ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ފަރުވާކުޑަކަން ފާހަގަކޮށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނުރުހުން ފާޅުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ސީއެސްސީ އަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނީ، އެމިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓްރީ އެއް އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ އެމިނިސްޓްރީ އަށް ޕާމަނެންޓް ސެކްރެޓްރީ އެއް އައްޔަން ކުރެއްވުމަށް ހުށަހަޅައިފައިވާތާ މިހާރު 100 އަށްވުރެ ގިނަ ދުވަސް ވެފައި ވާކަމަށާއި، އެކަން ލަސްވުމަކީ އިންތިހާއަށް ދަތިވެ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ސިވިލް ސާވިސް ކޮމިޝަނުން ކުރާ ކަންކަން ލަސްވެގެން ދާ ދިއުމާއި ދޭތެރޭ އަޅުގަނޑު ކަންބޮޑުވަން. ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމު ހުސްވުމަށް ފަހު 3 މަހާއި 12 ދުވަސް ވޭތުވެގެން މިދިޔައީ. އަޅުގަނޑަށް ޕީއެސްއެއް އައްޔަން ވެއްޖެތާ ބަރާބަރު 42 ދުވަސް ފަހުން ކޮމިޝަނުން މިނިސްޓްރީގެ މަސައްކަތަށް ޕީއެސް ފޮނުއްވެވީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަންވެގެންވާނެ ގޮތެއް ނޫން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީ އެއް އައްޔަން ކުރެވިފައިވާ ކަން އެންގިތާވެސް 40 ވަރަކަށް ދުވަސްވެފައިވާ ކަމަށާއި، އެމަސައްކަތް ވަނީ އިންތިހާ އަށް ދިގުލައިގެން ގޮސްފައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެެވެ.

އަދި އެމިނިސްޓްރީ އަށް ބޭނުންވާ އެހެނިހެން މުވައްޒަފުން ހޯދުމަށްވެސް ސިވިލް ސާވިސް ކޮމިޝަނާއި ގުޅިގެން އިއުލާން ކޮށްފައިވާތާ މިހާރު 28 ދުވަސް ވެއްޖެ ކަމަށާއި، އެކަންވެސް އަދި ވެސް ވެފައި ނުވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ސީއެސްސީ އަކީ އެކޮމިޝަނުގެ އެންމެހާ މުވައްޒަފުންނަށް ނަމޫނާ ދައްކަން ޖެހޭ ތަނެއް ކަމަށާއި، ނަަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ އެކޮމިޝަނުން ކުރަން ޖެހޭ ކަންކަން ލަސްވެ ކަންކަން ދިގުލައިގެންދާ މަންޒަރު ކަމަށެވެ.

މިނިސްޓަރ ޝާހިދު ވަނީ އެހެން ނުހެއްދެވުމަށް އެކޮމިޝަނަށް އިލްތިމާސްކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ ހުރިހާ މުއައްސަސާއަކުވެސް މިއަށްވުރެ ހަލުވި ސްޕީޑުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރެއް އަންނަނީ ވައުދުތަކެއް ވެގެން ކަމަށާއި، ކޮންމެ ސަރުކާރަކުންވެސް އެސަރުކާރެއްގެ މަސައްކަތްތައް ހަލުވި ވުމަށް އެދޭނެ ކަމަށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނަކީ އެކަންކުރުމުގައި އިސް ރޯލެއް އަދާކުރަން ޖެހޭ ކޮމިޝަނެއް ކަމަށާއި، އެހެން ނަމަވެސް އެކޮމިޝަނުން ކަންކަަމަށް މިފަދައިން ފަރުވާ ކުޑަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. އަބޫ

    ސިވިލްސާވިސް މީހުންގެ މުސާރަ އާއި އެހެން މިނިވަން މުއައްސިސާއޭމިކިޔާ މީހުންގެ މުސާރަ މަަސައްކަތުގެ ސްޕީޑް

    44
    1
  2. ސާހިދާ

    ކޮމިސަން ގެ ރައީސް ކުރިފުލުމަތީގައި ބައިންދައިގެން އިންދެ ފާލުގަ ނުވިއޭކިޔާ ބަވާލީ! ހެހެ. ދެން ތިބެ ހަމަ އަތްޖަށްސަވަނީ.

