ހ.ދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދާދިފަހުން ހުޅުވިގެން ދިޔަ ކާޑިއެކް ސެންޓަރު ހުޅުވިތާ ތިންމަސްވެގެން ދިޔައިރުވެސް ހިތުގެ ބަޔަށް އެސެންޓަރު މެދުވެރިކޮށް ފަރުވާދެވޭނެގޮތް ނެތުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަންފަށައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ އަހަރު އޮކްޓޫބަރުމަހު ހުޅުވި ކާޑިއެކް ސެންޓަރު ހިދުމަތަށް ހުޅުވިގެން ދިޔައިރު އެހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ ހިތުގެ ޑޮކްޓަރު ރަށުން ފުރުމުން އެ ހިދުމަތް މެދުކެނޑިފައި އޮންނަތާ މިހާރު ތިންމަހަށް ވުރެން ގިނަދުވަސް ވެފައިވާއިރު އެކަމާ ގުޅިގެން އެހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ހިތުގެ ބައްޔަށް ފަރުވާ ހޯދަމުންދާ ބަލި މީހަކު ބުނިގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރެއް ސަރުކާރުން ގާއިމުކޮށްދެއްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ދިޔަކަމަށާއި އެހެންނަމަވެސް ކަންދިމާވީއެއާ އިދިކޮޅަށް ކަމަށްށެވެ. ސެންޓަރެއް ރަސްމީކޮށް ހުޅުވިއިރު ހިތުގެ ބައްޔަށް ފަރުވާދޭނޭ ހާއްސަ ޑޮކްޓަރެއް ނެތްކަމަށާއި ބޮޑު ހަރަދުކޮށްފައި މާލޭދާން މިއީ ވަރަށް ބޮޑު ހަރަދެއް ކަމަށް ފަރުވާހޯދާ ފަރާތުން ބުނެފައިވެއެވެ.

ޒަމާނީ މެޝިނަރީތަކާއެކު ސެންޓަރު ހުޅުވިގެންދިޔަތާ ތިންމަސްވެގެން ދިޔައިރުވެސް ކާޑިއެކް ސެންޓަރުން ދޭން މިނިސްޓަރު އިއުލާން ކުރެއްވި އެއްވެސް ހިދުމަތެއް ރައްޔިތުންނަށް ލިބިގެން ނުދާކަމަށެވެ.

"އަދިވެސް ޑޮކްޓަރެއްނެތް އެތަނުގެ ހިދުމަތެއް ނުލިބޭ ސެންޓަރު ހުންނަނީ ބަންދުކޮށްފައި މިއީތޯ އެވިދާޅުވާ ޓާޝަރީ ފެންވަރަށް ގެންދިއުމަކީ." އެމީހާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ.

އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުން ހިތުގެ ޑޮކްޓަރެއް ނެގުމަށްޓަކާ އިންޓަވިއު ކޮށް ނިންމާފައިވާކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހިތުގެ ޑޮކްޓަރުގެ ހިދުމަތް ލިބިގެންދާނެކަމަށް މީގެ ކުރިން ހެލްތުގެ މީޑިއާ އޮފިޝަލްވަނީ ވިދާޅުވެފަ އެވެ.

މިއަދާއި ހަމައަށް އެ ސެންޓަރުގެ ހިދުމަތް ނުލިބޭތީ ރައްޔިތުންގެ މިކަންބޮޑުވުމާ ގުޅިގެން އަނެއްކާވެސް ހެލްތު މިނިސްޓްރީގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިދިޔަ އަހަރު އޮކްޓޫބަރުމަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސީޓީގެ ހިދުމަތާއި ކާޑިއެކްގެ ހިދުމަތް ތައް ފައްޓަވައި ދެއްވުމަށްފަހު ހެލްތު މިނިސްޓަރު އަމީން އަބްދުﷲ ވިދާޅުވެފައިވަނީ މި ސެންޓަރާއެކު މި ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މާލެ ގޮސް ހިތުގެ ބައްޔަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެކަމަށެވެ.

އަދި މި ސަރަހައްދުގެ 65000 ވުރެއް ބޮޑު އާބާދީއަށް އަމާޒުކޮށްގެން މި ހުޅުވި މި ކާޑިއެކް ސެންޓަރުގެ ހިދުމަތް މެދުނުކެނޑި ދެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުޅުވި ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް، ހޯލްޓަރސް މޮނިޓަރިން، އީސީޖީ އަދި ޓީއެމްޓީގެ ހިދުމަތް ލިބިގެންދާނެކަމަށް ހެލްތުމިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ މީހުން އަދި ހޮނިހިރުދުވަހު 600 އަށްވުރެން ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑުތިލަދުންމަތިން ރައްޔިތުމީހާ

    ބޮޑުތިލަދުންމަތިން މަތީން ނަޝީދުގެ ހަދާންވަނީ ވޯޓް ބޭނުން ވީމާ. އެކަން ވަރަށް ރަގަޅަށް މިފަހަރު ދައްކާލާނަން އިގިއްޖެ.

    13
  2. ތިރަށު މީހާ

    ބަލަ ނަޝީދޫ މޫސަބޭ ގެ އާއިލާ އަށްވެސް ކޯދު ޝަރީފައައްތަގެ ތިމާގެ ކުދިންވެސް ތަރައްގީ ބޭނުންވާނެ އެއް ސްޕެޝަލިސްޓް ނުވަތަ އެއް ޕްރޮފެޝަލް ޑޮކްޓަރު އެއާއިލާގައި ހުރިނަމަވެސް އެއީ ރަށަށް ލިބޭނެ ކުރިއެރުމެއް ކަލޭމެންނާhެދި ހޭކެނޑޭ އިރުވެސް ކަލޭ މެންނަށް އެވަރުވެސް ކޮށް ނުދެވުނެއްނު އެހެންމީހުނަށް ކަލޭމެން އިހްސާން ތެރިވާނީ ފަހުންތާދޯ ކަލޭމެން އެހެންމީހުންގެ އިހުސާސްތަކެއް ނުދަންނާނެ ހަމައެކަނި އަމިއްލަބޮނޑި ބޮޑުކުރާނީ މޫސަބެގެ އާއިލާވެސް ހޭވެރިވޭ