ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވާ ޑިމޮކްރަސީ އާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ސުވާލު ކުރައްވައިފިއެވެ.

ގާސިމް ރައީސް ޞާލިހަށް މި ސުވާލުތައް އަމާޒު ކުރެއްވީ ޖުމްހޫރީ ޕާޓީއަށް ބައެއް މީހުން ސޮއި ކުރުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކުރަމުން ގެންދާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާއި ދެކޮޅު ހެދި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް "މިހާރު" ނޫހުގައި ރިޕޯޓް ކޮށްފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ޓާމިނަލް ޓީއެމްއޭއަށް ދިނުމާއި ދެކޮޅަށް ވަކާލާތު ކުރި މުވައްޒަފުން ވަޒީފާ އިން ވަކިނުކުރެވޭނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމާއި ދެކޮޅު ހެދި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނާ ޚަބަރު އެމްއޭސީއެލް އިން ވަނީ ދޮގުކޮށްފައެވެ.

ނަމަވެސް ގާސިމް މިރޭ ވަނީ އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

ގާސިމް ވިދާޅުވީ އެ މުވައްޒަފުން ރައީސް ޞާލިހް އެ އަރައިގަންނަނީ ރައްޔިތުންގެ އަސާސީ ޙައްޤަކަށް ކަމަށެވެ.

"ކޮބައިތޯ އެވިދާޅުވާ ޑިމޮކްރަސީ؟ ކޮބައިތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އަޅުގަނޑު ދަންނަވާނީ މަނިކުފާނު އެ މުވައްޒަފުންގެ ވަޒީފާ އިޔާދަ ކުރާށޭ. އިއްޒަތްތެރި މަނިކުފާނު ތިގޮތައް ކަންތައްތައް ކުރެވުމުން އެ އަރައިގަނެވެނީ ކޮންއެއްޗަކަށްތޯ؟ އެ އަރައިގަނެވެނީ ރައްޔިތުންގެ އަސާސީ ޙައްޤަކަށް. މިއީ އަމިއްލަ ގެދޮރުތަ؟ އެމީހުންނަށް ވެސް ޚިޔާލުފާޅު ކުރުމުގެ ޙައްޤު އޮންނަން ޖެހޭނެ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ 80 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދަމުން އަންނަ ޓާމިނަލް ވަކި އެއް ކުންފުންޏަކަށް ދީގެން ނުވާނެ ކަމަށާއި ޓާމިނަލް ޓީއެމްއޭއަށް ދީފިނަމަ ކަންކަން އެނގޭ މީހުން އެއްޗެހި ވެސް ކިޔާނެ ކަމަށެވެ.

އެމްޑީޕީ މެންބަރުންނަށް ޙައްޤުވާ މިންވަރު ނުލިބޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް މިރޭ ވަނީ ސުވާލުތަކެއް ކުރައްވާފައެވެ.

"ކޮބައިތޯ އިންސާފު؟ ކޮބައިތޯ ޤާނޫނީ އިން؟ ޤާނޫނީ މިން؟ ހައްބަ މުކައްބަ ނެތީ ކީއްވެތޯ؟" ގާސިމް ވިދާޅުވިއެވެ.

މިއަދު ކޯލިޝަން ގޯސް ވެގެން ނަޝީދު އެވާހަކަ ދައްކަވާއިރު ކޯލިޝަން ހަދަން ވެގެން ނަޝީދު "ރުއި ރުއިން" މިއަދު ހަނދާނެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން ޖުމްހޫރީ ޕާޓީ އާއި ވީހާ ވެސް ގިނަ ބޭފުޅުން ގުޅިވަޑައިގަތުމަށް މިރޭ ވެސް ދައުވަތު ދެއްވާފައެވެ. "ވަގުތު ކައިރިވަމުން އަންނަނީ. ފެބްރުއަރީ 05 ވަނަ ދުވަހަކީ ކައުންސިލް އިންތިޚާބަށް އަޅުގަނޑުމެން ޕާޓީއަށް ގުޅެން ބޭނުންވާ ބޭފުޅުންނަށް އޮތް އެންމެ ފަހު ތާރީޚް. އެހެންކަމުން އޭގެ ކުރިން އަޅުގަނޑުމެންނާއި ވީހާވެސް ގިނަ ބޭފުޅުން ގުޅިވަޑައިގަތުން އެދެން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުން ސިޔާސީ ދާއިރާ އިން ފަސޭހައިން ކުރިއަށް ދެވޭނެ ކަމަށާއި އަދި މަގާމުތަކަށް ވަޑައިގަތުމަށް ވެސް އެންމެ ފަސޭހަ ވާނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުން ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާ އަށް އެތައް "އަނިޔާއެއް" ލިބެމުންދާއިރު ވެސް ސިޔާސީ މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވީ އޭނާ އެކޭ އެއްފަދައިން ނިކަމެތި ކަމާއި އެކު އެހެން މީހެއް ކައިރިއަށް ދާން ނުޖެހޭ ފުދުންތެރިކަމާއި އެކު ތަނަވަސް ދިރިއުޅުމެއް އުޅެވޭ ރައްޔިތަކަށް ކޮންމެ ދިވެހި ރައްޔިތަކު ހެދުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ބޯގޯސް

