އިތުރު ދެ މީހަކު ހިމަބިއްސަށްް ޕޮޒިޓިވްވެފައވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ވިދާުވީ, މިއަދު ޓެސްޓް ކުރި 9 މީހުންގެ ތެރެއިން ދެ މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށެވެ. ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ މީހެއް ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

އަދި އިއއއއްޔެ ހިމަބިއްސަށް ޓެސްޓް ކުރި ނުވަ މީހެއްގެ ތެރެއިން އއއެއއްެސް މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފަްި ނުވާަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި މިއަދު ޕޮސިޓިވް ވި ދެމީހުންނާއެކު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަ އަށް އަރާފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނިކޮށް މި ބަލި ފެތުރެން ފެށީ މި މަސް ތެރޭގައެވެ.

ކޮންމެ ދުވަހަކުވެސް ހިމަބިލީގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދައްކާ މީހުން، ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ. އެގޮތުން އިއއްޔެ އާއި ހަމައަށް 70 އަށްވުރެ ގިނަ މީހުން އެބައްޔަށް ޓެސްޓު ކުރެވިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ

    މީ މި ސަރުކާރުން ކުޅޭ ޑްރާމާއެއް. އެއްވެސް ހެއްކެއް ނެތް! އައި.ޖީ.އެމް.އެޗް އަކީ ލާދީނީ ސަރުކާރުން ކުޅޭ ޑްރާމާގެ ބޮޑު ބައެއް އަދާ ކުރާ ބައެއް. ﷲ އަށް ބިރުވެތިވުމަށް ގޮވާލަން. ﷲ ތައާލާ ލާދީނީ ސަރުކާރުގެ ނުބައިރޭވުންތަކުން މިގައުމު ސަލާމަތްކޮށްދެއްވާށި! އާމީން

    1
    2
  2. ތަސައްރަފް

    ރާއްޖޭގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި މީހުންނަކީ ވެކްސިން ދޭން ބޭނުންނުވާ މީހުން. އެހެންވެ ސަރުކާރުން އެކަން ވައިގައި ހިފުވާ އެހެން މީހުންގެ ހިތް ތަކުގައި ބިރުވެރިކަން އުފައްދަން ފަތުރާ ދޮގު ހަބަރުތަކެއް. ސިއްހީ ދާއިރާ ގައި މަސައްކަތް ކުރާ ކުދިން އެބަ ބުނޭ ހިމަބިހި ނެތް ކަމަށާއި އެއީ ސަރުކާރުން ވަކި ކަމެއް ކުރުވަން ބޭނުން ކުރާ އުކުޅެއް ކަމަށް