މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލުގެ ލީޑިން ޓީޗަރު ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ތަޙްޤީޤު ކުރަން ފެށުމުން އެމައްސަލަ "އޮއްބާލަން" ލީޑިން ޓީޗަރުގެ އަނބިމީހާ އާއި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އަނިޔާ ލިބުނު ކުއްޖާގެ މަންމައަށާއި އެކުއްޖާއަށް ފޯނުކޮށް ދެއްކި ވާހަކަތަކެއްގެ އޯޑިއޯ "ވަގުތު" އަށް ލިބިއްޖެއެވެ.
ލީޑިން ޓީޗަރު ދަރިވަރަށް ޖިންސީ ފުރައްސާރަ ކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް އަދިވެސް މައްސަލަ އޮތީ ނުނިމިއެވެ. މިހާރު ވެސް އޭނާ ހުރީ ލީޑިން ޓީޗަރުގެ މަގާމުގައެވެ.
އޯޑިއޯގައި އަނިޔާ ލިބުނު ކުއްޖާގެ މަންމަ އަށް ފޯނުކޮށް ފުރަތަމަ ވާހަކަ ދައްކަނީ ލީޑިން ޓީޗަރުގެ ދައްތައެވެ. އެއަށްފަހު ޓީޗަރުގެ އަނބިމީހާ ވެސް ފޯނު ކޯލްގައި ވާހަކަ ދައްކައެވެ. އެކޯލްގައި ޖިންސީ ފުރައްސާރަ ލިބުނު ކުއްޖާ އާއި އެމީހުން ވަނީ ސުވާލުކޮށްފައެވެ.
އެކުއްޖާ ކިޔައިދިން ގޮތުގައި އަތިރިމަތީގައި ސްކޫލްގެ އިވެންޓެއް އޮތް ދުވަހަކު ލީޑިން ޓީޗަރު އައިސް އޭނާ އެކަނި ހުއްޓާ ވާހަކަ ދައްކަމުން "ހާދަ ތުންފަތް ރީއްޗޭ، ހާދަ ދޮނޭ، ޓީޗަރަށް ހުވަފެނުން ވެސް އަހަރެން ފެންނަ ވާހަކަ ބުނި." ކުއްޖާ ކިޔައި ދިނެވެ.
އަދި ދަރިން ހޯދާ ގޮތް ބައިލޮޖީގައި ކިޔަވައި ނުދޭތޯ އާއި ތި އުމުރުގެ ކުއްޖަކަށް ވެސް ކައިވެނި ކުރެވިދާނެ ކަމަށާއި ދަރިއަކު ހޯދިދާނެ ވާހަކަ ވެސް ދެއްކި ކަމަށް އެކުއްޖާ ކިޔައިދެއެވެ.
ފޯންކޯލްގައި ވާހަކަދައްކަމުން ޓީޗަރުގެ ދައްތަ ބުނަނީ "ބޭނުން ވަނީ މިމައްސަލަ އޮއްބާލަން" ކަމަށާއި ދުވަހަކު ވެސް ދެން މިވާހަކަ ނުދައްކާ ގޮތައް މިކަން ނިންމާލަން ބޭނުންވާ ކަމަށެވެ.
އަންހެން ކުއްޖާ ކައިރީގައި ލީޑިން ޓީޗަރުގެ ދައްތަ އާއި އަނބިމީހާ ވަކިވަކިން ސުވާލުކޮށް ވަނީ ޓީޗަރު އޭނާ ކައިރީ ކިޔާފައި ވަނީ ކީކޭތޯ އޮޅުން ފިލުވާފައެވެ. އަންހެން ކުއްޖާ ވަނީ ޓީޗަރު ކީއެއްޗެހި ތަފްސީލްކޮށް އެ ދެމީހުންނަށް ވެސް ކިޔައިދީފައެވެ.
އެމީހުން ވަނީ އެވާހަކަތައް ދެން ކިޔައިދީފައި ވާނީ ކާކަށްތޯ ސުވާލު ކޮށްފައެވެ. ދަރިވަރު ވަނީ އޭނާގެ ކްލާކުގައި ތިބޭ ހުރިހާ އަންހެން ދަރިވަރުންނަށާއި އަދި ދެ ޓީޗަރަކަށް ވެސް ހުރިހާ އެއްޗެއް އެނގޭނެ ކަމަށް ބުނެފައެވެ. އެ ދެ ޓީޗަރުންގެ ނަން ވެސް ދަރިވަރު ބުނެއެވެ.
