ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 11:10 ހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ މާމިގިލީ އަރިޔަދޫ ކަންމަތިން ސަން އައިލޭންޑްގެ ލޯންޗެއް ފަތުރުވެރިން މޫދަށް ބާލައިގެން އެ ސަރަހައްދުގައި މަޑުކޮށްގެން އޮއްވާ އެހެން ލޯންޗެއް ކޮންޓްރޯލް ނުވެގެން އައިސް ސަން އައިލޭންޑުގެ ލޯންޗުގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ސަން އައިލޭންޑް ލޯންޗުގައި ތިބި ބައެއް ފަތުރުވެރިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ލޯންޗަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ލިބުނު ފަތުރުވެރިންނަށް މާމިގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.