ގައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގައި މަސައްކަތް ކުރާ ސިފައިންގެ ދެމީހަކު ކުއްޖަކު ރޭޕް ކުރި މައްސަލަައެއްގައި ސަރުކާރުގެ ރަސްމީ އިދާރާތަކުން އެއްވެސް ފިޔަވަޅެއް ނާޅައި، އެމައްސަލަ އޮއްބާލިކަން ހާމަވެއްޖެއެވެ.
ސިފައިން ދެމީހަކު ކުޑަކުއްޖަކު ރޭޕް ކުރި މައްސަލަ އޮއްބާލާފައިވާކަން މިރޭ ހާމަކުރެއްވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
ރޮޒައިނާ ވިދާޅުވީ، ސިފައިންގެ ދެ މީހަކު، 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެ ކުއްޖާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، މި މައްސަލައިގެ މައުލޫމާތު ހޯދުމަށް ހުދު އޭނާ ވެސް ފުލުސް އޮފީހަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށެވެ.
"ދެ ސިފައިން މީހުން 15 އަހަރުގެ ކުއްޖަކު ރޭޕް ކޮށްގެން އެމައްސަލަ އެކުއްޖާގެ މަންމަ ފުލުހުންނަށް ހުށަހަޅައިގެން އެމައްސަލަ އެއްވެސް ގޮތަކަށް ކުރިއަށް ނުގޮސްގެން އަޅުގަނޑު އަމިއްލައަށް ޕާސަނަލީ ވިލީ ފުލުހަށް ގޮސްގެން އެތަނުގައި ހުރެ ވާހަކަ ދައްކައިގެން އެއްވެސް މައުލޫމާތެއް ނުލިބުނު. މިހާރު ހައެއްކަ މަސް ވަނީ އަދި ހަމަ އެއްކަލަ ދެ ސިފައިންގެ މީހުން ސިފައިންގެ ޔުނީފޯމް އަޅައިގެން ކޮންމެ ދުވަހަކު އޮފީހަށް ގޮސްގޮސް އެތިބެނީ. ރޭޕް ކުރި ކުއްޖާ އެހުރީ." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އަންހެން ކުއްޖާ ރޭޕް ކުރީ ކޮންބައެއްކަން އެކުއްޖާ އަށް ކިޔައިދޭން އެނގޭ ކަމަށާއި ނަމަވެސް އެކަން ކުރި މީހުން އަދިވެސް ތިބީ ދޫކޮށްލާފައި ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ދެ ސިފައިންގެ މީހުން ފޭސްބުކް މެދުވެރިކޮށް އެކުއްޖާ އަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. އެމީހުން އަދި އިތުރު ކުދިންތަކަކަށް ވެސް ފޭސްބުކް މެދުވެރިކޮށް ޖިންސީ ފުރައްސާރަ ކޮށްފައި ވެދާނެތީ ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޖިންސީ ފުރައްސާރަ ކުރާ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ތިބުމަކީ އަނިޔާ ލިބޭ ކުދިންގެ އާއިލާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް އެފަދަ ގިނަ މައްސަލަތަކުގައި ހިމެނޭ މީހުން ތިބީ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައެވެ.
ސަރުކާރު ހިންގުން މިއޮތީ މުޅިން ފެއިލްވެފަ.
ދެރަނުވޭ ރޮޒޭ . ޜޮޒޭ މެންގެނައި އެޖެންޑާ 19 ތަފާތުވާނެ . ކިހާ ސަޅި. ލޮލާލޯ ދިމާވީމަ
ލާދީނީ ސަރުކާރު އައި ފަހުން ގެއްލުމާއި ހަލާކު އުތުރި އަރަނީ މުރުތައްދުންގެ ސުންޕާކަން ލައިގަތީ
ރާއްޖޭގަ ވަރަށް ބޮޑު ވެއްޖެ ކަމެއް މީ. ބަންގާޅީންގެ ބަލާ ވެސް ވަރަށް ބޮޑު. އަދިވެސް ހަމަ އެތެރެ ކުރަނީ އޭ.
ކޮންމެހެން ބަންގާޅު މީހުންނެއް ނޫން މިކަން މިކުރަނީ... އަމިއްލަ ލޭ ގެ ގުޅުން އޮންނަ ޢާއިލީ މީހުންނާ ދެކެފަރިތަ ރައްޓެހިންގެ އުނދަގޫ ބޮޑު... މިކޮމެންޓް ޖަހާލަން ކެރޭނެބާ
ކަންތަކާ ޖެހުނީ ދެން މަހާނަދަށުން ވާހަކަނެރެގެން ސުރުހީ ހަދާނެ..ބަލަ ހަމަސްވީ ރޮޒަ އިނާ އަށް ތިކަން އެގޭ. އެކަމަކު މިހުރިހާދުވަހު ޗު އްޕުވެސްނުބުނެހުރފަ ދެން ކޮން ޑްރާމާ އެއ އް...
