މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތިލަދުންމަޗަށް ކުރާ ދަތުރުގައި މިރޭގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު "އެޖެންޑާ 19 ރަށަށް" މިނަމުގައި ކެމްޕެއިނަށް މިހާރު އެމްޑީޕީއިން ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ފަށާފައިވާ މިދަތުރުގައި މިރޭގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދަތުރުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ލީޑަރޝީޕް އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުންވެސް ބައިވެރިވަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ދަތުރު ފެށީ މިމަހުގެ 12ވަނަ ދުވަހު މާލެއިން ކަމަށާއި 13 ވަނަ ދުވަހުގެ ހެނދުނު ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ. އަތޮޅު އިހަވަންދޫއަށް ގޮސްފައިވާކަމަށާއި އަދި ހަމަ އިއްޔެ އެ އަތޮޅު ހޯރަފުށީގެ އިތުރުން ކެލާ އަދި ބާރަށް ދެވިފައިވާ ކަމަށެވެ.

އަދި ރޭގެ ވަގުތެއްގައި ވަނީ އެ އަތޮޅުގެ ވެރިކަން ކުރާ ދިއްދޫގައި ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ޑޯޓުޑޯ އާއި ކަންމަތީ ބައްދަލުވުންތައް ކުރިއަށް ގެންދެވިފައިވާކަމަށް އެމްޑީޕީ އިން މައުލޫމާތު ދީފައިވެއެވެ. މިއަދު ހެނދުނު ހދ. އަތޮޅުގެ ހަނިމާދު އަށް އެމްޑީޕީގެ ފައުޖުން ގޮސްފައި ވާއިރު، ދެން މި ޓީމު ގޮސްފައި ވަނީ ނޭކުރަންދޫ އަށެވެ.

ނޭކުރަންދޫ އަށް ޓީމު ގޮސްފައި ވަނީ ރާއްޖޭގެ އިއްޒަތްތެރި ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވާ ބުލޫބުރެސްފުރެޓީ ކޯލީޝަން ބާއްވާ ތިމާވެއްޓާއިބެހޭ އިވެންޓެއްގައި މިދަތުރުގެ ބައިވެރީން ވެސް ބައިވެރިވަޑައިގަތުމަށްޓަކައެވެ.

ކުޅުދުއްފުއްޓަށް މިދަތުރުގެ ބައިވެރީން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 އާއި 10:00 ދެމެދުގެ ވަގުތެއްގައިކަމަށާއި އަދި ދަތުރު ބައްތެއްޔަށް ސެޑިއުލް ލިބިފައިވާގޮތުން ރާއްޖޭގެ ރައިސުލް ޖުމްޙޫރިއްޔާވެސް މިދަތުރުގައި ބައިވެރީންނާއިއެކު މިރޭ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިތުރަށް އޮފިޝަލް ވިދާޅުވީ މިރޭ ކުޅުދުއްފުއްޓަށް ޓީމް ވަޑައިގަތުމާއިއެކު ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުން ދެއްވާ ބޮނޑިބަތް ފަރީކޮޅެއް އެރަށު ހިއްކިބިމު ސަރަހައްދު އޮންނާނެ ކަމަށާއި އެއަށްފަހު މާދަމާ ހެނދުނު 9:00 ގައި "އެމްޑީޕީ އިރުވައި" ކޮންފަރެންސް ކުޅުދުއްފުށީ އޭއީސީ ހޯލްގައި ފެށިގެންދާނެކަމަށާއި މާދަމާ ރޭ ކުޅުދުއްފުށީ ރައްޔިތުން އެމްޑީޕީ އިން ބާއްވާ ހާއްސަ ޖަލްސާއެއް ކުރިއަށްދާނެކަމަށެވެ.

އެމްޑީޕީ އިން ބާއްވާ ކޮންފަރެންސްގައި އަދި ރައްޔިތުންނަށް ބާއްވާ ހާއްސަ ޖަލްސާގައި ރައީސުލްޖުމްޙުރިއްޔާ ބައިވެރިވަޑައިގަންނަވާނެއެވެ. މިޓީމަށް މަރުހަބާ ދެންނެވުމަށް ޓަކައި ކުޅުދުއްފުށީ އެމްޑިޕީއިން ދަނީ ތައްޔާރުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޗަޕް

  ތިޔަޢީޖަޒީރާ ސިޓީ. ބޮޑިބަތް 19 ވާނީ ކާން.

 2. ލަޑަ

  ކުޅުދުއްފުށީ މީހުން ވާނެ މިރޭ ކުޅުދުއްފުށީމީހުން ގެ ނުލަފާކަން ދައްކާލަން. އެޔާޕޯޓުއަޅަން ހުރަސް އެޅި މީހުން ތިޔޮއް އަންނަނީ.

 3. ސަގަރޭ

  މީކީ ވޯޓްހޯދަންކުރާ ދަތުރެއްނޫން ހާލުބަލަންކުރާ ދަތުރެއްއަންނި ނުރޯނެ ވޯޓް ހޯދާކަ ށް ހުރިހާ ބާރެއްކުރނީ ލައިލާ އަ ށް ، މިރޭ ދައްކާނީ ރިސޯޓް މުއައްޒަފުންގެ މުސާރަވާހަކަ

 4. ާަާމަ

  ކިހާވަރަކުން ދާނެބާ! ޑޯޓުޑޯ ޖެއްސިޔަސް ނަމަނަމަ މިގެޔަށް ނުވަންނާތި!

 5. ރީނދޫކަންނެލި

  ޕީޕީއެމްއިން މީދަލެއް ކީއްކުރަން ކުރައްޕެއް ނެރުނަސް މަގޭ ވޯޓް ޕީޕީއެމްއަށް.. ނާގާބިލް އެޖެންޑާ 19