ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތައް މި ސަރުކާރަށް ދީފިނަމަ މި ރާއްޖެއެއް ނޯންނާނެ ކަމަށް ސަރުކާރު އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން މިފަދައިން ވިދާޅުވެފައިވަނީ އެ ދެޕާޓީ އިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

މި ބައްދަލުވުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ކެމްޕޭނުގެ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ގައުމުގެ ކުރިމަގަށްޓަކައި ޕީޕީއެމްއަށް ކައުންސިލްތަކުގެ އަގުލަބިއްޔަތު ދިނުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.

"މީ އެއްކޮށް ދީފިނަމަ މިއީ ދިވެހި ރާއްޖެއެއް ނޫން. އެއީ ޕީޕީއެމްއަށް ވޯޓު ދޭން ޖެހޭ ސަބަބު. ދިވެހިން، ދިވެހި ރާއްޖެ ބާއްވަން ބޭނުމިއްޔާ އެބަ ޖެހޭ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ދޭން. އެމްޑީޕީއަށް ހުރިހާ ބާރެއް ދިނީމަ ދިވެހިރާއްޖޭގައި ދިވެހިންގެ ބާރެއް ނޯންނާނެ." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މިގައުމު އޮތީ ވަކިން އެހެން ހަރުފަތަކަށް ގޮސްފައި ކަމަށާއި އެގޮތުން ވަކި ބަޔަކު ހުއްދަ ދީގެން މެނުވީ އަޅުގަނޑުމެންގެ އެތެރެވަރިއަށް ބަޔަކަށް ވަދެވޭކަށް ނެތް ކަމަށާއި ވަކި ބަޔަކު ހުއްދަ ދީގެން ނޫނީ މި ތަނުގައި ޓްރެއިން ޕްރޮގްރާމެއް ވެސް ހިންގޭކަށް ނެތް ކަމަށެވެ. އަދި ވަކި ބަޔަކު ހުއްދަ ދީގެން ނޫނީ ޓީޗަރުން ގެނެވޭކަށްވެސް ނެތް ކަން އަދުރޭ ވަނީ ފާހަގަ ކޮށްފައެވެ. މިކަން މިހެން އޮތުމުން މިކަން ރަނގަޅު ކުރުމަށް ދިވެހި ރައްޔިތުން ނިކުމެ ޖެހެނީ ޕީޕީއެމް އަށް ލޯކަލް ކައުންސިލް އިންތިހާބު ދޭން ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަދުރޭ ވަނީ އިދިކޮޅު ކޯލިޝަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް ތަފްސީލް ކޮށްދީފައެވެ. އެގޮތުން ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ޓީމުތަކަށް ބެހިގެން އަންނަ ހޯމަ ދުވަހުން ފެށިގެން އަތޮޅުތަކަށް ދަތުރު ކުރަން ހަމަޖެހިފާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ބޭފުޅަކާއި އެކު އަތޮޅުތަކުގައި އިސްކޮށް އުޅޭ ކޯލިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޓިނު

    ޕީޕީއެމްގެ ސަރުކާރުން ރައްޔިތުންނަށްވީ ޚިޔާ
    ނާތާ ރައްޔިތުންނަށްކުރިއަނިޔާ އަދި ހަނދާނެއް
    ނުނެތޭތޭ. ކިތަންމެވަރަށް ފޮރުވަން އުޅުނަސް
    ބިތުފަންގިނެގި ކުރިހުރިހާ ވައްކަމެއްވަނީ ފަޅާ
    އަރާފަ. އަބުރުވަނީ ގެއްލިފަ.ދެންވެސް ހިމޭނުން
    ތިބެވޭތީބަލާ.

    19
    25
  2. ޓިނު

    ޕީޕީއެމްގެ ސަރުކާރުން ރައްޔިތުންނަށްވީ ޚިޔާ
    ނާތާ ރައްޔިތުންނަށްކުރިއަނިޔާ އަދި ހަނދާނެއް
    ނުނެތޭތޭ. ކިތަންމެވަރަށް ފޮރުވަން އުޅުނަސް
    ބިތުފަންގިނެގި ކުރިހުރިހާ ވައްކަމެއްވަނީ ފަޅާ
    އަރާފަ. އަބުރުވަނީ ގެއްލިފަ.ދެންވެސް ހިމޭނުން
    ތިބެވޭތޯޯަަަބަަލާާ.

    12
    13
  3. މާމިގިލީ މީހާ

    ކަލޭ ތީ ބޮޓެއް. ރާއްޖެ އޮންނާނެ.

    18
    10
  4. ާއަހްމަދު

    ބުރާންޗާ ރާއްޖެ އަޑިއަށް ދަނީތަ؟ ތިޔަގޮވާކޮސް ގަބޫލު ކުރާމީހުން މިގަވްމުގަ ވަރަށްމަދު.

    19
    12
  5. ބާރީ

    މޮޅު ވާނީ ޔަގީނުންވެސް އަހަރެމެން ..ފުއާދު ތައުފީގު

    6
    5
  6. ޕީޕީ

    ޕީޕީއެމް ސަރުކާރު، ޕީޕީއެމް މަޖިލިސް މެމްބަރު، ޕީޕީއެމް އަތޮޅު ކައުންސިލް، ޕީޕީއެމް ރަށު ކައުންސިލް، ރާއްޖެއިން ކޮންކަމެއް ޙައްލުކުރެވުނީ. ބުނެބަލަ.

