ވީއެންމެ އަވަހަކަށް މާލެ ފޮނުވުމަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރަކު ލަފާދެއްވި 32 އަހަރުގެ ހާލުދެރަ ބަލި މީހަކު އައްޑޫ އިން ތިންދުވަސް ފަހުން މާލެ ގެނެސްފިއެވެ.

ހާލު ދެރަވެގެން މާލެ ގެނެސްފައި ވަނީ އައްޑޫގައި ދިރިއުޅޭ ބ. ތުޅާދޫ ރަންބުސްތާނުގެ ނޫރާ މޫސާ ނަމަކަށް ކިޔާ އަންހެނެކެވެ. "ވަގުތު" އަށް މައުލޫމާތު ދެމުން ނޫރާގެ އާއިލާއިން ބުނީ އޭނާ ހާލު ދެރަވެފައި ވަނީ ސީލިންގެއްގެ މަތިން ވެއްޓި ކަމަށާއި، އެހާދިސާ ހިނގީ މިދިޔަ ހުކރު ދުވަހުގެ 11:15 ކަންހާ އިރު ކަމަށެވެ.

އެ ހާދިސާ ހިނގުމާއި އެކު ނޫރާ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށާއި، އެހެން ނަމަވެސް ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ނޫރާ ދެެއްކިފައި ވަނީ އެދުވަހުގެ ފަހެއްވެސް ޖެހި ފަހުން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

"އެ ހާދިސާ ހިނގީ އެދުވަހުގެ 11:15 ހާއިރު. އަޅުގަނޑުމެން އޭނާ ހަމަ ވަގުތުން ހޮސްޕިޓަލަށް ގެންދިއައިން. އެކަމަކުވެސް ޑޮކްޓަރު އައީ އެދުވަހު ފަހެއްވެސް ޖެހިފަހުން. ޑޮކްޓަރު އައިސްފައި ބުނި ސޮރީ އޯ. އޭގެ ފަހުން އެ ޑޮކްޓަރުގެ އެހީ ލިބެމުން ދިޔައީ ބަރާބަރަށް. ދެން ޓްސްޓުތައް ހަދާފައި އޭނާ ބުނި ދެން އެ ހޮސްޕިޓަލުން ދެވޭކަށް ނެތޭ އިތުރު ފަރުވާއެއް. އެހެން ވީމަ ވީއެެންމެ އަވަހަކަަށް މާލެ ގެންދާށޭ" ނޫރާގެ އާއިލާއިން ވާހަކަދެކި މީހާ ބުންޏެވެ.

ނޫރާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ސީލިންގު މަތިން ވެއްޓުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ދެތަނަކުން ވަނީ ބިންދައިގެން ގޮސްފައެވެ.

ޑޮކްޓަރު މާލޭ އައިޖީއެމްއެޗަށް ގުޅައި އައިޖީއެމްއެޗް އިން އެޕްރޫވަލް ހޯދައި އާސަންދަ ހަމަޖައްސައިދީ ހުރިހާ ކަމެއް ނިންމީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ހޮސްޕިޓަލުން ބުނެފައި ވަނީ ބަލި މީހާ ގެންދިއުމަށް ފްލައިޓުން ޖާގަ ލިބިފައި ނުވާކަމަށް ކަމަށް އާއިލާއިން ބުންޏެވެ.

"އެވަގުތުން ފަށައިގެން އަހަރުމެންގެ ހާސްކަން އިތުރުވެގެން ދިޔަ. ނޫރާ އަށް ވީ އެންމެ އަވަހަކަށް ފަރުވާ ދޭން ބުނި ނަމަވެސް މާލެ ނުގެނެވި ގިނަ އިރުތަކެއް ވަމުން ދިޔައީ. ނޫރާ އަށް އެއްވެސް ފަރުވާއެއް ނުދެވުނީ އޭނާގެ ބަލި ހާލު ހުންނަ ގޮތުން ފާޑުފާޑުގެ އިންޖެކްސަނެއް އަދި ބޭހެއްވެސް ބޭނުން ނުކުރެވޭތީ. އޭނާ އަކީ އެފަދަ ބަލި މީހެއް ވީމަ ހުރިހާ ތަނަކުންވެސް ޖެހޭނެ އެކަން ވިސްނަން" ނޫރާގެ އާއިލާއިން ބުންޏެވެ. އަދި އެހާ ހިސާބަށް ދިޔައިރު ހޮސްޕިޓަލުން އޮތީ މާލެ ނުގެންދެވިގެންވެދާނެ ގެއްލުމަކަށް އެއްވެސް ޒިންމާއެއް ނުނަގާނެ ކަމަށް ބުންފައި ކަަމަށް އާއިލާއިން ވާހަކަ ދެއްކި ފަރާތުން ވަނީ ބުނެފައެވެ.

