ޤައުމުގައި މިހާރު އެންމެ އަޑު ހަރުކޮށް ދެކެވޭ އެއްވާހައަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވާހަކައެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ކުޅަދަނާ އާ މެންބަރުންތަކެއް އިންތިޚާބުކުރުމަށް އަނެއްކާވެސް ރައްޔިތުންނަށް މި ލިބެނީ ރަނުގެ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ވިސްނުމުގައި ތިބީ ކިތައް ދިވެހިންބާ އޭ، މިއީ ހިތައް އަރަށް ސުވާލެކެވެ. ޤައުމަށްޓަކައި ޤައުމުގެ ކުރިމަގަށްޓަކައި ވޯޓް ދިންތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. އަދި ދައުރު ހަމަމިވާ ކައުންސިލްތަކަށްވެސް ވޯޓް ދެއްވީ ހަމަ ރައްޔިތުންނެވެ. ދެއްވި ވޯޓްގެ ފައިދާ ރަށަށާއި އަތޮޅަށް ކުރީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމަކީ ކޮންމެ ފަރުދަކުވެސް ކުރުން އެންމެ ރަނގަޅުކަމަކަށްވާނެއެވެ. މިގޮތަށް ވިސްނުމަށްފަހު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ދޭނެގޮތެއް ނިންމަންވީއެވެ.

އަބަދުވެސް އަޑުއިވޭ އެއްވާހަކައެއް އޮވެއެވެ. "މިރަށު ކައުންސިލަރުން ކުރާކަމެއް އަހަރުންނަކަށް ނުފެނޭ". މިފަހަރު ވޯޓް ކަރުދާހުގައި ފާހަގަޖަހަން ލިބޭ މި ފުރުސަތުގެ ބޭނުން ހިފާ ރަށާ ޤައުމަށް ފައިދާހުރި ކަންކަން ކުރެވޭ ޤާބިލް ބަޔަކު ކައުންސިލްތަކަށް ހޮވަމާހިގާށެވެ. ނަމަވެސް ޤާބިލް މިހެއްކަން އިގޭނީ ކިހިނެއްހެއްޔެވެ. ޤާބިލް ފަރާތެއްތޯ ނުވަތަ ނޫންތޯ ދެނެގަންނާނެ ވަރަށް ބައިވަރު ގޮތްތަށް އެބަހުއްޓެވެ.

ރަށު ކައުންސިލްއަށް ނުވަތަ އަތޮޅު ކައުންސިލަށް މީހަކު ހޮވާއިރު ބެލިދާނެ ބައެއްކަންކަމުގެ ތެރޭގައި ، ކައުންސިލަށް ކުރިމަތިލާ ފަރާތަށް ކައުންސިލްތަކާއި ގުޅުންހުރި ޤާނޫންތަށް އިގެނީ ކިހާވަރަކަށްތޯ ބެލިދާނެއެވެ. މިކަން ބެލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޤާނޫން ނޭގި ކައުންސިލް ހިންގުމަކީ އުނދަގޫކަމަކަށްވާނެތީއެވެ. ކައުންސިލަށް ކުރިމަތި ލާ ފަރާތަކަށް އެންމެ ފުރަތަމަ އެގެންޖެހޭ އެކަށްޗަކީ ކައުންސިލް ހިންގުމާ ގުޅުންހުރި ގާނޫންތަކެވެ.

މި ޤާނުންތަކުން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ކައުންސިލްތަކުގެ ޒިންމާއަކީ ކޮބައިކަން ކައުންސިލަރުންނަށް އެގެންޖެހޭނެއެވެ. ދެވަނަ ސުވާލަކީ ކައުންސިލަށް ތިކުރިމަތި ލަނީ ކައުންސިލްތަކުގެ ޒިންމާ އެގިގެންތޯއެވެ؟. އެހެންވެއްޖެނަމަ އެ ޒިންމާތަށް ރައްޔިތުންނަށް ސާފްކޮށް ކިޔައިދެވޭވަރުގެ ޤާބިލްކަމެއް ކައުންސިލަރުންގެ ހުންނަންވާނެއެވެ.

ކައުންސިލަށް ކުރިމަތި ލާ ފަރާތަކީ ރައްޔިތުން ވިސްނާވަރަށްވުރެ ބޮޑަށް ރަށާއި އަތޮޅާއި މެދު ވިސްނާ ރަށުގެ އިގްތިޞާދާ އަތޮޅުގެ އިގްތިޞާދު ކުރިއެރުވޭނެމީހަކަށް ވާންޖެހެއެވެ. އެހެން ނުވެއްޖެނަމަ އެކައުންސިލަރެއްގެ ކިބައިން ރަށުގެ ތަރައްޤީއަށްވެސް އަދި އަތޮޅުގެ ތަރައްޤީއަށްވެސް މާބޮޑު ފައިދާއެއް ނުކޮށްފާނެއެވެ. މި ދަންނަވަނީ ކޮންމެ ކައުންސިލަރެއްގެވެސް ތަޞައްވުރެއް އޮންނަން ވާނެއެވެ. އެ ތަޞައްވުރު ވާންވާނީ ދައުރުގެ ތެރޭގައި ކުރެވޭނެވަރުގެ ތަޞައްވުރަކަށެވެ. ރައްޔިތުން ވިސްނަންވީ އެ ތަޞައްވުރަކީ ހަގީގަތުގައިވެސް ރަށަށާއި އަތޮޅަށް ފައިދާކުރާނެ ތަޞައްވުރެއްތޯއެވެ.