ފޯން ކޯލްގައި ވާހަކަދެއްކި މީހުން ކުއްޖާ އާއި ކުއްޖާގެ މަންމަގެ ކިބައިން އެދުނީ ޖެންޑާ އަށް ބަޔާން ދޭއިރު ޓީޗަރަށް ހުވަފެނުން އެކުއްޖާ ފެންނަ ވާހަކަ ބުނި ވާހަކައާއި ތުންފަތް ރީއްޗޭ އަދި ދަރިން ހޯދުމާއި ބެހޭ ގޮތުން ދެއްކި ވާހަކަ ކިޔައި ނުދިނުމަށެވެ.
"އެވާހަކަތައް ކިޔައިދީފިނަމަ ޓީޗަރު ހުންނާނީ ޖަލުގައި." ކަމަށާއި އެހެންވެ އޭނާ ސަލާމަތް ކޮށްދިނުމަށް ޓީޗަރުގެ ދައްތަ އާއި އަނބިމީހާ ފޯން ކޯލްގައި އެދުނެވެ.
އަދި އެމީހުން މި ވާހަކަ ދެއްކި ވާހަކަ އެއްވެސް މީހެއް ކައިރީގައި ނުބުނަށް ވެސް އެމީހުން ޝަރުތު ކުރިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލީޑިން ޓީޗަރަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާތާ 25 ވަރަކަށް އަހަރު ވެފައިވާ މީހެކެވެ. އޭނާ ޖިންސީ ފުރައްސާރަ ކުރުމުގެ އެތައް މައްސަލައެއް މީގެ ކުރިން ވެސް ދަރިވަރުން ރިޕޯޓް ކޮށްފައި ވެއެވެ. މިހާރު އޭނާ މަސައްކަތް ކުރާ ސްކޫލްގެ އިތުރުން އޭނާ އެހެން ސްކޫލްތަކުގައި މަސައްކަތް ކުރިއިރު ވެސް މިބާވަތުގެ އަމަލުތައް ހިންގާފައިވާ ކަމަށް މީހުން ބުނެއެވެ. އޭގެ ތެރޭގައި ކުއްޖެއްގެ އުރަމަތީގައި ހިފި މައްސަލައެއް ވެސް ހިމެނެއެވެ.
އަދި ދަރިވަރުންތަކަކަށް އަނިޔާކުރި މައްސަލައެއް 2017 ވަނަ އަހަރު ފުލުހުން ތަޙްޤީޤުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީން އެމައްސަލައިގައި ދައުވާ ވެސް އުފުލިއެވެ. ނަމަވެސް މައްސަލަ ކޯޓަށް ދިޔަ ފަހުން ދެންވީ ގޮތެއް ނޭނގެއެވެ.
ތިގޮތަށް އޮއްބާލާފައޮތް ރ.ވާދޫ ސްކޫލް ޓީޗަރެއްގެ މައްސަލަވެސް އެއޮތ ީ އެމްޑީޕީވީމަ ވަޅުޖަހާފަ.
މިހާރު ދެން ހުރިހާ އެޑްވާންޓޭޖެއް ނެގޭތޯ ބަލާތި މީ އަންހެންވެރިންގެ މޫސުން
ކަލޭގެ ދަރިޔަކާ ބެހުނީމަވެސް ތިފާޑަށް ވާހަކަ ދައްކަން ކެރޭނެތަ؟
މިއޮތީ ގައުމެއް
ތިލަދުންމަތީ ރަށެއްގެ ޓީޗަރަކުވެސް ރަށެއްގައި ހިންގި ވޯކްޝޮޕެއްގައި އެރަށުގެ ސުޕަވިޝަން ގަޑިއެއްނަގައިދިން ކުލާހަކަށްގޮސް މަޖަލަކަށް ހަދާފައި ތަފާތު ވާހަކަތަކެއް ދައްކައިފާ ވަރަށް ހަށިހެޔޮ ފަލަ ކުއްޖެއް ދައްކާ ލާފައިބުނީ އެހެރީ .... ރަނގަޅު ގޮލައެކޭ އަނގަބެ. ވަގުތުން ސްކޫލްގެ މެނޭޖްމަންޓްގައި އެވާހަކަ ދައްކާ މިބުނާ ޓީ ޗަރާ ދޭތެރޭ ސަމާލުވުމަށް އެދުނިން . އޭގެ އަހަރުތަކެއްފަހުން މިބުނާ ހަށި ހެޔޮ ކުދިން ދެކެ ލޯބިވާ ޓީޗަރު އެހެން ރަށެއްގެ ކުއްޖަކު ހަށިހެޔޮތޯ ބެލިގޮތުން އިންޒާރުދިނުމަށްފަހު ކައިރީގައޮތް އެހެން ރަށަކަށް ވަޒީފާ ބަދަލު ކުރެވުނު އެވަރުންވެސް ވަޒީފާ އިން ވަތްކެއްނުކުރޭ . ދަންނަވަން މިއުޅޭ ވާހަކަޔަކީ ގިނަފަހަރަށް ބަހުރުވަ ހުންނަ ގޮތުން މީހުން ދެނެގަނެވޭނެއެވެ މިހާރު މިބުނާ ޓީޗަރު ވީތަނެއް އަނގަބެ އަކަށް ނޭގެ
ތިކަން ނުކުރުމަށް ތި ބުނާ މީހުން ލަދުގަންނަން ޖެހޭ.
