އަންހެނުން ހިތާނު ކުރުމަކީ ހިތްވަރުދޭ ކަމެއް ނޫން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައި ވަނީ، އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޮނުވި ސިޓީ ހެލްތް މިނިސްޓްރީން ބާތިލް ކުރެއްވުމަށް ފަހު ނެރުއްވި މެމޯއެއްގައެވެ.

އަމީން ސޮއިކުރައްވައި ނެރުއްވި އެ މެމޯގައި ވަނީ އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އަންހެނުން ހިތާނަ ކުރުމަކީ ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަަށާއި، މިކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އަދި އެޗްޕީއޭ އިން ފޮނުވި އެ ސިޓީ ބާތިލްކޮށް އެކަން އިސްލާމިކް މިނިސްޓްރީއަށް އެންގުމަށް އޭގައިވެއެވެ.

އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ދީނީ ބައެއް އިލްމުވެރިންގެ ހިޔާލުވެސް ތަފާތެވެ.

އަންހެނުން ހިތާނު ކުރުމަކީ މީގެ ކުރިން ރާއްޖޭގައި ކޮށްފައިވާ ކަމެކެވެ. އަދި ބައެއް މީހުން އަދިވެސް އެކަން ކުރަމުންދާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ދިވެހި

    نْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تُنْهِكِي ، فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ ، وَأَحَبُّ إِلَى الْبَعْلِ (صححه الألباني في صحيح أبي داود) އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. “(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެންމީހާއަށް އެންމެ ފައިދާބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. اخْفِضِيْ وَ لَا تُنْهِكِيْ فَإِنَّهُ أَنْضَرُ لِلْوَجْهِ وَ أَحْظَى عِنْدَ الزَّوْجِ (صححه الألباني) “(އަންހެންކުދިން) ޚިތާނުކުރާށެވެ! އަދި (ޚިތާނުކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. އެއީ އެއަންހެންމީހާގެ މޫނު ރީތިވުން އެންމެ ގާތްގޮތެވެ. އަދި ފިރިމީހާ ކައިރީގައި އެންމެ އަރާމު ގޮތެވެ.

    35
    12
    • ޔަގީން

      މި ހަދީޘް އަށް އަންލައިކު ކުރާމީހުން ނިކަމެތި ކުރައްވާދޭވެ

      6
      4
  2. ޒައިޝާ

    އަދިވެސް ބުރި ކުރަންވީ އަންހެނުންދޯ! އަންހެނުންގެ ބުރިކުރާ ތަނެއް ހުރޭތައް؟ އަޖައިބެއް..

    22
    33
    • މާހިރާ

      ރާއްޖޭގައި އަންހެން ކުދިން ޚިތާނުކުރިއިރު، އެކަމާގުޅިގެން ނުރައްކަލެއް ކުރިމަތިވި ވާހަކަ ދުވަހަކުވެސް އަޑެއް ނާހަން. އަންހެން ކުދިން ޚިތާނު ކުރާވާހަކަ ދައްކާއިރު އެކަން ކުރަނީ ކިހިނެއްކަމެއް، މިހާރުގެ މީހުންނަކަށް ނޭނގޭނެ. ޚާއްޞަކޮށް ފިރިހެނުންނަަށް. އޭރު އެކަން ކުރާނީ ތަޖުރިބާހުރި ފޫޅުމާއިން.

      28
      9
  3. މަހްމޫދު

    އަންހެން ކުދިން ހިތާނުކުރުން މިސްރުގައި މަނާކޮށްފައިވާ އިރު މި ކުށަށް އެ ގައުމުގައި މިހާރު ދޭ އަދަބަކީ ތިން މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނަމަވެސް ކެބިނެޓުން މިހާރު ވަނީ އަންހެން ކުދިން ހިތާނުކުރާ މީހުން ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާން ފާސްކޮށްފަ އެވެ. އަދި ހިތާނުކުރަނިކޮށް ކުއްޖަކު މަރުވެ ނުވަތަ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ މިއަށް ވުރެ އަދަބު ހަރުކަށި ކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