  ޢެއްހަރަކުން ދެކައްޓެއް ނުޖެހޭނެ އޭވެސް ބުނީ ޤާސިމް މިހާރު ހުންނާނީ ރަނގަލަށް ތި ކަށިޖަހާފަ

  48
  3
 2. ދޮގެއް؟

  އަހަރުމެން ލައްވާ ނުބައި އެއްޗިހި ކިއުއްވަން ނަހަދާ ކަލޭ އަނގަ މަޑުން ލައިގެން ހުރޭ.

  41
  7
 3. ރައީސް

  ޑިމޮކްރަސީ އަކީ ކަލޭ ރިސޯޓުތަކުން ސާވިސް ޗާޖް %50 ކާލުންތޯ؟

  41
  5
 4. އަލްޖިބްރާ

  ކަލެއަށް މިފަހަރު ނުލިބިގެން ތިއުޅެނީ ކޯންޗެއް ތަ ؟ މާ އަގަ ގަދަވެގެން ތިއުޅެނީ ! ތީ މިޤައުމުގެ ހަލާކު !

  10
  2
 5. ިިޮަހޮލިޑޭ އައިލެންޑް

  ބުރްމާ ސާވީސް ޗާޖް ނުދީ ތިހުރީ

  9
  1
 6. ކާފަބޭ2020

  މިހާރުއަނގަތިޔަފެޅީ ސީޕްލޭންޓާމިނަލުންލިބޭބައި ކުޑަވެންނޭބުނެވިދާނެދޯ؟ މިހުރިހާއާފާތެއްޤައުމަށް ޖެއްސުމުގެ މޭސްތިރިންނަކީ މިސަރުކާރުގައި ކައްތިރިވިއްދައިގެތިބި ތިޔަތިންބަދަވީން އަދިވެސް ހައްދުންބޭރުންލިބުނު މިނިވަނަކަމާބަދަލުގެގޮތުގައި ލިބުނުބައި މަދުވެގެންތިޔައުޅެނީ ކުރީގަވެސްހެދި މަކަރުތައްހެދުމަށް " އެއްކަލަމީހާގެ" އެހީހޯދަން އަވަސްކުރޭ އޭނަމިހާރުހަދިޔާވަރަށްބޭނުންވާކަން އާންމުކޮށްފިނޫންތޯ ބައިއިތުރުނުވެއްޖެނަމައެގޮތް!!!

  10
  1
 7. ބޮޑުސޯޓު

  ޙާދަހީވޭ ޖަލައްދާންބޭނުންވެގެންއުޅޭހެން ސޭޓު ބޭނުންހާއެއްޗެއްނުކިޔޭނެ މީހިންނަވަރުގަހުރި އެންމެސޯލިހުމީހާގެ ސަރުކާރު މިސަރުކާރުން ތިކަހަލަހުރިހާކަމަކައްދޭނީ ޒީރޯޓޮލޮރެންސް ޒީރޯޓޮލޮރެންސްގެދަށުންދެން ނަގަންފަށާނީ ކަލެއައްދޫކޮއްފަހުރި ތަންތަން

 8. ިިޮަހޮލިޑޭ އައިލެންޑް

  ބުރުމާ ކަަލޭ މަޑުން ހުރޭ

  7
  1
 9. ޒާ

  އިބޫސޯލިހު ގާސިމަށް ހޯދަދިން ޑިމޮކްރަސީ އެހެެރީ ޓްރާންސްޕޯޓްގަ. މައުމޫނަށް އިބޫ ހޯދަދިން ޑިމޮކްރަސީ އެހެރީ ހެރިޓޭޖްގަ. ދެން ކޮން އަނގައެއް ތި ތަޅަނީ.

