ދެއަހަރު ނުފުރޭ ތުއްތު ކުޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރާ އެކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ގޮވާލާ މިދިޔަ ހުކުރު ދުވަހުގެ އޭނާ ހުރި ފްލެޓު ދޮށަށް އެއްވެ ހަމަނުޖެހުން ހިންގިކަަމަށްބުނެ ފުލުހުން ހައްޔަރު ކުރި 27 މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ނުވަ މީބހުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ ފްލެޓް ކައިރީ ހިންގި ހަމަނުޖެހުމުގައި ފުލުހުން ހައްޔަރުކުރީ އަންހެނަކާއި 23 ފިރިހެނުންގެ އިތުރުން ތިން ކުޑަކުދިންނެވެ. މީގެ ތެރެއިން މިހާރު ބަންދުގައި ތިބީ ނުވަ މީހުންނެވެ.

އެ ކުއްޖާ ބައްޕަ ހައްޔަރު ކުރުމަށް ގޮވާލާ އެ ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކުގައި ބަޔަކަށް އަނިޔާވެސް ވިއެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭވެސް ބޭނުން ކުރިއެވެ.

އެކުއްޖާގެ ބައްޕަ އެރޭ 19:30 ހާއިރު ހައްޔަރުކޮށްފައިވާއިރު، އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި އެކުއްޖާގެ ކާފަ އަދި މުނިކާފަ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.

އެކުއްޖާ ރޭޕްކުރި މައްސަލާގައި ރާއްޖޭގެ ގިނަ ރަށްތަކުގައި މުޒާހަރާތައް ކުރިއަށްގެންގޮސްފައި ވެއެވެ.