    34
  3. ރައްޔިތުން

    ގާތް މީހަކަށް ޕީއެސް ކަން ނުދެވި ލަސްވީ ދޯ..

    45
    1
  4. ޢެޖެންޑާ 19

    ސިވިލްސާވިސްގެ ވެރިޔާ ބޭރުކުރަންޖެހޭ ރާއްޖޭގެ އެތަށްޓީޗަރުންނެއްގެ ފަންނީއެލވަންސް ނުދީ ހިފައްޓާފަ މިހާރުވެސް އެހުރީ..ލިބެންޖެހޭ ގިނަ އިނާޔަތްތަކެއް ވަނީ މީނާގެ ސަބަބުން ނުލިބި...

    33
    4
    • މަމޯ

      ސިވިލް ސަރވިސްގަ އުޅެނީ ހަމައެކަނި ޓީޗަރުންތަ؟ އެހެން ސިވިލް ސާރވަންޓުންނަށްވުރެ ތިބުނާ ޓީޗަރުންގެ މުސާރަ މިހާރުވެސް ވަރަށް ބޮޑު...

      9
      6
  5. ހަފްސާ

    ސިވިލްސާރވިސް ކޮމިޝަނަކީ އަދި ސިވިލްގެ އިސްމުވައްޒަފުންނަކީ ވެސް ކޮރަޕްޓް ބައެއް . މަޤާމުގެ ފައިދާ މުޅިން ނާޖާއިޒް

    35
    2
  6. ތަލަބޭ

    ޝާހިދޫ ކަލެޔައް ލިބޭވަރައް ދީބަލަ ސޮވިލްސަރވިސް ކުދިން ނަން އެމީހުން އެކަން ނުކުރޭތޯ!!

    32
    1
  7. ޙަސަން

    ސިވިލސް ސަރވިސް މީހުންނަށް އެންމެ ފަހުން މުސާރަ ބޮޑުކުރީ އަންނިއެވެ. އެއަށްފަހުން ޔާމީން ކުޑަ އެލަވަންސްއެއް ބޮޑުކުރިއެވެ. ސިވިލްސަރވިސް އިދާރީ މުވައްޒަފުންނަކީ މިރާއްޖޭގައި އެންމެ ކުޑަ މުސާރަލިބޭ މީހުންކަމެއް ކޮމިޝަނަށްވެސް އަދި ސަރުކާރަށްވެސް އަދި މަޖިލީހަކަށްވެސް ނޭނގެއެވެ. ސިޔާސީ މީހުންގެ މުސާރަތައް އަތްނުފޯރާ ހިސާބަށް ދާއިރު ސިވިލް ސަރވިސް މީހުން ދަރާވިކިގެން އުޅޭތީ ވެރިންފަހެ ލަދެއް ނުގަނޭހެއްޔެވެ. ސިވިލް މުސާރަ ބޮޑުކުރަންވީމާ ބަޖެޓްގަ ލާރިއެއްނުހުރެއެވެ. މީ އަޖައިބެކެވެ. 25 ، 30 އަހަރު ވަޒީފާގައި އުޅޭ މީހުންނަށް ނިދާލާނެ ގެގަނޑެއް ނުހެދެއެވެ. މުސާރަ ކުޑަކަމުން ލޯނެއް ނުލިބެއެވެ.

    33
    5
    • ހުވާ ތެދެއް

      ހުވާ ހަމަ ތެދެއް ތިޔަބުނީ މަވެސް ސިވިލް ވަޒީފާގަ އުޅޭތާ މިހާރު 10 އަހަރު. ލޯނަކަށް އެޕްލައިކޮށްލަން އެހައްދުވަހު ބެންކުން މައުލޫމާތު ސާފްކޮށްލީމަ މިއިނގުނީ މީކީ މަގޭ މުސާރައާއި ސަރުކާރަށް ކުރި ޚިދުމަތަކާއި ބައްދަލުވާވަރު ކަމެއްނޫންކަން. އަސްލުވެސް މަ ބޭންކުން ނުކުތީ ފެންކަޅިވެފަވާ ޙާލުގަ.

