ރޭ ފަތިހު ކ.އަތޮޅު ތުލުސްދޫ ކައިރީގައި އޮއްވާ އަލިފާން ރޯވި ޔޮޓް ދެންމެ އަޑިއަށް ހިނގައްޖެއެވެ.

ޔޮޓް އަޑިއަށް ދިޔައީ އޭގައި ރޯވި އަލިފާން ނިއްވާލަން ސިފައިން ހަތަރު ވަރަކަށް ގަޑިއިރު ވަންދެން ކުރި މަސައްކަތުން ވެސް އަލިފާން އެއްކޮށް ނިއްވައި ނުލެވިގެން އުޅެނިކޮށް 09:30 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ ތުލުސްދޫ ކައިރީ އޮންނަ ކުޑަވިލިނގިލި ފަޅުތެރޭގައި އަޅާފައި އޮތް ޔޮޓެއްގައެވެ. އެ ޔޮޓަކީ އޮސްޓްރޭލިއާގެ ޔޮޓެއް ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ޔޮޓެއްގައި ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 05:42 ހާއިރުއެވެ.

"މި ޔޮޓްގައި ތިބީ ތިން މީހުން. އެމީހުން ވަނީ އެހެން ސަފާރީއަކަށް ނަގާފައި." އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

ޔޮޓްގައި ތިބި ތިން މީހުން ވަނީ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުޖާލާ

    މަބުނީ ދޮގުވާހަކައެއް، އެމްއެންޑީއެފް އަށް އެމީހުންގެ ޖީބުގައި އޮންނަ އެތިވެސް ނެގޭއިރު ވާއެއްޗެއް ވެފައި އޮންނާނީ. މާރިޔާ އިސްތިއުފާ ދެއްވާ.

    38
    4
  2. ރަފީ

    މުޞީބާތުން ފުރިގެންވާ ސަރުކާރެކެވެ. ބޮޑުގެއްލުމެއްގެ ޚަބަރު ނުލިބޭ ، މީހަކު ގެއްލުމުގެ ޚަބަރެއްބުލިބޭ މީހަކު ހާދިސާއެއްގައި މަރުވެއްޖެކަމުގެ ޚަބަރެއް ނުލިބޭ ދުވަހެއް މި ސަރުކާރު އައިފަހުން ނާދެއެވެ.

    33
    2
  3. ބޮޑުމަތިމަސް

    ތި ޔޮޓްގައި ރޯވިއަލިފާން ގަނޑު ޔޮޓް އަޑިޔަށް ދިއުމާއިއެކު އެމް.އެން.ޑީ.އެފް ގެ ފަރާތުން ވަނީ ނިއްވާލާފައި ދެން އިތުރު އެއްޗެއް ބުނާކަށް ނެތިން

    30
    2