މި ސަރުކާރުން ކުޅުދުއްފުށި ސިޓީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ، އެރަށަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ ކުޅުދުއްފުއްޓަށް ވަޑައިގެން މުއިއްޒު ވިދާޅުވީ, މިސަރުކާރުން ކުޅުދުއްފުއްޓަށް އިހުމާލުވެފައިވާ ކަމަށާއި ބޮޑު ސިޓީއަކަށް ވާއިރު އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިންގޭނެ ކަމަށެވެ.

"ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޭނުންވެފައިވާ، ނޫނިއްޔާ މި ސަރުކާރުން އިހުމާލުވެފައިވާ ކަންކަމަށް ބަލާއިރު މިރަށުގެ މި ސިޓީގެ ރައްޔިތުންނަށް ކޮންމެހެން ތަރައްގީގެ ގޮތުން ކޮންމެ ސަރުކާރަކުން ވިޔަސް ގެެނެސްދެންޖެހޭ ކުރިއެރުންތައް އެބަހުރި."ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ

މިދައުރުގެ 5 އަހަރު ނިމިގެންދާއިރު ވެސް އެރަށުގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ދައުރުގައި އެރަށަށް ގެނައި ތަރައްޤީ އަދިވެސް އެރަށުން ފެންނަން ހުރިކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ އެރަށަށް ބޮޑެތި ވައުދުތައްވެފައެވެ.

"ތަރައްގީ ރައީސް ޔާމީންގެ ދައުރުގައި ވަނީ ފެނިފަ، ދިވެހި ރައްޔިތުން ބޭނުންވަނީ އެފަދަ ދުވަސްތަކެއް އަނެއްކާވެސް ރާއްޖެއަށް އަންނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން މުއިިއްޒު އެދުނީ މިސަރުކާރު ބަދަލުކޮށް ޕީޕީއެމް ޕީއެންސީގެ ވެރިކަމެއް ރާއްޖޭގައި ޤާއިމުކުރުމަށް ފުރުސަތު ދެއްވުމަށެވެ. އަދި އޭނާއަށް އިތުބާރު ކުރައްވައި ފުރުސަތު ދެއްވައިފިނަމަ، އެ ސިޓީގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަން ކޮށްދޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކުޅުދުއްފުށީގ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރު އަޅައި އަދި ހަނި ގޯޅިތައް ގާ އަތުރައިގެން ހަދައި، މުޅި ސިޓީގެ މަގުތައް ޒަމާނީ ފެންވަރެއްގައި ހަދައިދެއްވާނެ ކަމަށާއި ހުރިހާ ބޮޑެތި ބަލިތަކަށް ފަރުވާ ދެވޭނެ ހޮސްޕިޓަލެއް ކުޅުފުއްދުށީގައި ގާއިމުކޮށް އެރަށުގެ ރައްޔިތުންނަށް އެތަނުން ވަޒީފާ ހަމަޖައްސައިދެއްވާނެ ކަމަށެވެ.

"އޭގެ ތެރޭގައި ޓެކް ލެބް ހިމެނޭ ގޮތަށް ބޭރު ގައުމުތަކުގެ ކްލިނިކްތައް އެމްޕެނެލް ކުރެވިފައި ހުންނަ ވަރުގެ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ހަދާނަން. އަދި ވީހާވެސް ގިނަ މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހަދާނަން،" މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ

މީގެ އިތުރުން ޕްރައިމަރީ އަދި ޕްރިވެންޓިވް ހެލްތުކެއާ ގާއިމުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކުޅުދުއްފުށީގައި ވެސް މާލޭ ދަމަނަވެށި ފަދަ ތަނެއް ގާއިމުކުރައްވައި 24 ގަޑިއިރު ހިދުމަތް ދެއްވާނެ ކަމަށާއި ކުޅުދުއްފުއްޓަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ބީހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެފައެވެ.

މުއިއްޒު ވިދާޅުވީ ގޯއްޗެއް ދިނަސް އެތަނުގައި ގެދޮރު އެޅޭނެ ތަނަވަސްކަން ކޮންމެ މީހެއްގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ބޭންކަކުން އެފޯޑަބަލް ހައުސިން ލޯނު 5 ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ލިބޭނެ ގޮތް ހަދައިދެއްވަންވެސް ވައުދުވެ ވަޑައިގަތެވެ.

ކުޅުދުއްފުށީގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަށް ރައްދުދެއްވައި މުއިއްޒު ވިދާޅުވީ އެގޮތަށް ކަންތައް ނުކުރައްވާނެ ކަމަށާއި އެއްވެސް ތަރައްގީގެ މަޝްރޫއެއް ހުއްޓައިނުލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙާލު

    ތިޔަ ހުރިހާ ވެރިކަންބޭނުންވާ މީހުންތައް އިޙްމާލް ވަނީ ތިބާމެން ހެއްދަވާ މިދުނިޔެއަށް ފޮނުއްވި ފަރާތައް. އަރަހުށި މާތްﷲ އަށް. ތިބާމެން ފޮނުއްވި ސަބަބު ހަނދާންނެތި ދުނިޔޭގެ ޒީނަތައް ހެއްލި އެކަކު އަނއކަކަ ޖެހި ހަސަދަވެރިކަން ނޫން އަޑުތަކެއް މިވެރިންގެ ފަރާތުން ނުއިވޭ. ދެރަވަރު ކަންކަން.

    • ޔާޔާ

      އިންޝާﷲ މުއިއްޒު ރަނގަޅު ވާނެ. އެކަން އޭނާގެ އަމާނާތްތެރި ކަމާއި ހިންގުންތެރިކަމުން ވަނީ ދައްކާފަ. އޭނާ އަކީ ފަތިސް ނަމާދު ގެ އިހު ސާފަށް ގަވާއިދުން އަރާ މީހެއްކަން އެގޭ ކައިރި އިމާމްވެސް ވަނީ ހެކިވެފަ

      4
      6
      • Anonymous

        ޙަޤީޤަތުގައި ﷲއަށް ބިރުވެތިވާ އެކަކަށްވެސް ވެރިކަން ފަހާ ދުވަން ކެރިދާނެހެން ހިޔެއް ނުވޭ. އެއީ އެ ޒިންމާގެ ބޮޑުކަން އެމީހުންނަށް އިޙްސާސް ވާނެތީ. އަދި ޤިޔާމަތް ދުވަހު އެކަމަށްވެސް ޖަވާބު ދާރީ ވާންޖެހޭނެކަން އެނގޭނެތީ

      • އަމީރުލް މޫމިނޫން

        ކަނޑުހުޅުދޫ މުދިމު ނޫންތޯ އަމިއްލަ ކާފަ ދަރި؟؟؟؟؟؟؟.ކިހާ ފަތިސް ނަމާދެއް ތޯ؟؟؟

  2. ތޯތާ

    މުޢިއްޒު އަކީ ވެރިއއްގެ ސިފަ ހުރި ޝަޚްސިއްޔަތެއް.
    ވިދާޅުވާ ބަސްފުޅުތަކުން ވެސް އެކަން އިޙްސާސްވޭ.

    10
    6
  3. ރީނދޫ ބައިގަނޑު

    އެއްބުރުން انشاءالله

    4
    1