އާލާސްކަންފުޅާއި އުޅުއްވާތީ ހޯމަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލުން އެނބުރި ގެއަށް ވަޑައިގެންފައިވާ ކަމަށެވެ. މައުމޫން ވަނީ އެމަނިކުފާނަށް ފަރުވާ ދެއްވެވި ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އައިޖީއެމްއެޗްގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވާފައެވެ.

މައުމޫން އެޑްމިޓް ކުރީ އަރިދަފުސް ރޯގާ ރަނގަޅު ނުވެ، ދިގުލައިގެން ދިއުމުން ޓެސްޓުތަކެއް ހެދުމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މައުމޫންގެ ޖަލަށް ލާފައި ހުރި ދުވަސްވަރު އެމަނިކުފާނުގެ ސިއްހީ ހާލުހޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އާއިލާ އިން ބުނެފައި ވެއެވެ. ޖަލަށް ލުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން މައުމޫން އުޅުއްވީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނަމަކަށް ކިޔާ އާލާސްކަންފުޅެއްގައި ކަމަށް އެދުވަސްވަރު މައުމޫންގެ ވަކީލުން ވެސް ވިދާޅުވެފައި ވެއެވެ. ބޯއެނބުރައިގަނެ ވެއްޓުމުގެ ބައްޔެކެވެ.

މައުމޫނަށް ހޮސްޕިޓަލްގައި ފަރުވާ ދީފައި ވާއިރު މި ހަފްތާގައި އެމަނިކުފާނު ވަނީ 82 ވަނަ އުފަން ދުވަސް ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަލީ ރާޖާ

  އަވަހަށް ލާރި ގޯނި ކޮނޑަށް ލައިގެން ވެރިކަން ވައްޓަން ދުއްވައި ގަނޭ

  26
  4
 2. ނިރު

  ދެންގޮސް އަވަހަށް ސިޔާސީ ޕޯޑިޔަމަށް އެރޭބަލާ

  23
  2
 3. މޮޔަެބެ

  އެބޭބެ އަށް ވީ ގޮތަކީ މަާ ބޮޑަށް ދަރި ދޮންފުތު ކުރެވެނީ ޝަމްސުއްދީން އަށްވެސް ވީ އެހެނެއްނު ..އެބޭބެ ވެސް ތައުލީމުވެސްދިން . ގައުމުވެސް އެބޭބެގެ ވެރިކަމުގައި ވިއްކައެއްނުލާ ދިވެހިންނަށް ވަޒީފާ ވެސް ދިން އެއީ އޭރުގެ ފެންވަރު އެބޭބެ މަސައްކަތުން ގައުމު ޖާހިލު ކަމުން ސަލާމަތްވެ އިލްމު ހޯދަން ދުއްވައިގަތީ ތިބުނާ ލާރި ގޯނި ކޮނޑަށް ނުލާ މީހަކީ ފަހެކާކުތަ ދުޝްމަނަކާ ދޭތެރޭވެސް ހައްގުބަސް ބުނަންޖެހިލުންވެގެން ނުވާނެ މަސްކައްކަން އޮތް އަންހެންކުއްޖާ ތެލި ދޮންނަން އިން ރަށްފުށު ކުއްޖާ ޒަމާނީ ތައުލީމަށް ލޯހުޅުވާލަދިނީ މައުމޫން މީހަގީގަތެއް ބަދަލެއްވެސް ނުކުރެވޭނެ .އެކަމު ބުނަންތަ މައެބޭބެއަށް ދުވަހަކުވެސް ތާއީދެއްނުކުރާނަށް ވަރަށް ސަލާން

  12
  2
 4. ނާދިރާ

  އަޅެ ހާދަ ދެރައޭ!

  2
  8
 5. ޝާޒް

  ދަ ބެސްޓް ޕްރެސިޑެންޓް! އަމާން ކަމާއެކު އާއިލާއާއި އެކު އުޅެލަން ލިބުން އުފާވެރި ދުވަސްކޮޅަކީ ހަމަގައިމުވެސް ރައީސް މައުމޫނު ގެ ޒައާމަތުގެ ދުވަސްވަރު، މިގައުމަށް ބޭނުންވަނީ ހަމަ ތިކަހަލަ ވެރިއެއް، ތިޔަ ވެރިކަމުން ފެނުން ދުވަސްތައް ދެން މިގައުމަކުން ނުފެންނާނެ، ޝުކުރިއްޔާ ރައީސް މައުމޫން، ތީހަމަ ބެސްޓް!

  8
  19
 6. މުހައްމަދު

  މިއީވެސް ހަމަ ބާޤީއެއް. ލުތުފީއާ ތަފާތެއްނެތް.

  17
  7
 7. ޥާހަކަ

  ކަންތިޔަހެންއޮތްނަމަވެސް އެބޭބެއައްކުރާގަދަރާ ލިބުނުއިހުތިރާމާ ގެއްލުނީ އެބޭބެމިހާރުހުރިފަޅީގެގޮތުން

  8
  2
 8. ނަސްރީނާ

  މިދުނިޔޭގައި މިހާރުހުރި އެންމެ އަނިޔާވެރި އެކަކު ތިއީ...

  1
  2