    • ފުތާބެއްޔާ

      މުސާރަ ކުޑަޔަސް އަހަރު ދެކޮޅު ނުކުންނަ އައިފޯން ގަނެވެއެންނު

  8. ބަޒުރާ

    މުސާރަ އެންމެހައި ކުޑަ. އިތުރުގަޑިއެއް ނުލިބެ. ދެން މަސައްކަތުގެ ސްޕީޑް ރަނގަޅުވާން ތި އެދެނީ ކޮން ގޮތަކުން؟؟؟؟

    36
  9. ސަންތިމަރިޔަބު

    މަނިކުފާނު 100 ދުވަސް ގުނުއްވީ ސަރުކާރު ބަންދު ދުވަސް ތައް ކަޑުއްވާފަ ތޯ؟

    37
  10. މުސައްލަ

    މުސަައްލާމީހާގެ ސަރުކާރުން ކަންތައްތައް ނުކުރެވުމުން އެހެން މީހުންގެ ބޮލަށް ކަޑާލަނީ

    28
  11. ކަނަމަނަ

    ޝާހިދުހާފާސްޓެއްނުވާނެ އެކަކުވެސް ޝާހިދުކިހާފާސްޓް ބަޖެޓްހުސްކުރަން ކިހާދަތުރެއްއެކޮއްލަނީ ޝާހިދު މިފަހަރު އެހެއްދެވީވަރައް ތެދުފުޅު ދަތުރުތައްގިނަކުރިވަރަކައް ގިނަޑީލްތައްލިބި ލިބޭކަޓުވެސްގިނަވާނެ އެހެނޫނައް މާދަންވެސް ބޭރުކޮއްލަފާނެ މުސްކުޅިންބުނާ ހަރުބަހެއްއޮވޭ ވެހޭތާފެންނަގާށޭ

  12. Anonymous

    ރައްޔިތުންގެ ފައިސާއިން ދައުލަތަށް ޓެކްސް ދައްކައިގެން އެ ފައިސާ އިން ދުނިޔެ ވަށާ ބުރުތަޅާފަ ކީކޭ ކިޔަން

    6
    1
  13. Anonymous

    ކާޕޭޓް ވަގަށް ނެގީ ކާކުތޯ

  14. ވަގު

    ލަދުހަޔަތުގެ ކަންފުޅެއްވެސް ނެތް ވައްކަމަށް 100

  15. ވަގޭ

    ލަދުހަޔަތުގެ ކަންފުޅެއްވެސް ނެތް ވައްކަމަށް 100

  16. Anonymous

    ބުރާންޗު

  17. ވައުދު

    ސަރުކާރުގެ ނާޤާބިލްކަމުން ވައުދު ނުފުއްދުނީމަ ގޯސްމިވީ ނިކަމެތި ސިވިލް ސާވަންޓުން. ދެން ގޯސްވާނީ ރައްޔިތުން.

  18. ޢަންސާރު

    ކާށި އިސްތިއުފާ

  19. ބެއްޔާ

    ތިކަންވެސްތިވީ ކަދުރުރުކަށް އެރިމީހާގެ ނަދުރަށް. ކޮބާތަ ގެއަށް ގެންދިޔަ ކާޕެޓް. ކޮބާތަ އަނބިދަރިން ކައިރިއަށް އިނގިރޭސިވިލާތަށް ދިއުމަށް ދައުލަތުން ނެގިފައިސާ. ކޮބާހޭ ލިބޭ މަގާމާ ނުބައްދަލު އިނާޔަތްތައް މިއިން އެތިކޮޅެއް ދީބަލަ ސިވިލް ސާރިވިސް މުވައްޒަފުންނަށްވެސް ގައިމު އެއީ ރައްޔިތުންގެ ފައިސާ. ހުރިހާ އެއްޗެއް ތިމާގެ ގެއަށް ހުރިހާ ސަރުކާރަކުން ލިބޭގޮތަށް އޮތީމަ އެވާނީ ކަދުރުރުކަށް އެރިމީހާގެ ނަދުރަށް.

  20. ހުސޭނުބޭ

    ސިވިލް ސާވިސް ކަމިޝަނުގައި އަގުބޮޑު ކާޕެޓް ހުންނަނަމަ އެވަރަކަށް ކޯފާއެއްނުވާނެ! ޓަސް! ހަމަ ވަގުތުން ވަގަށް ކާޕެޓް ހިފައިގެން ގެޔަށް ކަނޑާލާނެ!

