަމަށް ގަބޫލުކުރާ ބަޔަކު ދަރިންނާ އެއްކޮޓަރީގައި ތޮއްޖެހިގެން ނިދަން ޖެހުނަސް އޯކޭނުތޭ. ތިމާމެންގެ ވިސްނުން މަތިކޮށް ހައްގު މިންވަރަކީ ކޮބައިކަން އަމިއްލަ އަށް މައްޗަށް ޖައްސައިގެން ނޫން ގޮތަކަށް ރާއްޖެތެރެ މީހުންނަށް ނެތް އަމިއްލަ ދިރިއުޅުން ކުރިއަރާނެ އަސްލު ގޮތެއް.

  3. Anonymous

    މޮޅެތި ވާހަކަ ނުދެއްކުން އެދެން.
    މާލޭ ބިންވެރިންގެ ބިންތައް ދިގުމުއްދަތަށް 30 އަހަރަށް 40 އަހަރަށް ހަދާދެނީ ބިމުގެ ވެރިޔާއަށް 2 ނޫނީ 3 ބުރި ލިބޭގޮތަށް! އާއިލާ މެމްބަރުންނަށް ދަރިންލިބި އަދަދު ގިނަވީމާ ދެންވަންނާނީ ކޮންތާކައްތޯ!

    7
    18
  4. މޫސަ

    ލ.ފޮނަދޫން ސިރާޖުގެ އާއިލާގެ އެތައްބަޔަކަށް ގޯތި ދިންއިރު ހަމަ އޯކޭ.

    15
    11
  5. ހޤގތ

    «އަށް ގޯތި ދޭން ނެރުނު ލިސްޓު ރަނގަޅަށް ބެލީމަ ސާފުވީ އަނބިދަރިންނާއި މައިންބަފައިން ނަމުގައި ބުރި ބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެ މީހުންނަށް ކުއްޔަށް ދީގެން ތިބި އެތައް މަހުޖަނަކަށް އެމީހުންގެ ބިޔަ އިމާރާތުން ެ އާއިލާތަކަށް ނުފުދޭތީ އިތުރު ބިންތައް ކަނޑައެޅިފައިވާ ކަން ކަމަށެވެ.» ހަމަ ހަޤާގަތް އަފި މިޔާއެކު މާލޭގެ ބޭފުޅު ވެގެން އުޅޭ ޢާއިލާތަކުގެ މީހުންނަށް ވެސް ގޯތި ލިބިފައިވާކަން ފާހަގަ ކުރެވޭ

    20
    2
  6. ބޮކި

    ބަލަ ރާއްޖެތެރެމީހުން ރަަށުގަ ބޮަޑެތި ގޯތި ހުރެ މާލެއިން ފުލެޓް ލިބުނީމާ އޯކޭ ؟؟؟؟؟؟

    21
    5
    • ލުޓޭރުންގެ ސަރުކާރު

      އިންޑިޔާ މީހުން ދިވެހި ރައްވެހިންނަހަދާ އެމީހުންނަކީ މާލޭ މީހުންނަހަދާ ބިންދޫކުރިޔަސް ކަލޭމެންގެ އަނގަނުހުޅުވޭ ހިތަކަށް އަސަރެނުކުރޭ މައް ދިވެހި މީހާ އުމުރު ހުސްކުރީ މާލޭގައުޅެ ގުލާންކޮށް އޭގެ ފަހުން ކުލީގެއަޅުންނަވެ އެމީހުން މާލޭ ދަފްތަރުގަ އޮތީތީ އެކަމާ ނުރުހި ދަފްތަރުގަތިބި ދިވެހިންނަ ބަވާ ހަޅޭލަވާ މާލޭމީހުންކަމަށް ހެދިގެންއުޅޭ ނަސްލީއިންތިޔާޒުގެ މީހުން ލަދުކޮބާާ...

  7. ފިރުޢައުނު ދަރިކޮޅު ގާނޫނު

    ނާއިންސާފު ގާނޫނަށް ވީމާ ފޭރުމާ އަޅުވެތިކަން ވެސް އުޞޫލަށްވެ ނިކަމެތިން ބާކީވެ ހުރިހާވެސް މައްސަލައަކަށް ވާނީ ފޭރުނު ޣަނީމާ މުޖުރިމުން މެދުގައި ބަހާނެ އިންސާފެއް. ގެދޮރު ނެތި %75 ރައްޔިތުން އިޖްތިމާއީ މައްސަލަ ތަކުގެ ޝިކާރައަކަށް ވެފައި %20 ރައްޔިތުން އުމުރުގެ ދަރަނީގައި %20 ބިމުގައި އޮރިޔާން 4 ފާރު ފްލެޓަށް ލާފައި %5 ރައްޔިތުން ބަންޑާރަ ހިލޭ ބިންވެރި މަހުޖަނުންނަށް ހެދީމާ ފަގީރުންގެ ލެޔާ ދާފޮދު ވެސް ފެލާލަން މަސްޖަހާފައި ތިބޭނީ ތިޔަ މަހުޖަނު ދަރިފަސްކޮޅު އެކަނި! ދެން ތިޔަ އިންސާފުގެ ކޯޅުމުގައި ތިބޭ. ރައީސްގެ ދީލަތި އީދު ހަދިޔާ އޔޯލަ %5 ރައްޔިތުންނަށް. ދެންތިބި %95 ރައްޔިތުންވީ ހިތްހެޔޮވެ އެކުވެރި ވާށޯލަ؟ މީ ހަމަ ހަގީގަތުގަވެސް ގިބުޠީންގެ ސްޕީރިއޯ ގާނޫނު!

