މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ހދ. ކުޅުދުއްފުށި ސިޓީ ވަރަށް ރަނގަޅު ފެންވަރެއްގައި ތަރައްގީއަށް ކުރާނެ ކަންކަން އިއުލާނު ކޮށްފިއެވެ.

އެމްއެންޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

މިހާރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ އެމްއެންޕީ "އުޖާލާ ޒަމާން" ޖަލްސާގައި ބޮޑު ތިލަދުންމަތީގެ ޑެވެލޮޕްމެންޓް ޕްލޭން ވަނީ ދައްކާލާފައެވެ.

އެމްއެންޕީ "އުޖާލާ ޒަމާން" ކުޅުދުއްފުށި ޖަލްސާ

އޭގައިވާގޮތުން އެ ސިޓީގެ ޖަލާލުއްދީން ސްކޫލް އިތުރަށް ތަރައްގީކޮށް، ސާނަވީ ތައުލީމު ދެވޭނެ ގޮތަށް ޖަލާލުއްދީން ކޮލެޖް ދަނާލާއެކު ހުޅުވުމާއި، ޒަމާނީ ލަގްޒަރީ ޝޮޕިންގ ސެންޓަރެއް ހެދުމާއި، ބަނދަރު ތަފާތު ހިދުަމަތްތަކާއެކު ތަރަައްގީ ކުރުމާއި، އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާއެކު އެ ފެންވަރުގައި ލިބޭނެ ހުރިހާ ހިދުމަތެއް ގާއިމް ކުރުމާއި، ހޮސްޕިޓަލް އިތުރަށް ތަރައްގީކޮށް، ބޮޑެތި ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓްތައް އުފައްދާ ހިދުމަތްތައް ޔަގީން ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޒަމާނީ ކުޅިވަރު އެކުވެނިއެއް ގާއިމް ކުރުމާއި، ލޯކަލް ޓޫރިޒަމް އާއި އެޑްވެންޗަރ ޓޫރިޒަމް ގާއިމް ކުރުންވެސް ހިމަނާފައި ވެއެވެ.

އެމްއެންޕީ "އުޖާލާ ޒަމާން" ކުޅުދުއްފުށި ޖަލްސާ

އެމްއެންޕީގެ ނައިބް ރައީސް ހުސައިން އިސްމާއިލް ވިދާޅުވީ، ރަށްރަށުގައި އަސާސީ ހިދުމަތް ދިނުމަކީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ކުރަން ޖެހޭނެ ކަމެއް ކަަމަށް ނާޒިމް ގަބޫލުކުރައްވާ ކަަމަށެވެ.

ހުސައިން ވިދާޅުވީ، އެމްއެންޕީން އަތޮޅުތައް ބަހާލާފައި ވަނީ ތަފާތު ޒޯންތަކަށް ކަމަށާއި، މި ޒޯންގައި ށ. ހދ. ހއ. އަތޮޅު ހިމެނޭ ކަމަށެވެ. މިގޮތުން މި ޒޯންތަކުގައި ނުހެދި ރަށްތަކަށް ޓޫރިޒަމް އޮޕަރޭޝަނަށް ގެނައުމާއި، އިތުރު ރިސޯޓްތައް ހެދުމާއި، ވިޔަފާރި ކުރިއެރުވުމަށް އިސްކަން ދިނުމާއި، އިންޓަނޭޝަނަލް ޕޯޓްތައް ގާއިމް ކުރުމާއި، ގެސްޓް ހައުސް އަޅާ ދަޅުދަނޑި ދިނުމާއި، ޓޫރިޒަމްގެ ބޭނުމަށް ބިން ދިނުމާއި ދިވެހިން ޓޫރިޒަމް ދާއިރާއަށް ތަމްރީނު ކުރުން ހިމެނެއެވެ.

މީގެ އިތުރުން މި ތިން އަތޮޅުގައި އިތުރު ތަންތަން ތަރައްގީ ކުރުމަށް ކުރަން ހުރި ޕްލޭންތައް ވަނީ ކިޔާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލޮލް

    ދޮންކަލޯ! ވާވަރުގެ ކަންތަކުގެ ވާހަކަ ދައްކައްޗޭ. ވެރިކަން ލިބި ކަންކަން ނުކުރެވުނީމަ ބަހަނާ ދައްކަން ނަހަދާތި. މިހާރު އުޅޭ ސިޔާސީންނަށް ގިނަ މީހުން އިތުބާރެއް ނުކުރޭ.

  2. ދަރަނި ދަންތުރަ

    ގައުމުގެ ހަޒާނާގައި ލޯ ލާރިއެއް ވެސް ނެތް ހުރިހާ ކަމެއް ހިލޭ ކޮށްދިނުމަށް ވައުދު ވަނީ ، ގައުމުގެ ހަޒާނާއަށް އެއްމެ ރުފިޔާއެއް އިތުރު ކުރަން ކުރާނެ ކަމެއް އިތުރުކުރެވޭ ގޮތެއް މި މީހުން ކިޔާދީބަލަ ، ގައުމުގެ އިގުތިސާދު އަލުން ކޮޅަށްޖަހާލެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނު

    8
    1
    • ލޮލް

      ޓެކްސް ބޮޑުކޮށްގެން ނޫން ގޮތަކަށް ރައީސްޔާމީނަށް އިގުތިޞާދު ކޮޅަށްޖަހާކަށް ނޭނގޭނެ. ރައީސް ޔާމީނަކަށްވެސް ނުކެރޭނެ މިސަރަހައްދުގެ އެހެން ގައުމުތަކަށް ގޮންޖަހާފައި އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކުރާކަށް. ވަރަށް ގަޓުހުރި މީހަކަށް ނޫނީ ނުކުރެވޭނެކަހަލަ ކަންކަން އެހުންނަނީ. ރައީސްޔާމީނަށް ކުރެވޭނެނަމަ ނިމިދިޔަ ދައުރުގައި އެކަން އޮންނާނީ ކޮށްފައި. އެހެންވީމާ ދެންވެސް ނުކުރެވޭނެ.

      1
      2
  3. ޖޯޖު

    ތި ހުރިހާ ވައުދެއް އިބޫ ވެސް ކުރި. ވީކަމެއް ހަރާން

  4. ރިޗްސް ޕްލޭގްރައުންޑް

    އާރްސީސީ އަށް މިހާރުވެސް ލިބޭ ވަރު މަދީ ، ވިލާވެސް ތިގޮތަށް ކުރިމަތިލައިގެން އުޅެނީ.

  5. ލަގްޒަރީ ކެންޑިޑޭޓް

    ކުޅުދުއްފުއްޓަށް މަދުވަނީ ފިހާރަ ވިއްޔާ ތި މޯލު ވިއްކަން ދޭބަލަ އެހެން ރަށަކަށް

  6. އިބޫ ހޯލިސް

    މިހާރު އޮތް އެއާޕޯޓު ތަރައްގީ ކުރަނީތަ؟ ބުރޯ ތީތި ކަޑައޭ.
    އިންޓަނޭޝަނަލް އާއެއާޕޯޓެއް ކުޅުދުއްފުށީގައި އަޅާނީދޯ.

  7. ދަސް

    އެއަރޕޯޓް އިންޓަނޭޝަނަލް ކުރަން ރަންވޭ ބޮޑު ކުރަނީ ފުން ކަނޑު ހިއްކައިިގެން؟ ދެކޮޅު ޖެހޭ ވާހަކަ ދައްކަން ޖެހޭނީ.