  11
 10. Anonymous

  ގާސިމަކީ ހަމަ ގާސިމް. އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއް ފުޅަށް މަތިން ފުއްމާލާނެ. މުނާފިގުންނަކީ ބަހާ އަމަލާ ދިމާވާ ބައެއްނޫން. ގާސިމު ޑްރާމާ ކުޅެން ތިފެށީ ވިޔަފާރިން ލިބޭ ނަފާއިން ހިތް ނުފުރެނީތަ.. ގްރީޑަކީ ނިކަން ނުބައި އެއްޗެއް ކިތަންމެ ވަރަކަށް ލިބުނަސް ހިތެއް ނުފުރޭނެ. ތިއުޅެނީ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދަން. މުއުމިނެއްގެ ގައިން ކައްޓެއްނުޖެހޭނެއޭ ބުނީ ނަޝީދު ލަނޑުދީގެން. ދެން ގޮސް މިހާރު ތިހުރީ ނަޝީދުއާ ކޯލިޝަން ހަދައިގެން. އެހެންވީމަ އެނގޭދޯ ތިއީ މުއުމިނެއްނޫންކަމާއި މުނާފިގު ދޮގުވެރިއެއްކަން.

 11. Anonymous

  ހޮހޮހޯ. އަހަރެމެންނާއެކު ކޯލިޝަން ހަދަން ތެޅޭނެ ކަމެއްނެތް.. ތިއީ ދުވަހަކު ބަހާ އަމަލާ ދިމާވާ މީހެއްނޫން. ނަބިއްޔާ ޞޢވ ހަދީޘް ކުރެއްވީ މުއުމިނެއްގެ ގައިގައި އެއްހަރަކުން 2 ފަހަރު ކަށި ނުޖެހޭނެކަމަށް.. ކަަލޭ ނަޝީދުއާ ދިމާއަށް އެހެންބުނެފަ ގޮސް ނަޝީދުގެ ތައްޕާހުގައި ތިއުޅެނީ. ތިއީވެސް ހަދާ މަކަރު. މީހާގެ ނަފުސު މުޑުދާރުވީމަ ދެން ހުސްފެންނާނީ މުނާފިގު ސިފަތައް. މަޖްލިސް އިންތިހާބުގައި ޕީޕީއެމްއާ އެކު ކޯލިޝަން ހަދަން އުޅުނު ގޮތަށް މިހާރު ތިއުޅެނީ. ނަމަނަމަ މި ނަގުލަންދާށީގެ ކަށީގައި ނުޖެހޭތި. ވަރަށް ގައްދާރު ނުލަފާ މީހާ) މިއީ..

  10
  1
 12. Anonymous

  ޕީޕީއެމްއާ އެކު ކޯލިޝަން ހެދޭނެ ހަމައެކަނި ގޮތަކީ ނަޝީދުއާ ދިމާއަށް އެއްޗެހި ކިޔުންކަމުގައި ވާނަމަ އެކަންވެސް ގާސިމް ކުރާނެ. އެކަމަކު ދެން ގޮސް އުޅޭނީ ނަޝީދު ފައިދޮންނަ ފެން ބޮއެގެން.

  12
 13. Anonymous

  ބަލަ އަންހެން ފުށީގެ ރައީސް ކާސިމް މޮޔަފުޅުވީތޯ ބަލަ ކިތައްކަށިޖަހާފިތޯ؟؟ ބަލަ ވެރިކަންމާހެދި މޮޔަފުޅުވީތާ؟؟ ދެން ާާބުނާނީ މައުމޫނާ ދެކުދިން ބޮލައްވެލިއަޅާ؟؟ ގަޑުފިލަ އަކުންބަކުން އަދި ރައީސް އޮފީސް ދޮށުގާ ދެކުދިން އުޑުފައިން އިށީދެތިބޭ ބަސްއަހާގެން ވެރިކަން ވެރިކަން ދަސްކުރޭ ކެނެރީގޭ ނަޝީދަކީ އިމުރާނު ބުނީ ލާދީނީ މީހަކޭ

 14. Anonymous

  ރަގަޅު ވަހަކައެއް. ދަައުލަތަކީ ޅ. ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު ގެ ތަރިކަ މުދަލެއް ނޫން

  16
 15. އަހްމަދު

  ކަލޭތީ އަމިއްލައެދުމަިގެން ހަލާކުވެފަހުރި ބޮޑުމުސީބާތެއް

  10
  2
 16. ދޮގެއް؟

  ކަކލޭ އަނގަ މަޑުން ލައިގެން ހުރުން ވަރަށް އަދަބުވެރިކަމާއެކު އެދެން. މަގޭ ލޭމައްޗަށް ދާން ފަށާފާނެ.