ނޫރާގެ އާއިލާއިން "ވަގުތު" އާއި ވާހަކަ ދެއްކި ފަރާތުން ބުނި ގޮތުގައި ޑޮކްޓަރުގެ ފަރާތުންނާއި، ހޮސްޕިޓަލުގެ ރިސެޕްޝަނުންނާއި، އަދި އާސަންދައިގެ އިތުރުން ބައެއް ރަހުމަތެރިން އަދި ދަންނަ މީހުންގެ ފަރާތުން ދިޔައީ ފުރިހަމަ އެއްބާރުލުން ލިބެމުންނެވެ. އެހެން ނަމަވެސް ހޮސްޕިޓަލުގެ މެނޭޖްމެންޓުން ދިނީ ބީރު ކަންފަތެއްކަން އޭނާ ފާހަގަ ކުރިއެވެ.

"އަހަރެންގެ އާދޭސްތައް ހިފައިގެން ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ދިޔައީ. ގޮސް އަހަރެން ވާހަކަ ދަައްކަ ދައްކާ ހުއްޓާ ފުރަގަސް ޖަހާފަ ނިކުމެގެން ދިޔައީ. އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތް އެމީހުންގެ ކިބައިގައި. އަހަރެން ހިތަށް އެރި ހަމަ މިއީ ބާވައޭ މިފަދަ ތަންތަން ބަލަހައްޓަން ތިއްބަވާ ބޭފުޅުންގެ ފެންވަރަކީ" އޭނާ ކިޔައިދިނެވެ.

މި ހުރިހާ ކަމެއް ފެނުމަށް ފަހު މާލެ ދެވޭނެ ކަން އަންގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، ރޭ މާލެ ދެވޭނެ ކަމަށް ބުނެފައި ވަނީ މިއަދުގެ ފަތިހު ކަމަށް ނޫރާގެ އާއިލާއިން ބުންޏެވެ. އެހެން ނަމަވެސް މާލެ ފުރުނީ 8:15 ގައި ޑިޕާޗާ އިން ފްލައިޓަކުން ކަމަށް އެއާއިލާއިން ފާހަގަކުރިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ކަންކަމުން އިބުރަތެއް އަންގައިދޭން. އަޅުގަނޑުމެންގެ އަނބިންނާއި ދަރިންނާއި އާއިލާ މީހުންނަށް ކަމެއް ވިޔަސް އަޅާާލާނެ ބަޔަކު ނުވާނެ. އެކަމަކު ލިބޭ ފުދުންތެރިއެއް ނުވަތަ ތަނެއްގެ ވެރިއެއްގެ އާއިލާ ނުވަތަ ތިމާގެ މީހަކު ބަލި ވިޔަސް ހެލިކޮޕްޓާރުގައިވެސް އަންނާނެ ބަލާ." ބަލި މީހާގެ އާއިލާއިން ވާހަކަ ދެއްކި ފާރާތުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަހާންގީރު

    އަދި 6 ހެލިކޮޕްޓަރާއި 300 އިންޑިއާ ސިފައިންގެނޭ

    66
    3
  2. އަލީ

    އެޖެންޑާ19 ތަފާތުވާނެ

    51
    1
  3. ސާޅަނގަ

    ރަނގަޅު ވާހަކައެއް. އެމްއެންޑީއެފްގެ މެޑިކަލް އިވަކުއޭޝަން ޚިދުމަތް ލިބެނީ އޭރަކު އޮންނަ ސަރުކާރުގެ ސިޔާސީ ފަރާތްތަށް ބޭނުންވާ ބަޔަކަށް، މަދު ފަހަރަކު މެނުވީ އެހެން ބަޔަކަށް އެޚިދުމަތެއް ނުލިބޭ. އަހުރެމެން ރަށު މީހަކުވެސް ތިގޮތަށް ނިޔާވި، އޭރު ސަދަން އޭރިއާގެ ކޮމާންޑަރަކަށް ހުރި ކޮމާންޑަރަށް ބަލި މީހާ މާލެ ގެނެސްދިނުމަށް އެހީއަށް އެދުނީމާ ބުނީ ފުރާނައަށް ނުރައްކާ ނުވާހިނދަކު ހެލިކޮޕްޓަރުން ބަލިމީހާ މާލެ ގެންދިއުމުގެ ޚިދުމަތެއް ނުދެވޭނޭ. އެބޭފުޅުން ފުރާނައަށް ނުރައްކާވާ މިންގަނޑު ބަލާ ގޮތެއް ނޭގެ އެއްގޮތަކަށްވެސް

