މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް ގައި ރޭ ފަތިހު އަލިފާން ރޯކޮށްލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިލެކްޓްރިކް ސަބް ސްޓޭޝަނެއްގައި ރޭ ފަތިހު އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ފަތިހު 04:30 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަގުތުން ހަރަކާތްތެރިވި ކަމަށެވެ.

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ.

މި ޑިސްޓިރިބިއުޝަން ފޮށީގައި ރޯވެފައިވާ އަލިފާން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ނިއްވާލާފައި ވަނީ ފަތިހު 04:40 ހާއިރު އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ސްޓޭޝަންގެ އެޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

މިހާތަނަށް ބެލި ބެލުމުން، މިހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މިހާދިސާ މިހާރު ފުލުހުން ދަނީ ތަޙުޤީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކަނބުލޮ

    އަލީ ހަމީދު ބޮޑުބޭބެ ދޯ ތި ކަން ކުރީ

  2. ގަންގޫލީޔާނު

    ތިކަން ކުރާނީ އޭނަ ކޮންމެވެސް ގޭނގް ކުދިން ކޮޅަކަށް ފައިސާ ދީގެން

  3. އަރައިޝާ

    ޝިޔާމްތަ؟

  4. ައަމީރު

    ފުލުހުންނާއި ސިފައިންނަށް އަދި ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ މިދުވަސްކޮޅު މާލެތެރެ ބެލެހެއްޓުމުގައި އިތުރަށް ސަމާލްވާށޭ
    މިރާއްޖޭގެ އންމެބޮޑު ޚާއިނު އަންނި ވެރިކަން ހޯދަންވެގެން އުޅޭއިރެއްގައި އެކަލޭގެ ކޮށްފަ ނުކުރާނެ ކަމެއް ނުހުންނާނެޔޭ

    • އަޙުމަދު

      އަސްލުވެސް ދޯ!

    • ޒިނާ

      ރަނގަޅު ވާހަކައެއް ތިބުނީ

    • ފާ

      ރަނގަޅު ވާހަކަ އެއް

  5. ޖައުފަރު

    މީ ރީނދޫ އާލާތުންގެ ކަމެއް

  6. މާލެ

    ތިބާވަތު ކަންކަމަކީނަޝީދު އަޑީގައިހުރެގެން
    ހިންގާ ގޮތްކުޑަ އަމަލުތަކުތެރެއިން ކަމަކަށް
    ވުން ގާތެވެ ވީހާ އަވަހަކަށް ތަހްޤީޤު ކުރުމަށް
    ގޮވާލަމެވެ

  7. dhera

    ރޯކޮށްލީތަ.. އެހެންވީރު އެއީ ޕީޕީއެމް ކުދިން ފައިސާ ދީގެން ކުރުވިކަމަކަށްވާނީ... ސިޔާސީކަންތައް އޮއްބަން އަދި އިދިކޮޅު މީހުންގެ ބޮލުގަ އަޅުވަންވެގެން...

  8. Anonymous

    މިކަންކުރިމީހުންގެ ގެދޮރު ވިއްކާލަގެން ވިއަސް ބަދަލު ހޯދާ

  9. އިއްބެ

    ގެއެއްނެއް މާލެހާސަދަހުތަރު އެގެހުންނަތަނެއްނޭންގޭ ޗާޓަކުނެއް

  10. މާމިގިލީ ކަމަނަ

    މިކަންތައްތައް ކޮއްފައިވާނީ ޔާމިން އެއީ އޭނާގެ ރިސްފަތުގެ ވާހަކަތައް ދައްކާތީކަން އަހަރެމެންނައްއެގޭ.

  11. ީހަގީގަތް

    ޔާމިން ހާދަމޮޅޭ ހަގީގަތްތައް މަތިޖަހަން.
    މިފަހަރުވެސް ތިޖައްސާލީ. ސަޅިކަމެއް.