    10
    7
  4. Anonymous

    އަންހެން މީހާގެ ޝަހުވަތްތެރިކަން ހައްދުން ނެއްޓިދާނެތީ ޚިތާނު ކޮށް ކުރީޒަމާނުގައި އުޅުނުކަމަށްވެއެވެ. ނަމަވެސް މިއީ މިޒަމާނަށް

    2
    12
  5. ލުގުމާން

    އަންހެން މީހާގެ ޝަހުވަތްތެރިކަން ހައްދުން ނެއްޓިދާނެތީ ކުރީ ޒަމާނުގައި ޚިތާނުކޮށް އުޅުނު. ނަމަވެސް މިއީ މިޒަމާނާއި ގުޅޭ ކަމެއް ކަމަށް ނުދެކެން. ސަބަބަކީ މިޒަމާނުގައި އަންހެނުންގެ ގައިގައި ފިރިހެނުން މައިތިރި ކުރާނެ ބާރު ނެތުމުން ގިނަ ފާހިޝް އަމަލުތައް މި ޤައުމުގައި ހިގާފައިވާނީ. އެހެން ކަމުން މިސްރުގައި އަންހެން ކުދިން ހިތާނުކުރުން 2008 ވަނަ އަހަރު ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ފަގީރު ހިސާބު ތަކުގައި އެކަން އަދިވެސް އާންމުކޮށް ކުރެ އެވެ. މެދުއިރުމައްޗާއި އެފްރިކާގެ ބައެއް ގައުމުތަކުގައި މުސްލިމުން ފިޔަވައި ކްރިސްޓިއަން އަންހެން ކުދިން ވެސް ހިތާނު ކުރުވަ އެވެ

    5
    12
  6. Saman

    މުނިކާފަ ވެސް ކުރީ ހިތާނަ ކަމަށް ހަދަން ދޯ ތި
    އުޅެނީ..

    10
    2
  7. ހޭލާ

    މި ގައުމުގައި އަންހެން ކުދިންނެއް ހިތާނައެއް ނުކުރޭ. ހިތާނަ ކުރާށޭ ކިޔައިން ރައްޔިތުންނެއް ވެސް ނޫޅެ. ދެން މިސަރުކާރުން ކޮން ވާހަކައެއް ފަށައިންތަ މި އުޅެނީ؟ ޖިންސީ ގޯނާ ކުރާ މީހުންނަށް ބޮޑު އަދަބު ދޭށޭ ބުނީމަ ވާހަކައެއް ފެށިއްޔޭ ދޯ ރައްޔިތުންގެ އަޑު ކެނޑުވޭތޯ. ނުކެނޑޭނެ. އަޅުގަނޑުމެން ބޭނުން ވާ ކަންތައް އަޅުގަނޑުމެންނަށް ކޮށްދެވޭތޯ ބަލާ. ރައްޔިތުންނަކަށް ދެން އޮަޅުވައި ނުލެވޭނެ.

    23
    5
  8. Anonymous

    އެޖެންޑާ 19

    13
    3
  9. Alibe

    ކީ އްވެގެން މި ތެޅެނީ. 2008ގަ ވެރިކަން ލިބުނީމަވެސް މިކަމެ އް ނުކުރެވިގެން ތެޅިފޮޅުނު. ރާ އްޖޭގަ އަލަށްތަ އަންހެނުން މި އުޅެނީ.

    28
    3
  10. ޖނނ

    އިސްލާމް ދީނުގައި ކަމެއް ހުއްދަ ވެއްޖެއްޔާ އެކަމެއް އެހުއްދަވީ. އިތުރު ބައެއްގެ ބަހައް ބަލަންނުޖެހޭނެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ހުއްދަ ކުރައްވާފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީ އިން މަނާކުރިޔަސްވެސް އެއަށް އަހަރެމެން ނުބަލާނަން.