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފިރިހެން ލީޑިންގ ޓީޗަރަކު އެސްކޫލުގެ އަންހެން ލީޑިންގ ޓީޗަރަަކށް ބުލީކޮށް އެވަރުން ނުވެގެން އެތަނުގެ ރޫމެއްގާ އިންދާ ބޭރުން ތަޅުލާފަ ވާ މައްސަލަވެސް ސްކޫލުގެ ޕްރިންސިޕަލް ވަނީ އޮއްބާލާފަ.
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފިރިހެން ލީޑިންގ ޓީޗަރަކު އެސްކޫލުގެ އަންހެން ލީޑިންގ ޓީޗަރަަކށް ބުލީކޮށް އެވަރުން ނުވެގެން އެތަނުގެ ރޫމެއްގާ އިންދާ ބޭރުން ތަޅުލާފަ ވާ މައްސަލަވެސް ސްކޫލުގެ ޕްރިންސިޕަލް ވަނީ އޮއްބާލާފަ.
އޯޑިއޯ އެޓޭޗް ކޮއްބަލަ ޕްލީޒް
ސައްތައިން ސައްތަ މުސްލިމު ޤައުމެކޯ؟؟؟؟ ލަދުގަނޭ މި ފަސްގަނޑުގަ ހުންނަންވެސް
މިހާރުދެން ވައްކަމުގެ މައްސަލަތައްވެސް ހުށަހަޅާނީ ނޫސްތަކަށް، ގޯތި އިންވަކިކުރުމުގެ މައްސަލަތައްވެސް ނޫސްތަކަށް ފޮނުވާނީ. އޭގެ ބޭނުމަކީ މަޝްހޫރުކަން ހޯދުމާއި އަނެކާގެ އަގުވައްޓާލުން. ކޯޓަށް ގޮސްގެން އިންސާފު ހޯދާކަށް ބޭނުމެއްނުވޭ އެކަކުވެސް.
އިންސާފު ލިބޭތަ؟؟ ނުލިބޭތީ ޖެހެނީ އެހެން ގޮތެއް ހޯދަން..
މި ކަ ހަލަ ކިތައް ކަންތައް ސިއްރު ކުރެވިފައިވޭ ތަ؟؟؟؟؟
ކޯއްޓަށް ގޮސްގެން އިންސާފް ލިބޭތަ
މީގެ އަ ހަރުތަކެއް ކުރިން ބ.އަތޮޅު މަދަރުސާގަވެސް އެސްކޫލްގެ ޓީޗަރަކު ދަރިވަރުން ތަކަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި. އެކަމުގައި އެދަރިވަރުންގެ ހައްގުގަ ތެދުވީ އެ ސްކޫލްގެ ޓީޗަރުންތަކެއް. ޓިޗަރުންވި ޤުރުބާނީން ކުއްކުރި ޓީޗަރަށް އޭގެ ހައްގު އަދަބު ލިބުނު. ޓީޗަރު ވަޒީފާއިން ވަކިކޮށް ވ.އަތޮޅަށް އަރުވާލީ. މި ހާރުވެސް މިކަލޭގެ އުޅެނީ އެ ހާ ވަ ހުޝީކޮށް. ނަމާދަށް މިސްކިތަށް އަރާ މަންޒަރު ދުއްމީ ހަކު އެރަށަކު ނު ހުންނާނެ.