    8
    1
    • ސަންފަ

      ޢަބަދުވެސް ގޯތި ދޭއިރު ތިޔަކަހަލަ ވާހަކަތައް ދެކެވޭ އެންމެ ފަހުން މައުމޫނު ވެރިކަމުގަ ގޯތި ދިން ބުރުގަ އިލްޔާސްގެ ގާތް މީހުނަށާ ސަމަރޭގެ ގާތް މީހުނަށް ވަރަށް ބައި އެޅިކަމަށްވަނީ އެގޮތުން އަޑުގެ ކުވައް ޒަފުންނާ އެސްޓީއޯ މުވައްޒަފުން ނަށް ގޯތި ލިބުނު. ޚޮންމެ ވެތިކަމެއްގަވެސް ދާދި އެއްކަހަލަ ހޮތަކަށް ގޯތި ބެހުމުގެ ކަންތައް އޮންނަނީ

  8. ޖެނީ

    ރާއްޖެތެޜޭ ހަޖަމު ނުވާ ބައިގަނޑު ހަޖަމު ކޮށްލައިގެން ތިބޭ ބޭކާރު އަނގަ ނުތަޅާ… މީކަލޭމެނާ ބެހޭތަނެއް ނޫން… މީއަހަރުމެންގެ ތަން… ކޮންބޭކާރު އަނގައެއްތަޅާކަށް… ކަލޭމެން ކިތަންމެވަރަކަށް ފުފުނަސަ ނުލިބޭނެ މިތަނުން ބިމެއް…

    • ލޮލް

      ކަލެއަށް ހީވާގޮތް. އަހަރުމެން ބޭނުންގިތަކަށް ހަދާނީ. ޢަތޮޅުތެރޭމީހުން ކަލޭމެންނަށްވުރެ ގިނައިން ގެނެސް މިސަރަހައްދަށް އަޅާލާނަން. ހަޅޭއްލަވަލަވަ ހަމަހުންނަންޖެހޭނީ.

  9. ކާފަދ

    ނަީދު ކޮޅަށް އަރާހުރީ. އެހެންވެ ސަބަބެއް ހޯދާލަނީ

    2
    1
  10. އަހްމަދު މާހިރު

    ލ. ފޮނަދޫ އިން މާލޭ މީހުންނަށް ގޯތި ދޭން އެބަސްތޯ؟ ނުވާނެ މާލޭ މީހުންނަށް ގޯތި ދޭން އެވެސް ރަށަކުން އެއްބަހެއް ނުވާނެއެވެ. މާލޭ މީހުން ވެސް އެކި ރައްރަށުގައި އެކި ކަންތައްތަކުގައި އުޅެނީ ހިލޭތޯ؟ ހަމަ ކުއްޔަށް 750 އަށްވުރެ ކުޑަކޮށް ދުވާލަކަށް ކޮޓަރިގަންޑެއް ވެސް ނުލިބެއެވެ.
    މާލޭގައި ބިން ހިއްކޭ އަގަށް ވުރެ ބޮޑު އަގުގައި ރައްރަށުގައި ބިން ހިއްކެނީ އެއީ މިތަނުން ހުރިހާ އެއްޗެއް ގެންގޮސްގެން ހިއްކަން ޖެހޭތީއެވެ.
    މާލޭގައި 5 އަހަރަށް ވުރެން ދިގު މުއްދަތަކަށް އުޅޭ އާއިލާ ތަކަށް ވެސް ބިން ލިބޭނޭ ކޮންމެވެސް އުސޫލެއް އޮތުން ހަމަ ރަނގަޅެވެ.

  11. ދިބާ

    ރާއެްޖެތެރެ މީހުންނަކީ މާލޭމީހުން ބޮޑުކުލީގަ ފެލަންތިބި އަޅުން

  12. ގާސިމް

    ހައްގަށް ބަސްބުނުބް ތީ ވަރަށް ރަނގަޅު ސިފައެއް

  13. ވާނުވާ

    ނިކަމެތިންނަކަށް ނޫން ބިން ނެތް މީހުނަށް ދެނީ. ކައެމެން ރަށުގަ ހަމައެކަނި ފަގީރުންނަށްތަ ބިން ހިލޭލިބެނީ

  14. ބަރުލޯ

    ނިކަމެތި ރައްޔިތުންނަށް ފައިދާ ޔެތް ވާ އެއްވެސް ކަމެތް ފައިސާ ވެރިންނަށް މަހުޖަނުން ނަށް ހަޖަމެތް ނުވާނެ.