ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިރޭ އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ނެރުނު ހުދު ސަމާލު މިރޭ މެންދަމު 03:00 އާއި ހަމައަށް ދެމިއޮންނާނެ އެވެ.

މާލެ ސަރަހައްދަށް މިރޭ އެންމެ ދިޔަވަރު ބޮޑުވާނީ މެންދަމު 01:30 ހާއިރުއެވެ. އުތުރުން ކުޅުދުއްފުށި ހިމެނޭ ސަރަހައްދަށް އެންމެ ދިޔަވަރު ބޮދުވާނީ 23:46 ހާއިރުއެވެ. އެންމެ ދެކުނުން އައްޑޫ ސިޓީއަށް ވެސް އެންމެ ދިޔަވަރު ބޮޑުވާނީ މެންދަމު 01:30 ހާއިރުއެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް ބުރާސްފަތި ވިލޭރެ އާއި ބުރާސްފަތި ދުވަހު އުދަ އަރައި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ބައެއް ރަށްރަށުގެ ފަސްގަނޑުން ބޮޑު ސަރަހައްދެއް ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި ވެސް ވަނީ ގިރައިގެން ގޮސްފައެވެ. އުދަ ބޮޑަށް އަރާފައި ވަނީ އުތުރުގެ ރަށްތަކަށެވެ.