މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ހަވީރު ގަޑީގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ އާއްމުކޮށްފައިވާ، މިދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ 17:00 އިން 18:00 އަށެެވެ.
ހަމީދު ވިދާޅުވީ، ވައްކަމާއި ފޭރުން އިތުރުވެފައިވާއިރު، އެކަންތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.އެ މަސައްކަތުގެ ތެރެއިން ރަށުތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެފައިިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ މާލެއިން ވައްކަމުގެ 10 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އޭގެ ތެރެއިން ހަތް މައްސަލައަކީ މަގުމަތީގައި ހިންގާފައިވާ ވައްކަންތަކެވެ. އަދި އޭގެ ތެރެއިން ދެ މައްސަލައަކީ ގޭގެއަށް ވަދެގެން ކުރި ވައްކަމެވެ. އަދި އފިހާރައެއް/ގުދަނަކަށް ވަދެ، ވައްކަން ކޮށްގެން މިދިޔަ 24 ގަޑިިއިރު ތެރޭގައި އެއް މައްސަލަ ފުލުހަށް ހުށަހަޅާފައި ވެއެވެ.
ފުލުހުން ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވައްކަމުގެ އެންމެ ގިނަ މައްސަލަތައް ހުށަހެޅިފައިވާ އަހަރަކީ މި އަހަރު ކަމަށެވެ. ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެކަނިވެސް ވަނީ ވައްކަމުގެ 4500 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައެވެ.
ލަދެއްވެސް ނުގަނޭ.ހެދުން ލައިގެން މީހުން ކުރިމައްޗަށް ނުކުމެ މިޒާތުގެ ވާހަކަ ދައްކަން.އަހަރެމެން މިއުޅެނީ ލަދުން.މިގައުމުގެ ޒިންމާދާރު މީހުންނަށް މިކަހަލަ މީސް މީހުން ލެވިގެން.މަށަށް ވާނެޔޭކިޔާފަ ފޫގަޅައިލައިގެން އުޅުނީ.ކަމަކާއި ހަވާލު ކުރީމަ މިއެނގެނީ ކިހާވަރެއްގެ ބަޔެއްކަން.
ވަގުންގެ ސަރުކާރު ސަމާލުވޭ
އެޖެންޑާ19 އޮންނާނީ ވަށްކަމާ ފޭރުމާ މީހުންގެމުދާ ނަހަމަ ގޮތުގަ ބޭނުންކުރުމާ ދައުލަތަށް މީހުންގެ މުދާ ނުހަށްގުންނެގުމާ ރަށްޔިތު ބުރަ މަސައްކަތްކޮއްގެން ލިބޭލާރިކޮޅުން ބައެއް ފާޑު ފާޑުގެ ނަންނަން ނެގުމާ ރާބުއިމާ ޒިނޭ ކުރުމާ ރޭޕް ކުރުން
ދިފާއީ ބާރުތައް އެލާޓްވީމަ މިގައުމުގައި ކުށްކުރުން ވަނީ އިތުރު. އެހެން ގައުމުތަކުގައި ވަނީ މަދު. މީކޮންވައްތަރަކަށް އެލާޓްވާބައެއް. އާއްމު ރައްޔިތަކަށް ލިބޭ ރައްކާތެރިކަމެއް ނެތް. ދެން އަދި މިކަން މިހެންދާއިރު ޓްއަރިޒަމަށް މީގެ ފައިދާ ކުރެޔޭވެސް ބޮޑު ފަލަ މީހަކު ބުނި
ޢެމްސީ އިންސާފު އަރާ ހަމަކުރާނެ
އިންތިހާބު އޮތީ ކުރިޔަށް ފުރުސަތުގެ ދަށުން ޖަލުން ދޫކުރާ އަދަދު ގިނަ ކޮއްލާ ދެން އިމްރާން މަޤާމުން ދުރުކޮށް ޒިޔައްޓެ ހޯމް މިނިސްޓްރީއަށްލާ..ޑްރަގު އަދި ވައްކަން ގަވްމުން އިސާހިތަކު ފުހެވޭނެ..އަދި ބުނާތި މައުބެ 30 އަހަރޭ ޔާންބެގެ ދަތޭ..
މިދިޔަ އާދީއްތަ ދުވަހުގެ ރޭ 9 އާ 10 އާ ދޭތެރޭ އަޅުގަނޑުމެންގެ ގެޔަށްވަދެ ކޮޓަރީގައި ޗަޖަށް ޖަހާފައި އޮތް އަޅުގަނޑުގެ ފޯން ވަނީ ވަގަށް ނަގާފައި ??