  21. ބަޖެޓް

    ބަޖެޓް އޮތީ ސިޔާސީ މީހުންގެ މުސާރަތަކަށް ޚަރަދުކުރަން، އެހެންނު ވާނީ އެމީހުން ސިޔާސީ މަގާމް ހޯދަނީ އިންވެސްޓްކޮށްގެން އެތައްގޮތަކުން ކޮރަޕްޝަންގެ ފައިސާ އިންވެސްޓްކޮށްގެން. ވީމާ 5 އަހަރުގެ ދައުރު ނިމޭއިރު ކިރިޔާ އިންވެސްޓްމަންޓް ކަވަރ ވަނީ. ދެން ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ އޭ ކިޔާއިރަށް ސިޔާސީ ލީޑަރުންގެ މޭގުޑާނެ. އެމީހުން ބުނާނެ ބަޖެޓް ނެތޭ. އެއީ ބޮޑު ޚަރަދެކޭ. އަނެއްދުވަހު 35000 މުސާރަ ކަނޑައަޅާފަ އެތައް ސިޔާސީ މަގާމްތަކެއް އުފައްދާނެ.

  22. Anonymous

    މިސަރުކާރު އައިފަހުން ކޮންމެ ރަށެއްގަ ނުވަތަ ކޮއްމެ އަތޮޅެއްގައި ހުންނަންޖެހޭ ޖެންޑަރ މިނިސްޓްރީގެ އޮފީސްތައްވެސްވަނީ ނުހިންގިފައި އިޢުލާނުކޮށްކޮށްވެސް މުވައްޒަފުން ނުލިބިގެން، މިއީ ހިބަރުވަދު ޝާހިދަށްއެކަނި ކުރިމަތިވާ މައްސަލައެއްނޫން ދޮތެ!، ފިނިހައް ސްޕީޑު ސަރުކާރުގަ ހުރިހާކަމެއްވެސް ހިނގާނީ ވަރަށް ސްލޯކޮށްކަމަށް ގަބޫލުކޮށް ޒީރޯ ޓޮލަރެންސްގެ މަތްޗަށް ފައިންއަރާ ފިއްތާއިގެހުރޭ، ކުޑަކެތްތެރިކަމެއް ބޭނުންވާނީ

  23. ދުންމާރި4

    ޝާހިދު މާ ގަޔާވާ ކަނބުލޮއަކަށްވަނީ ތޯއްޗެ އެހެންވެ އެހާ ވަރެއް އަރުވާލީ ވެރިކަން ލިބުނީއްސުރެ ދެފައި އެއްތާ ނުޖަހައި ދުނިޔޭގެ ރެކޯޑު ފޮތަށް ނަން އެރުވުމައްޓަކައި ދުނިޔޭގެ އެންމެ ގިނަ ޤައުމަށް ދަތުކުރި ޚާރިޖީ ވަޒީރުގެ ނަން ހޯދުމަށް ކުރާ ކަމެއްކަމަށް މީހުން ބުނެ އުޅޭ ދައުލަތުގެ ބަޖެޓުން އެތަށް މިލިއަނެއް ބޭކާރު ގޮތުގަ ޚަރަދު ކުރަނީކަމަށްވެސް މީހުން ބުނޭ ވާނުވާއެއްހަމަ ނޭނގެ ކެއުކޭވަރު އެނގޭނީ ބިތު ފަންގިނެގީމަ މިހާރުބވެސް ބޭރުގެ ކަރަކަރައިގައި ގަނޑުވަރު ހުންނަކަމަށް އަޑު އިވޭ އަދި ބޭރުގެ ބެންކުތަކުގަ ފައިސާ ހުރިވަރެއްނޭނގޭ ބޭރުގެ ޤައުމުގަތުގަ ވިޔަފާޜި އޮތްވަރެއްނޭނގޭ ކުންފުނިތަކުގެ ހިއްސާއޮތް މިންވަރެއްނޭނގޭ ކުރިން ފޮރިންމިނިސްޓްރުކަން ކުރިއޭކިޔާފަ ބޭރުގެ ކަރަކަރައިން ގަނޑުވަރުގަނެވޭނެ ކަމަަކަށް މީހުން ޤަބޫލެއް ނުކުރޭ އެވާނީ ހަދިޔާއަށް ލިބުނު ތަކެއްޗަށް ބައިނަލް އަޤުވާމީ ތަޙުޤީޤެއް ހިންގީމަ އެނގޭނެ ކެޔޮކާފަ ހުރިވަރު

