ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެފައިވާ ބައްޔެއް ކަމުން، އެ ބަލީގެ ވޭދަނައެއް ރާއްޖެއިން ފެނުމާއި ގުޅިގެން އެއީ "އައުޓްބްރޭކެއް"ގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

މި ބަލި ރާއްޖެއިން އެ ފަހުން ފެނިފައި ވަނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

އޭގެ ތިން އަހަރު ފަހުން މިއަދު އަނެއްކާވެސް ރާއްޖެއިން މި ވަނީ ހިމަބިހި ފެނިފައެވެ. މިފަަހަރު ރާއްޖެއިން އެ ބަލީގެ ވޭދަނައެއް ފެނިފައި ވަނީ އައްޑޫ ސިޓީންނެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދުން އައްޑޫން ހިމިބިހީގެ ވޭދަނައެއް ފައްސިވެފައިވާ ކަމަށާއި، މި ބަލި ޖެހުނު ކަމަށް ބެލެވޭ އިތުރު ވޭދަނައެއް ދެނެގަނެވިފައިވާ ކަަމަށެވެ. އަދި އެއީ ހިމިބިހިކަން ކަށަވަރު ކުރުމަށް ސުންކު ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެެ.

"މި ދެ ވޭދަނަ ފެނިފައި ވަނީ ކުޑަކުދިންގެ ތެރެއިންނެވެ. އެހެން ނަމަވެސް މިދެކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު (އިންފެކްޝަން ޕީރިއަޑް) ފާއިތުވެފައިވާތީ، މި ދެކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ފާހަގަ ކުރަމެވެ".އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އެޗްްޕީއޭ އިން ބުނީ، ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށް ވުމާއެކު، މި ބަލި އެންމެ ވޭދަނައެއް ފެނުނުކަމުވައި ވިޔަސް އެ ބެލެވޭނީ "އައުޓްބްރޭކެއް"ގެ ގޮތުގައި ކަަމަށެވެ. އަދި މިފަދަ ހާލަތުގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ގާތުން އެއްތާވި މީހުން (ކޮންޓެކްޓުން) ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކުރަމުންދާކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

"އަދި ވަރަށް އަވަހަށް ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ފެށޭނެއެވެ".

އެޗްޕީއޭއިން ބުނީ މި "އައުޓްބްރޭކް"ގެ ވޭދަނައިގެ ތަހުގީގު އަދި ގާތުން އެއްތާވި މީހުންގެ ތެރެއިން އިތުރު މައުލޫމާތު އެނގެމުންދާ ވަރަކަށް ހިއްސާ ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހާލުފޮޅި

    އައްޑޫއިން އެހެން ރަށްރަށަށް މީހުން ދިއުން މަނާކުރޭ އަވަހަށް..

    8
    1
  2. ވައިރަސް

    ރާއްޖެ އިން ނައްތާލިޔަސް ރާއްޖެ އަށް އަރާ ފައިބާ އެހެން ގައުމުތަކުގެ މީހުން ފިޔަވާ، ރާއްޖެ ގެ މާލެ އަކީ ތަ ފަތާ ގައުމު ތަކުގެ މީހުން ފުރިބާރު ވެ ދިރި އުޅެމުން ދާތަނެއް، އަބަދު އިވޭނީ ކަރު ކަހާ ފަ އެތަންމިތަނަށް ކުޅު ޖަހާ އަޑު،، ގިނަ ބަލި ތަޚެއް ފެނުން އެކަށީ ގެންވޭ ތޮތް ޖެހިގެން މީހުން ދިރި އުޅެންނާ

  3. ރަން ރީނދޫ

    މަރުހަބާ ރައީސް ކޮތަޅު އިބްރާހީމް

    • މުލުވގު

      ވގ ޔާމިން އެ ނައްތާލިއޭ ކިޔާގެން މެޑަލް ޖެހީ. އޭނައަށް އެނގޭނީ މުޅިން އެހެން އުޅެން

  4. ނަން

    ނައްތާލަފަ ހުންނަަ ބަލި އަލުން ފަތުރާނީ ފާމިސޫޓިކަލް މާފިޔާ، ރާއްޖޭގެ ނަމަ މެޑިކަލް މަފިޔާ އޭރުން ތާ ވެކްސިންތަކާއި ބޭސްތައް ވިއްކާ ހެދޭނީ. އެފްޑީއޭވެސް މި އިންނަނީ މެޑިކަލް މާފިޔާގެ ދަށުގައި، ރާއްޖެއަށް އެތެރެކުރާ އަދި ހައްދާ ކާބޯތަކެތި ނުބަލާ ފާޑު ފާޑު ބަލި ޖެހިގެން ދިވެހިން ހަލާކުވެގެން މިދަނީ މި މެޑިކަލް މާފިޔާ މުސައްދިވެގެން. ސިޔާސީ ނަޖިސް ތަކާއި މި ނަޖިސް މިޤައުމުން ސަލާމަތް ކުރަން އެބަޖެހޭ.

  5. ނުރަބޯ

    މިފެންނަނީ ބަޔަކު މިރާއްޖޭގައި ވެކްސިންއާ ދެކޮޅަށް ކުރަމުންދާ ކެމްޕެއިންގެ ދެރަ ނަތީޖާ. ހިތާމައަކީ އަދިވެސް މިމީހުންގެ އަވާގައިޖެހި ކުޑަކުދިންނަށް ޖަހަންޖެހޭ ވެކްސިންތައް ނުޖަހާ މީހުން އުޅޭކަން.