    17
    14
  7. ުއުމަރު

    އަބަދު ކޮސްގޮވަނީ ދައްކާނެ ވާހަކަ އެއް ވާނެ ވައުދެއް ނޭގޭތީ.

    6
    5
  8. ނަރެލް

    މިގައުމު އޮތަސްނެތަސް ރައްޔިތުންގެ ބައިތުލްމާލަށް ސަވާރުވާކަށް ވަގުންނަކަށްވޯޓެއްނުދޭނެ މުލުވަގުފަހަތުން ދެންތިބި ޕަޕެޓުންތައްވެސް ހައްޔަރުކޮށްގެން މިގައުމު ސަލާމަތްކުރަން ބޭނުންވާމީހުން މާގިނަ

    6
    4
  9. ރަައްޔަތު މީހާ

    ކޮންމެސް މޮޅު ހިސާބެއް ޖަހާލީ... މިހިރަ ބީ.ތ.ޔ.... ރަައްޔަތުންނަށް ތަންދޮރު ފިލައިފި...

    8
    3
  10. ދަވްތޫރް އަބުދުލް އަޒީޒް

    ރަގަނޅު ވާހަކައެއް ޑިމޮކްރަސީ އައީމާ މިވީ ރައްޔަތުން އަޅުވެތި އެކަން ވަރައްސާފު ޖީއެސްޓީގެ ނަމުގައި ޖިޒީމިނަގަނީ މުޅިދައުލަތް މިހިންގަނީ ރައްޔަތުމީހާ އަތަުން ނަގާ ޖިޒީގެ ފައިސާއިން ރިސޯޓް ތަކާ އެއަރޕޯޓް ތަކާ އެންޕީ އެލް ފެންކުން ފުނި ސްޓެލްކޯ އެސްޓީއޯ އެމްޓީސީސީ އެޗްޑީސީ މިފްކޯ ވެމްކޯ މިހެންގޮސް ނަން ހުސްކޮއް މިތަންތަނުން ފައިދާ ވާހަކައެއް ނުދައްކާ ހައްތާވެސް ރައްޔަތުމީހާ ކުރާމަސައްކަތުން ޖިޒީޔާ އިންކަމްޓެކްސް ނަގައިގެންވެސް އޮބިނޯވެގެން އުޅޭތަން މިފެންނަނީ މީޔޯ އެބުނާ ދީމޮކްރަސީޔަކީ ބައިކުދިންނައް ބައި އެޅުން ވެދުން

    6
    4
  11. ތިނު

    ބިތުފަންގި ނެގީމަ ފެނުނީ ހުސް ހިބަރުބޯ ދެންފެނުނީ ގެރިބޮލެއް އެން މެބޮޑު ހިޔާނާތުން ފެނުނީ ކެރަފަޔާ ގުޅުންހުރި ގިނނައީ ރީނދޫ ބޯ ކިތަމެ ފޮރުވަން އުޅުނަސް ނުފޮރުވޭނެ ވަގުހަރާން ރީނދޫ ވެރިކަމަށް އަދިމިވީ އެންއަހަރު ބިތުފަންގި ނުނެގިޔަސް ލާދީނީ ވަގުންތައް ކާވަރަކަށް ފަޅާއަރަމުންދަނީ ވަގުން ދިފާއު ކުރާނީ ތި ތިނުފަދަވަގުން ތިމާޔަށް ކުރެވުނު ވައްކަން ގިނނައީ ދޯ

    5
    4
  12. ރަންނަ

    އިންޝާﷲ އެމްޑީޕީ މިފަހަރު އަތޮޅުކައުންސިލުން ފެއިލްވާނެ ވައްކަންކޮށްގެން ވަގުވޯޓު ހޯދިމީހުންނަށް،މިފަހަރު ނޫނެކޭޭ ބުނާނެ ވަﷲ އައުލަމް.

    6
    5
  13. ވަގު

    ރާއްޖެ ކޮންތާކައްދަނީ ދެންތި ވަގުންނާހަވާލްކުރަންވީ އަނެތްކާ ހޯހޯ ލާހިކެއްނޫން

  14. ބްރޯ

    އަބްދުއްރަހީމް އާއި މެޑަމާ ސައިނީގެ ހިތްވަރުން މިގައުމަށް އެމްޑިޕީ ވެރިކަމަށް ގެނުވީ . އޭގެ ސަބަބުން މަޖިލީހުގެ ގޮނޑިތައް އެމްޑިޕި އަށްދިޔައީ އޭރުގެ ހާލަތަށް ވުރެ ބޮޑަށް މިހާރު ވަނީ ބައިބައިވެ ގިނަ ޕާޓީތަކެއް އުފެދިފަ . މިހާ ބޮޑު ބައިވުމެއް އޮއްވާ އެމްޑީޕީ ނޫންބަޔަކަށް ކައުންސިލަ ކާމިޔާބު ވުން ގާތެއްނޫން .96000 އަށް ނުވިސްނާ ހަގިހަތަސް ބުރަވާން ދަސްކޮށްބަލަ.