    30
    2
  4. ސަންފާދިޔެގެ ޝިނާޒް

    އިތުރު އެއަރލައިންތަކަށް އައްޑޫއަށް ދަތުރުކުރަން ހުއްދަ ދޭކަށް ނުވޭތަ ؟
    ކޮބަިއތަ އެއްކަލަ މޭޔަރު. ކީއްތިކުރަނީ ؟
    ނިކަން އެއައްރލަިއންތަކަށް ގުޅައިގެން ރަނގަޅު އޮފަރއެއް ދީގެން ނަމަވެސް އިތުރު ބަޔަކަު އަރުވަން ނެއްޖެއެއްނޫންތަ ؟

    32
  5. ޖަޒީރާ

    ފޮޝިފުރެންދެން ވޯޓްއަޅާ ހިދުމަތެއްނުލިބުނަސް މާލެފޮނު ވަނީ ގިނަފަހަރު އެތައްދު ވަހެއް ވަންދެން ބަލިމީހާބޭއް ވުމައްފަހުގަ ވަގުތުފާއިތު ވީމަ ގެއްނަބަލިމީހުންގެތެރެއިން ކިތައްމީހުންތޯރައަގަޅު ވީ އެބަލީގަ މުޅިހެލްތްސިސްޓަމްއޮތީ ގުޅިފަސަރުކާރުތެރޭގަ ވީމަ ރައަގަޅުމައުލޫމާތެއްނުލިބޭނެ ކަމާބެހޭގޮތުން މިދިޔަހަ10 ދު ވަސްތެރޭ މަލެގެނެ ވުނު ބަލިމީހުންގެ އަދަދުބެލީމަ ފެއްނާނެ ރާއްޖެތެރޭ ދޭހިދުމަތުގެ ވާހަކަ ގިނަފަހަރު އަޑުއި ވެނީ ދެތަނަކުން އެއީ މާފައްނު އަދި މައްޗަންގޯޅިއިން ބަލީގެއެއްމެފަހު ވަގުތު ހޭދަކުރާތަން 1960 ގަ ވެސްމާލެ ބަލި ވީމަ 2020 ގަ ވެސްމާލެ ރާއްޖޭގެ އަތޮޅުތަކުގަ ވަނީ އިންޓަނޭޝަނަލް އެއާޕޯޓްތައްހެދިފަ ބޭރައް ބަލިމީހާއައްދެ ވެނީ މާލެގެނަސް މާލެބޭއް ވުމައްފަހު މުޅިން ވެސް ސިޓީތައް ނަމުން ކަމުން ވޯޓްތައްލިބުން

    16
  6. ޖަމްބޭ

    އިންސާނިއްޔަތުކަން ކުޑަ ޢަމަލެއް. ވަރަށް ދެރަވެއްޖެ. ނޫރާ މޫސާއަށް މާތްﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން.

    50
    1
  7. ޜރ

    ޢަވަހަށް ޝިފާ ހޯދަންޏާ މާލޭ ސިޓީކައުންސިލާ ގުޅާ

  8. ކާފަބޭ2020

    ފުރަތަމަބަލަންޖެހޭނީ ކޮންކަހަލަކައްޓެއްތޯހުރީ ކަށިހަރުނަމަ ސަރުކާރުން ވަރަށްބިރުގަންނާނެ މަޑުކައްޓަށް ވެފަ އާއިލާގެތަނަ ވަސްކަންހުރެފަ އާއިލާ ބޮޑުނަމަ އަ ވަސް ވާނެ ލިބޭބައިބޮޑު ވާނެ ކުރިމަތިގައޮތީ ?????

  9. ދެކުމާ

    އައްޑޫ ރަށްޔަތުން ދުވާލަކު އެއްފަހަރު ވާނެ ހޮސްޕިޓަލް އަށް ދެކުމާދާން އޭރުން ހިދުމަތްތައް ތިޔަށްވުރެ މާރަނގަޅުވާނެ އިނގޭތޯ ދެކުމާދިއުން

  10. ކާފަ

    ދެން އަތްޖްހާ. ????