އާއިލާ މީހުންވެސް އެފަދަ ނުބައި ކަންތައްތައް ތަކަށް ހިއްވަރުދެނީ.... އެފަދަ ކަންކަން ފޮރުވަން އުޅޭ މީހުންގެ ދަރިއަކަށް ނޫނީ ކޮއްކޮއަކަށް އެފަދަ ކަމެއް ދިމާވި ނަމަ ކިހި ނެއްބާ ހަދާނީ؟.. މައްސަލަ އަކީ އެފަދަ ކަންކަން ދިމާވާ އާއިލާ ތަކުންވެސް މަޑުން ތިބުން..... އިންސާފު ހޯދަން އަޑު އުފުލަންވީ، ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް އެހެން ގޮތް ގޮތުންވެސް.... މިކަހަލަ އެއްޗިހި ކިޔާ ކިޔާ ސިކުނޑި ސުމަކަށް ގޮއްސި..? ކަމެއް ދިމާނުވާ މީހާވެސް ނަފްސާނީ ބައްޔެއް ޖެހޭ ވަރު ވެއްޖެ...އާދޭސް ކޮއްފަ މަޑުން ނުތިބެ އަޑު އުފުލާ??
މިހާ ތަފްސީލުކޮށް މިވާހަކަތަށް ގެނެސް ދިނުމަކީ މިކަހަލަ ކަންތަކަށް ދެވޭ ހިއްވަރެއް ކަމުގައި ނޫނި ނުވޭ.ވަގުތު މީހުން މިފަދަލިޔުން މިގޮތަށް ގެނެސް ދިނުން ހުއްޓަން ވެއްޖެ.
އެދުވަސްވަރު ހިތަށްއަރުވާލިޔަސް ދެލޮލުން ކަރުނަ އާދޭ، އަންހެން ދަރިވަރުންނަށް އޭރު ޖެހިފައިއޮތް ނުރައްކާތެރި ބިރުބެރި މުސީބާތުން ދަރިވަރުން ސަލާމަތް ކޮށްދެއްވުމަށް ދެތިން މުދައްރިސުން ވެލެއްވި ޤުރުބާނީއަށް .އަތޮޅުމަދަރުސާގެ އިސްދަރިވަރެއްގެ ހައިސިއްޔަތުން އައްސަރިބަހާ ސާބަސް ދަންނަވަން. ތިޔައީ ބަޠަލުންނަކީ.
ޢަހަރރން ގައުމު ދޫކޮއް މިދަނީ ކެނެޑާއަސް ސަލާން ދިވެހިންންައް
ޖިންސީ ގޯނާ ކުރުމުގެ ރެކޯޑް ނެތް ސްކޫލެއް ވަރަށް މަދުވާނެ.. އެ ހުރިހާ ކަމެއްގަ އޮބިއަޅައިގެން ތިބެ، ޖިންސީ ގޯނާ ކުރި ޓީޗަރުންވެސް މިއަދު ބުނަނީ ސިސްޓަމް މިހާރު މިއޮތީ ފެއިލް ވެފައޭ....
އެހެންނު ވާނީ.. އާއިލާ އިން އުޅެނީ ސިއްރު ކުރަން ވިއްޔަ.
ގްރޭޑް 7ގެ ޖެނެރަލަ ސައިންސް ފޮތުގަ ހުންނަބައެއް އެއްޗެހިވެސް ޖިންސީ ފުރައްސާރައަށް ހަދާފަ އެލިއުނު މީހާއަށް ހޭއަރުވާލާ.ރާއްޖެ މީހުންނަކަށް ނޭންގޭ ފުރައްސާރަ ޑިފައިން ކުރާކަށް.ތިމާ ރުޅިއަރާ ނުރުހޭ މީހާ ގަންނަވާލުން ބޭނުމަކީ.
ދަރިވަރުންނަށް ''ނޫނެކޭ''ބުނަން ދަސްކޮށްދީ އަދި އެވާހަކަ ތައް ތިލަކޮށް ފަޅާ އަރުވާނެ ގޮތް ބުނެދީ މިއީ ޓީޗަރުންގެވެސް ޒިންމާ އެއް މައިންބަފައިންވެސް ކުދިންގެ ވާހަކަ އަޑުއަހާ މިހާރު މިއީ ތަފާތު ދިވެހި ރާއްޖެއެއް މީގެ 70 އަހަރު ގެކުރިން ވިސްނި ގޮތައް ނުވިސްނާ
މިފަދަ ކޮމެންޓްތަކުން މައުސޫމް އަނިޔާ ލިބޭ ފަރާޔްތައް މަތިން ހަދުމަކުރޭ?
އެޓީޗަރަ ކީ އެމްޑީޕީއަށް ތާޢީދު ކުރާ މީހެއް
ތިޔަ ކަހަލަ މީހުންގެ ކަންތައް ސިއްރު ނު ކޮއް ހައްޔަރު ކުރޭ..
ސިއްރު ކުރާނު. ހުސް އެކަހަލަ މީހުން އުޅޭ އާއިލާއެްއް އެއީ..