    28
    9
    • Anonymous

      ﷲ އާއި އެކަލާނގެ ރަސޫލާގެ އެއްވެސް ހުކުމް ފުޅެއް އެބަ ތަންފީޒް ކުރޭތަ. ނުކުރާތަގައި އެކަންތައް އެބަ ބަލައިގަނޭ

      7
      3
    • ފރތ

      ދެން ކަލޭ ވެއްޖެއެއްނު ބޮޑު ކަނޑިހިފާފަ ނުކުންނަން؟

  11. ކެނެރީހަންކެޑާ

    ކޮންމެވެސް ބަޔަކު ވަރަށް ބޮޑަށް ރާވައިގެން މިކަންވެސް ދީނީ ހަރުކަށި ކަމާގުޅުވައި މީސްތަކުންގެ މެދުގަ ފިތުނަފަސާދަ އުފައްދަން ދައްކާވާހަކައެއް މީ. މިރާއްޖޭގަ ކޮންއިރެއްގަ ކުރިކަމެއްތޯ؟، ކުރީގެ ތާރީހެއްގަ އަޑުވެސް އެހި ވާހަކަޔެއްނޫން. މީ ބަޔަކު އަޑީގަ ތިބެގެން މިތަނުގަ އޮތް ސުލްހަ ވެރިކަން ނަގާލަން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް. ބުއްޅަބެގެ ރޭވުމެއް ހަމަމީ.

  12. Anonymous

    ޤާނޫނާށް ވުރެ މައްޗަކު އެއްވެސް މީހަކަށް ނުހުރެވޭނޭ ކަލޭމެން ބުނާ ގޮތަށް އަހަރުމެން ވެސް ބުނަން ކީރިތި ޤުރުއާނަށް ވުރެ މައްޗަކު ފެހި ޤާނޫނު އަސާސީ ނުހުރެވޭނެ

    7
    1
  13. ކކކ

    ޢަންހެނުން ލައްވާ ފިރިހެން ކުދިން ހިތާން ކުރުންތޯ؟

    2
    3
  14. މާޝް

    ކާފަރު އަންހެނުންވެސް ހިތާނުކުރޭ
    ހިށިވިއްކާ އންހެނުން ވެސް ކުރޭ
    އެމީހުންގެ ރީތިކަން އިތުރުވޭ
    ބަލިތަކާ ދުރުވޭ
    ދީނުގައި މިކަން އޮތީމާ މައްސަލަޔަކީ

    3
    3
  15. ޙަރާމް

    دار الإفتاء: ختان الإناث حرام شرعاً وتؤكد: حديث أم عطية ضعيف
    މިސްރުގެ ފަތުވާ މަޖްލިސް: އަންހެނުން ޚިތާނުކުރުމަކީ ޙަރާމްކަމެއް. އުއްމު ޢަޠިއްޔާގެ ޙަދީޘަކީ ޟަޢީފް ޙަދީޘެއް

    6
    5
    • LP

      އަލްބާނީ ޞައްޙަ ކުރައްވާފައި

      2
      1
  16. ނަގޫރޯޅި

    ރަށުތެރޭ އަޑުގަދަކޮއް ދައްކަނީ މިސަރުކާރުގެ ނާގާބިލުކަމާ، ވައްކަމާ، މަކަރުވެރި ރޭވުންތަކުގެ ވާހަކަޔާ ބަރަވެލި ސްޕީޑައްވުރެއްވެސް މަޑުންދުވާ ޓޫޓީ އިންޖީނެއް އަޅަފަހުރި ވާހަކަޔާ ދީނައް ފުރައްސާރަ ކުރާމީހުނައް މިސަރުކާރުން ހަރަދު ކުރާ ވާހަކަޔާ ކޮންމެ ކަމެއްވެސް އެހެންބައެއްގެ ބޮޅުގަ އަޅުވާފަ ރެކިގަންނަވާހަކަ. ތީ މި އަޑު މަޑުވޭތޯ ސަރުކާރުން އީޖާދު ކުރި މައުލޫއެއް. ހޯ ހޯ ރައްޔިތުން ތިބީ މިފަހަރު ގުނބޯހެދޭ ގޮތަކައްނޫން.

  17. ކެހެރި

    ތިޔަކަން ނުކުރެވިގެން މަރުދަން ޖެހޭ ބަޔަކުވެސް ރާއްޖޭގައި އެބަ އުޅޭ

  18. ބޯލްޓް

    މައެމޫނާ ކައިރީ އަހާލަބަލަ ކިހާ ވަރެއް ދީގެންތޯ ތިޔަ ދެބޯގެރިދުއް ވަނީ.