  24. ޢަދުރޭ

    ޝާހިދު . އެ ވިދާޅުވީ . ރަނގަޅަށް ... މުސާރައެކޭ .ކިޔާނެކަމެއްނެތް.. ތަނެއްގަ ..އުޅެންޏާ ..އުޅެންވާނީ.. ރަނގަޅަށް .. މިހާރުވެސް .. ރަޝިޔާ . . ޔުކްރެއިން ..ތަންތަނުގެ ..ސަރުކާރު ..މުވައްޒިފުންގެ.. މުސާރަޔަށް..ވުރެ ..ދިވެހި .. ސިވިލް ..ސާވަންޓުންގެ..މުސާރަ..ބޮޑު

    1
    4
  25. ޜިޒާ

    ކާޕެޓެއް ހޯއްދަވާ

  26. ޒުހުރީ

    ފޮރިން މިނިސްޓްރީއަށް ޕީއެސް އައްޔަންކުރަން 104 ދުވަސް ހޭދަވާން ޖެހުނު މައްސަލަ ބަލާ އިހްމާލުވާ ފަރާތްތަށް ޒިންމާދާރު ކުރުވަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ގޮވާލަން. މައުލޫމާތު ލިބެނީ ކޮމިޝަނުގެ ވަކި މެންބަރަކު ޕީއެސްގެ މަގާމަށް ހޮވުނު ފަރާތް އައްޔަން ކުރަން ބޭނުން ނުވީމަ ކޮމިޝަނުގެ ރައީސް އޭނަ ބޭނުންވާގޮތަށް އައްޔަން ނުކުރަން މައްސަލަ ދިގުދަންމާލީ ކަމަށް.

  27. ސަމީރު

    ތިކަމުގަ ޒިންމާ ނަގަންޖެހޭނީ ކޮމިޝަނުގެ ރައީސް. ޕިއެސްގެ މަގާމަށް ހޮވުނު ފަރާތް އެ މަގާމަށް އައްޔަން ކުރަން އާމިރާ ބޭނުން ނުވީމަ ކޮމިޝަނުގެ ރައީސް ޕީއެސް އައްޔަން ކުރުން މަޑުޖައްސާލާފަ ބެހެއްޓީ. ފަހުން ރައީސް އޮފީހުން ޝަކުވާ ކުރީމަ އެނޫންގޮތެއް ނެތިގެން އައްޔަން ކުރަން ނިންމީ

  28. ސަޒާ

    ސީއެސްސީއަށް ސަމީމު އައިފަހުން މުޅި ސީއެސްސީ ހަލާކު ކޮށްފި

  29. މިއަދު

    ޝާހިދުވެސް ހީނުކުރާތި ސިވިލްސާވަންޓުންނަކީ ދަޢުލަތުގެ ދިވެހި ބަންގާޅުންކަމަށް މުސާރަ އާއި އެއްވަރަށް މަސައްކަތްކުރާނީ

  30. ޣުނބޯ

    މީއެއްވެސް ޒިއްމާއެއްނަގާ މީހެއްނޫން އަޅުގަނޑު ކޮމިސަނުގެ ރައިސްސާ، ސިވިލްސާވިސްގެ މުވައްޒަފުންގެ ޕެންސަންފަންޑުން ކަނޑާފައިސާ ޖަމާކުރާލެއް ލަސްވެގެން ޖޫރިމަނާގެގޮތުގައި ފައިސާ ކަނޑަފަހުންނާތީ އެވާހަކަދެއްކުމުން އެކަން ހައްލުކުރަން އަޅުގަނޑު ގާތުގައިބުނި! މީނާއިންނަންވި ބޮޑުގޮނޑިގަ ފިނިކޮޓަރީގަ އަޅުގަނޑު މުސާރަކެނޑެގޮތަށް އެކަންހައްލުކުރަންދާންވި މިހާގޮތެއްނެތް ބޭފުޅެއްތީ!

  31. ޥޭޖުކޮއި

    ސިވިލްސާވިސް އަށްވެސް ބަންގާޅީން ލާން ފެނޭ!އޭރުން ވަށާޖެހޭ ފަސްތަރީގެ ޖަޒީރާ ޚިދުމަތް ލިބިގެން ދާނީ!