އަނބިގޮއްޔެ ވެސް ދެން. ލަދެއް ނުގަނޭތަ.
ލަދެއް ނުގަންނާނު.. އަނބިގޮއްޔެ ވެސް ފިރިމީހާގެ ކޮއްކޮ ޖައްސާ ވިއްޔަ..
ޝުކޫޅުގެ ބޮޑޭތި ފިރިހެން ކުދިން ގޮވައިގެން އުޅޭ ޤުރުއާން ޓީޗރުގެ މައްސަލަ ބަލައި ދީބަލަ
ކަލާފާނުގަ އުޅޭ ދިވެހި ޓީޗަރެއް ލާރި ދީގނެ ފިރިހެން ދަރިވަރުން ލައްވާ ފާހިޝް އަމަލު ކުރަމުން ދޭ. މިކަން ބަލާދީބަލަ
މިގޭ މަންޖެ ހަރާމަށް ބަލިވެ އިނީމަ އެމަންޖެ ގޮވައިގެން ކާފަ ލަންކާއަށް ގޮސް ދަރި ވައްޓާލި. އެމައްސަލަވެސް ބަލަންވީނު
އިސްލާމް ޓީޗަރު ހިލޭ ފިރިހެނެޢް ކާރިޔަެް ދިޔަ. ޢެމައްސަލަ ވެސް ބަލަންވީނު.
ސަރުކާރު ހިންގަން ތިބިއްޔާ ތިބިބަޔަކު ފެއިލް. ކުއްކުރާ މީހުނަށް މިނިވަންކަންމަތީ އެކަންކަން ކުރަން ދީގެން ތިބޭތަން ފެންނަމުން ދަނީ.
ބަނޑިދޫ މީހުނެ ހާދަ ލޮނު މަޑޭ ދޯ!!
އަސްލުވެސް. އެއާއިލާގަ އުޅޭނީ ހުސް އަލިފުން. ކަމެއްކުރީމަ ފަޅާއަރުވާ މީހާ ކުއްވާނީ.
ޢަލީ އިސާ ކިޔަނީ މިހި ޓީޗަރައް...........
މީނަގެ މައްސަލަ ކިތައް ރަށުގަ. ވާކަމެއް ހަރާން.
ބޮޑު ސުވާލް. ތިޔަ ކޯލްގަ އެބުނީ ދެމަެިން ރޮެިފަ މައްސަލަ ސިއްރު ކުރަން. ހަމަ ދެފައި ދަށުގަ އާދޭސް ކޮއްފަ. ދެން މިހާރު މިކަން ފަޅާ އެރީމަ ތި ދެމައިނަށް ވީ ކިހެނެއްބާ؟
ހަމަ ކުކުޅެއް ބުރާނާހެން ބުރޭނީ.. ފަރުޟު ފަސް ނަމާދު ކޮއްގެން ދުލައް އައިހާ އަވަގުރާނައެއް ގޮވަމުން.
މުނީރާ ފެމެލީ މިރަށަށް ހާދަ ގަދައޭ ދޯ!
ގަދަ ވާނު.. އެމީނުން ނޫނީ ނޫޅޭނެ މޮޅު ބަޔަކު. ކެރޭ ބަޔަކު. ދުނިޔެ ލެއްވިހާ ގޯސްކަމެއް ކޮއްފަ. ހިތުން ވަރަށް ރީތި ބައެއް. ގޭތެރޭން ދުވާނީ ކުނި ވަސް. އެކަމު ބޭރުފުށުން ވަރަށް ސާދާ..
ތިޔަ ޓީޗަރަކީ ހަމައެކަނި ޖިންސީ ފުރައްސާރަ ކުރިި މީހެެއް ނޫން. އެހާމެ ހަނގާ ކުރާނެ. އޭނައަށް ފެންނަ އަންހެނަކާ ފޮށޭނެ. 2017 ވަނަ އަހަރު އަންހެން ކުއްޖެއްގެ ކަރުހިފާ ގޮނޑިއަށް ކޮށްޕާލީމަ، 'ސިކުނޑި ހަމަނުޖެހޭ ' މީހެއް ކަމަށް ހަދާ މައްސަލަ ހިންދާލީ. ސިކުނޑި ހަމަ ނުޖެހެންޏާ އެއޮތީ ގުރައިދޫ ކޮށި. އެއަށް ލާބަލަ.
އަސްލުވެސް. ގުރައިދޫ ކޮށީގަ އޮންނަތަން ބަލަން އެއާއިލާ މީހުންނަށް ހަޖަމްނުވާނެތީ ކަންނޭގެ.?
ހަހަހަހަހަ ވައިކަންމަތި