ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އަވަގުރާނަ ގޮވާކަަމަށް ބުނެ ހުށަހެޅި މައްސަލައެއް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީން) ބަލަން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޙަސަން ދީދީއާއި ގުޅޭގޮތުން އެ ކޮމިޝަނުން މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް 24 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓްއާއި ގުޅޭ 7 މައްސަލައެއް އެކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން އެ ކޮމިޝަނުން ވިދާޅުވެފައި ވަނީ އިސްމެޖިސްޓްރޭޓް ޙަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައިގެ އިތުރުންވެސް އޭނާގެ މައްޗަށް ވަނީ:
މުވައްޒަފުންނަނށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މާލިއްޔަތު ޤަވާއިދާއި ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރާ މައްސަލައަކާއި,އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާއި, ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާކަމަށްބުނެ ހުށަހެޅުނު މައްސަލައަކާއި, ހެކިންގެ ބަޔާން ނެގުމަށް ހުރަސްއަޅާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ އިތުރުން, މާރާމާރީ ހިންގުމަށް ހިތްވަރުދިން ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ހުތުރު އެއްޗެތި ގޮވިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މި މައްސަލަތައް ފުލުހަށްވެސް ހުށަހެޅި ބަލަމުންދާތީ އޭނާ ވަޒީފާއަށް ނުނިކުތުމަށް އެންގުނު ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ރަށްރަށުގެ ގާޒީން ކަތީބުން ކަމުވޮށިގެންވާ މީހުންނަކީ، އަސްލުވެސް ރަންނަމާރިތަކެއް.
މިއީ ހާދަ ވަރުގަދަ މެޖިސްޓުރޭޓެކޭ ދޯ؟؟
ޖޭ އެސް ސީން މި މައްސަލަ ބަލަން 5 އަހަރު ނަގާނެ ކަންނޭގެ، ނޫނީ އިވޭނީ މައްސަލަ ބަލަމުން ގެންދަނި ކޮށް ރާއްޖެ ދޫކޮށް ދިޔަ ވާހަކަ
ޖޭއެސްސީ އަކީ ހާދަމޮޅުތަނެކޭ. ރީނދޫކޮޅަށްގޮސް ހުސްވެފަ. ދެން އެހެންބަޔަކަށް އިންސާފުލިބޭނެކަމަށް ހިތަށްވެސް އަރުވާނެކަމެއްނެތް.