މިއުޅެނީ 5 ކުދިންނާބެހުނު މުދިމަކަށްވެސް ކަމެއް ނުވެގެން. 11 އަހަ ރުވީ . ޢަދި ސިފައިންގެ ބޭކަލަކަށް މާބޮޑަށް ހިމާޔަތް ލިބޭނެއްނު.
އެންމެންވެސް ކިޔާއަޑު އިވެނީ ފުލުހުންގެ ތެރޭގަ މިހާރު ތިތިބަ ވެރިން ތިބެގެން ތިތަނެއް ރަނގަޅަކަށް ކަންތަށްތަކެއް ނުހިގާނޭ އެމީހުންނެއް ނެތް ބަދަލުކުރެވޭކައްވެސަ ގޭތެރޭން އައިސް ތިބިމީހުން ތިބީ ދެންކީއްކުރާނީދޯ
ސޯލިހު މާރިޔާ ޕޮލިހުން މިމީހުނަކަށް އެކަމެއް ނުވާނެ ހިނގާ ބަލަ ރަށްޔަނު ންނަށް ވޭތޯ ބަލާލަން އެފަހުރު ވެރިޔުނީފޯމް ލައިގެން ތިބެ ރޭޕު ކުރެވެއްޏާ ރަށްޔަތުން ނަށް އެޔުނީފޯމް ބޭލެންޖެހޭނެ ރޭޕުކޮށް ގެން ހައްޔަރު ކުރަން ޖެހެނީ ވަކިބައެއްތަ ހާދަ އިންސާފުވެރި ވެފަ ހަމަހަމައޭ ދޯ
ތިޔަދެމީ ހުން ހޯދާ ވީ އެންމެ އަވަހަކައް ފިޔަވަޅު އަޅައިދިނުމަށް ގޮވާލަން ނޫނީ ތިކަން ތަކުރާރުވާނެ..
އެޖެންޑާ 19 ތަފާތު ވާނެ އަނެއްކާ ގެރި މޯދީގެ ލޮލާއި ނަޝީދުގެ ލޯ ދިމާވޭ
މިފަދަ ކަމެއް އެނގިހުރެ ރޮޒޭނާ ސިއްރު ކުރުމުގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮން ކަމެއްކަން ސާފުވާން ޖެހޭ ! ފުލުހުން މި މައްސަލަ އޮއްބާލި ސަބަބުވެސް ސާފުވާން ޖެހޭ ! ސިފައިންނާއި ފުލުހުންގެ ފަރާތުން ޒިނޭގެ އަމަލުތައް ފެނި ރިޕޯޓް ކުރުމުން އެކަން ނުބަލާ އޮންނަނީ ކީތްވެކަން ހޯމް މިނިސްޓަރު ސާފު ކޮށްދެއްވަންވެސް ޖެހޭ ! ވެރިކަން ލިބުމާއިއެކު ކުޑަކުއްޖަކާ ޒިނޭ ކޮށްގެން ޖަލު ހުކުމެއްގައި ހުރި ހޯރަ އިއްބެ ދޫކޮށްލީ ކީތްވެގެންކަން ރައީސް ސާފު ކޮށްދެއްވަން ޖެހޭ ! މިފަދަ ޒިނޭގެ އަމަލު ތަކަށް އިސްލާމީ ޝަރިއްޔަތުގައިވާ ހުކުމް ތައް ކޯޓު ތަކުން ނުކުރާ ސަބަބު ޖުޑިޝަރީ އިން ސާފު ކޮށްދޭން ޖެހޭ
ޢެތާ ތިބެނީ ހަޔާތްކެނޑިފަ ތިބޭ އެއްޗެހި ގިނައިން. ޜަނގަޅަށް ބަލާބަ މިހާރުވެސް.
އެދެމީހުންގެ ނަންބުނެބަލަ. އެއިރުންދޯ ފޭސްބުކްވެސް ބަލާލެވޭނީ.