ކޮންމެ ކައުންސިލަރަކީވެސް ހަރުދަނާ މީހަކަށްވާންޖެހެއެވެ. އެހެން ނުވެއްޖެނަމަ ރަށުގެ ޒުވާނުންނާ ކުޑަކުދިންނަށް ނަމޫނާ ދެއްކުމަށް އަޅުގަނޑެމެން މިހޮވާ ކައުންސިލަރުންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ ފަދަ އަޙްލާޤަކާއި ފަންނުވެރިކަމެއް ނުފެނިދާނެއެވެ. މި ނޫނަސް ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ޤާބިލްކަން ދެނެގަންނާނެ ކިތައްމެ ކަމެއް އެބަހުއްޓެވެ. ވީމާ ކޮންމެ ބޭފުޅަކުވެސް އަދި ކަނބަލަކުވެސް ކައުންސިލް އިންތިޚާބުގައި ވޯޓް ދެއްވުމުގެ ކުރިން ވިސްނާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސޭކު

    ޝަރުތު ތަކަކީ:
    1 ރަސްމީގަޑީގައި ގޭގައި ނިދުން
    2 ޕާޓީ މަސައްކަތުގައި ރަސްމީގަޑި ހޭދަކުރުން
    3 ރައްޔިތުންނަށް ދަތިކޮށް ޖެއްސުން ކުރުން
    4 އަގަލެއް ހަޔާތެއް ނެތުން
    5 މަކަރު ހެދުމާއި ފުރައްސާރަ ކުރުމުން ދަށްވެގެން ޑިޕޮލޮމާއެއް އޮތުން
    6 ދިގުޓައީ އަޅައިގެން ރަސްމީ ގަޑި ކޮފީ މޭޒު ދޮށުގައި ހޭދަކުރުން

    15
  2. 19 ނަވާރަ

    ގާބިލު ވާނީ ޝަރުތެއް ކަނޑަ އެޅިއްޔާނު ގުބޯ ސަރުކާރު

    11
    1
    • ނަރެލް

      ތިހެންބުނީމަ ހީވަނި ވޭތުވެދިޔަ ސަރުކާރުތަކުގަ ވަރަށް މޮޅުމީހުންނަށޭ އެފުރުސަތުލިބުނި މިހާރުވެސް އެބަތިބި އަސާސީ ފެންވަރުވެސް ނެތްމީހުން ޒިންމާނަގާނިކާކު

      5
      2
  3. އައްގަބޭ

    ކަ އުންސިލް ތަކަ އް ވުރެން މާމުހިންމު ތަނެކޭ ރަ އްޔިތުންގެ މަޖްލިސް އަކީ ފުރަތަމަ ބަލަން ވީނުން އެތަނުގަ އެތިބަ މެންބަރުން ނަކީ ކިހާ ފެންވަރެ އްގެ ބަ އެ އްތޯ ގިނަޢީ އަމި އްލަ ނަންވެސް އަޅަން ނޭގޭމީހުން.

    14
  4. ސާރާ

    ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށޯ؟ ގައިމު މިހާރު އެހުރި މީހާއަކީ ނުކިޔަވާހުރި ޖާހިލަކަށްވުމުގެ އިތުރުން ކަމެއްގެ ވައްޓަފާޅިއެއްވެސް ނެތް މީހެއް!

    10
    2
  5. ޤާބިލް

    ޢިލްމުނެތަސްހިލްމުހުރީޔާރަނގަލުވާނެމާމޮލައްކިޔެވީމަމާމަކަރުހަދާނެ

    4
    2
  6. ފަޒްލާ

    ކައުންސިލަށް ކުރިމަތިލާ މީހުންގެ ހަމަ އެކަނި ހުންނަން ޖެހޭ ގާބިލް ކަމަކީ ޕާޓީގެ އިސްވެރިންނާއިއެކީ ސެލްފީ ނެގުން

  7. ޢަބްދުއްލަޠީފު

    ޢިލްމަކީ ސިކުނޑީގެ ކާނާ. އެނެތިއްޔާ ސިކުޑި މަސައްކަތެއް ނުކުރާނެ. އެވަރިހަމަ ހިލްމު ކައިގެން ބޮއެގެންހުއްޓސް. ޢިލްމު ހުއްޓަސް ޙިލްމު ނެތިދާނެ. އެކަމަކު އިލްމެއްނެތި ހިލްމު ހުންނަ ވާހަކައަކީ ބޮޑު ޖޯކެއް. ދެންވާނީ ރޯނު އެދުރަކައް. މިކަހަލަ ރޯނު އެދުރެއް ބޮޑު ގޮނޑީގަ އެހެރީ.

  8. ާސުރެން ސުރެން

    ދެރަކަމކީ ބޮޑެތި ކައްކާމީހުންވެސް ގަދަބާރުންވެސް މިކަހަލަ މަޤާމްތަކަށް ކުރިމަތިލާތީ. ކަމުނުގޮސްގެއް އެއްފަހަރު ވައްޓާލީމާވެސް ހިތިރަހަ ނުކެނޑިގެން އަނެއްކާވެސް ބޮނޑިދަށުވާންވީ. މަށަށް ހީވަނީ މިފަހަރުވެސް ޕާޓީއަށް ލިބޭނީ ހަމަ ބޮޑު ކެއްސެއްހެން.