48 ގަޑިއިރު ތެރޭގައި އެންމެ ރަށަކުން 200 އެއްހާ މީހުން އެމްޑީޕީން ވަކިވާން ހުށަހަޅާފައިވާ ކަމަށް ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ، އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން މޫސާ ސިރާޖް ވަނީ އެމްޑީޕީން ވަކިވަޑައިގެންފަައެވެ.

އޭގެ ފަހުން އޭނާ ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

މޫސާ ސިރާޖް އިއްޔެ ވިދާޅުވި، ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ލ. ފޮނުދޫން 200 އެއްހާ އެމްޑީޕީ އާންމު މެންބަރުން ވަނީ އެ ޕާޓީގެ ދަފްތަރުން ވަކި ވުމަށް ހުށަހަޅާފައިވާ ކަަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ފުރަތަމަ އުފެދުނުއިރު ސިރާޖު މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނާއި އެކުއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއިދު ކުރެއްވީ ރައީސް ސޯލިހަށެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 53 އަށް މަދުވެފައެވެ. އެހެންކަމުން މަޖިލީހުގެ ސްޕަ މެޖޯރިޓީ މިހާރު އެމްޑީޕީއަކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޕެންޑޯރާ

    ބުހުތާނު ދޮގު ތިޔާ.އިބޫ 3 ގެރެ.

    2
    21
    • މޕ

      ހަގީގަތުގަ އަންނި ކައިރީ ތިބޭނީ ހަގީގީ ސަޕޯޓަރުން އެމީހުން ނުގުޑާނެ. އިބޫ ކައިރީ ތިބޭނީ ކޮންމެވެސް ކަހަލަ މަންފާއެއް ލިބިފައިވާ މީހުން.
      މިއީ ވަރަށް ވާހަކަ

      39
      6
      • ޖޯކު

        ތިޔަަށް ވުރެ ތެދުވާހަކައެއް ދުވަހަކުވެސް މީހަކު ނުބުނާނެ ތީ ހަގީގަތަކީ އިބޫ ފަހަތުގަ ގިނަވަަނީ ނަގޫފިތިވަ ދަރަނި ބޮލުންނާ ވަގުންނާ ރީތިކޮށް ބުނާނަމަ ހުރިހާ ވައްތަރެއްގެކުރިމަނަލް އިން ރައްޔިތުންގެ ލާރި ބަނަދުއަޅޣެން ފިލަންވެގެން އެލާރި ވަގުން 39 ބިލޔަން ރުފިޔަ ދިރުވާލާގެން ބި ތިން ގައްދާރުން އެތިބީ އެންމެ ކާރީގަ

  2. ސަން

    އެމްޑިޕީގެ އެތައް މެމްބެރުންނެއް އިބޫދެކެ ފޫހިވޭ. އަންނިގެ ސަޕޯޓަރުންވެސް އިބޫ ޕާޓީން ބޭރުކޮށް ނަޝީދު އަނބުރާ ގެންނަން މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފައިވޭ

    36
    7
  3. ހުސޭނުބޭ

    އެކަމަކު އިލެކްޝަން ކޮމިޝަނުގެ ދަފްތަރަށް ބަލާފައި ސޯލިބޭ އެ ބުނަނީ މިހާރުވެސް 95000 މެމްބަރުން އެބަ ތިއްބޯ

    15
  4. ސުލޭމާނު

    ސަރުކާރު ގެ ކަށްގަނޑު އޮތީ ބޮޑުތަނުން ފަޅައިގެން ގޮސްފަ. ދެން ވާނީ އޮރިޔާން ހެން ހީވަނީ.

    24
    1
  5. ސޯލިހު އައުޓް

    އަލްހަމުދުލިﷲ

    23
    1
  6. އިކުރާމު

    ވެރިކަން ވެއްޓޭއިރައް އަންނި ފަހަތުން އެމުޑީޕީ އެންމެން ދުެއްވާ ގަންނާނެ

    28
    3
  7. ކުރުސީ

    ހަބޭސް! ދެންބުނޭ އެވަކިވާ ރަށުގައި މުޅި އެއްކޮށް ސޯލާ ޕެނަލް ހަރުކޮށްފަ އެއަރކޮންޑިޝަން ހަރުކޮށްދޭނަމޭ! ސްނޯ ފައިބާ ގޮތް ހަދާ ދޭނަމޭ!

    25
    1
  8. ދިވެހި ޒުވާނުން

    ތިޔަ ދޮގު ބަޔަކު ގަބޫލެއް ނުކުރާނެ ތިހެން ދޮގު ހަދައިން އިބޫ އަތުން ގެއްލޭނެ ވޯޓެއް ނެން

    9
    13
  9. ބޮޑޭ އަހައްމަދު

    ހަމަ ޔަގީނުންވެސް އަހަރެން މީ އެމްޑީޕީ މީހެއް! އެކަމަކުވެސް މަށާ މަގޭ ފެމިލީގެ އެކަކުވެސް އިބޫ އަކަށް ވޯޓެއް ނުދޭނަން!

    6
    2
  10. ގޫސް

    ކިހާވަރެއް ދީގެންތޯ؟

    1
    2
  11. ވީމަތު

    200 ބޯގަޅި ކެނައިން ދިޔަކަން ކިތަންމެހައިވެސް ރަނގަޅު.

    5
    5
    • އައްޔަ

      ވޯޓުލާދުވަހު އެންމެންނަނކީ ކެނައިން. ވާނީ އެއްވަރު. އެކަމަކު އެކަމުގެ ގެއްލުން އެމްޑީޕީއަށް ކުރާނެ!

  12. ބަބޫ

    މިފެންނަނީ ކޮޅުމަތި. ވޯޓް ކައިރިވީމަ ވަޒީފާގެ އަޅުވެތިކަމުގަ ބިރުވެރި ކަމުގަ ތިބިމީހުން ބަޗާނެ. މިފެށީ ކުޅިވަރު ދެން. ސޯލިހަށް %10 ލިބުނަސް ޝުކުރު