އެއްވެސް ކަމެއް ސިޔާސީ ނުކުރޭ، ކުށްތައް ކުރަނީ ސަރުކާރު ތަކުން ހުއްދަ ދިގެން ނޫނެވެ. ދެން އެއްވެސް މީހަކަށް ސަރުކާރާއި މުވައްސަސާތަކުގެ ބޮލުގައި ކުށެއްވީމަ އަޅުވާކަށް ނުޖެހޭ، ފަސްއިރު ފަސް ނަމާދު ކޮށްގެން ރޯދަހިފައިގެން މިގައުމުގައި ކުށެއް ނުކޮށް މީހުން ތިބޭނަމަ ކޮންފަދަ ހެއްޔެވެ.
ރޮޒޭ ތިކަންތަށްވެސް ކުރީ ސަރުކާރަށް ކަނޑާލީމާ ރީނދޫ ހުންޖެހިފައިވާ ބައިގަނޑު ހިތްހަމަޖެހޭނެ.
ސޯލިހުބެ ވެރިކަމުގެ ހުވާކުރީ ހުރިހާ ކާފަރުޖިއްނިތަށް ބިމުގައި ފެތުރިގަންނަ ސާއަތުގައި އޭގެފަހުން މިގައުމު މިވަނީ މުސީބާތުން ސަލާމަތް ނުވެފައި އެމް ޑީ އެން ރިޕޯޓު އެއީ މައްސަލައެއް ނޫންކަމަށް ސޯލި ބުނި މިބައިގަނޑުގެ ލާދީނީ ސިޔާސަތުގެ ހިތިރަހަ ދިވެހިންނަށް ފެންނަމުން މިދަނީ ﷲ މިބައިގަނޑު ނެތިކުރަށްވާދޭވެ އާމީން....
ވައިރަސް މޯޑީ މިއޮތީ ރާއްޖެޔަށް ރަނގަޅަށް އަރާފަ. މިކަހަލަ ކަންކަަން ކުރާމީހުންނަށް ހައްޤު އަދަބު ދޭންވީ ހަމަ. ދެންބުނެލަން އޮތީ އައިޖީއެމްއެޗް ގެ އިންޑީޔާ ފިޒިއޮތެރަޕިސްޓްގެ މައްސަލަ އެހާ ފިނިކޮށް ނިންމާލި އިރު އަނިޔާލިބުން މީހާގެ ހައްޤު ވީތަން ސިދާތާޔަށް އަދިވެސް ރޭކާނުލަނީ ބާ
ޜޮޒައިނާ އިބޫ ކުރި ކަންތައް ވެސް ހުއްޓުވާ ތިވާހަކަ ދެއްކިނަމަ.
ތި ދެމީހުން ސިފަ އިންގެ އަ އް ވެ އްދީ ކޮން ސަރުކާރަކުންތޯވެސް މިހާރު އެބަޖެހޭ ބަލަން. ސަބަބަކީ މިހާރު ބަ އެއ އް ދިވެހިން ތިބީ ސަރުކާރަ އް ފެން ބޮވަ އި ގަނެފަ. ޥަކި ސަރުކާރެ އް އޮތީމަ އެ އް ނޫން. ކޮންމެ ސަރުކާރެޢް އޮތަސް.
ކަނޑައެޅިގެން ދޮގެއް ! މިދިޔަ 1 އަހަރުތެރޭ ސިފައިންގެ އެއްވެސް މީހަކު ކުޑަކުއްޖަކު ރޭޕްކުރިކަމުގެ އެއްވެސް ވާހަކައެއް ނުފެތުރޭ. ބަޔަކަށް ނޭނގި ތިވަރުގެ ކަމެއް ހިނގައި އެކަން ފުލުހުންނާއި ސިފައިން ސިއްރު ކުރީމަ ރޮޒޭ ކުރީ ކޮންކަމެއް ؟؟ ތިމަޖިލީހުގެ ކޮމިޓީތަކަކީ މިހާރު ގައުމުގެ އެންމެ ބޮޑެތި ކަންތައް ނިންމާ އެންމެ ބާރުގަދަ މީހުން. ގައުމުގެ އުއްތަމަ ފަނޑިޔާރު ހިނދުކޮޅަކުން ބޭރުކޮށްލެވޭ ވަރުގަދަ މަޖިލީހަކަށް ފުލުހުންގެ ވެރިން ހާޒިރުކޮށް ސުވާލު ނުކުރެވުނީ ކީއްވޭ ؟؟ ގަބޫލުނުކުރެވޭފަދަ ވާހަކަދައްކައިގެން ނޫނަސް މަޝްހޫރުވެވޭ ގޮތްތައް ހުންނާނެ. އިޚުލާސްތެރިކަން އިސްކުރުން ބުއްދިވެރި.