ލ. ކައްދޫ އެއާޕޯޓަކީ އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހެދުމުން އެއއަތޮޅުގެ ޓޫރިޒަމް މެކުހަށް ޖެހޭނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައްދުންމައްޗަކީ ރާއްޖޭގެ ވިޔަފާރީގެ މައިނާރަކަށް ހެދިދާނެ ކަމަށެވެ. އެއަތޮޅަކީ ބިން ބޮޑުވެރފައި ވަސީލަތްތައް ގިނަ، މުރާލި ރައްޔިތުން އުޅޭ އަތޮޅެއް ކަމަށާއި، އެއާޕޯޓް އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލު ވުމުން އައްސޭރި ޕްރޮޖެކްޓާއި އެކު ޓޫރިޒަމް މެކުހަށް ޖެހިދާނެ ކަމަށް އޭނާގެ ޓްވީޓުގައު ވަނީ ވިދާޅުވެފައެެވެ. އަދި މިގޮތަށް ނިންމާފައި ވުމުން، ޖާބިރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތައުރީފް ކުރައްވާފައެވެ.

ލ. ކައްދޫ އެއާޕޯޓް އިންޓަރނޭޝަނަލް ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުޙައްމަދު ސާލިހް އިއުލާން ކުރައްވާފައި ވަނީ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ވެރިކަން ކުރާ އެމްޑީޕީ އިން ކުރިއަށް ގެންދާ "އެޖެންޖާ 19 ހައްދުންމަތީ ކޮންފަރެންސް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހް ވިދާޅުވެފައި ވަނީ ހައްދުންމަތީގައި އޮންނަ އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމަކީ އެއަތޮޅު އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އެގޮތުން އެ އެއާޕޯތް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް މިއަހަރުގެ ތެެރޭގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެއަތޮޅަކީ މިސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރައްމުން އަންނަ ސަރަހައްދުކަމަށްވެސް ވިދާޅުވެފައެވެ. އެއަތޮޅު އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސް ނިންމަވާފައި ވަނީ އެ އަތޮޅަކީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ އެތައް މަސައްކަތްތަކެއް ކުރެވޭނެ އަތޮޅަކަށް ވުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން އަންނަނީ އަތޮޅުތަކުގެ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ފަރެސްމާތޮޑާގައި އެއާޕޯޓް އެޅުމަށް ނިންމައި، އެ އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދުމަށްވެސް ނިންމާފައެވެ. އަދި ނ. މާފަރުގައި އޮންނަ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތެވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީދު

    ބަލަ މިއަށްވުރެ ބޮޑެތި، ގުދުރަތީގޮތުން ގޮންޖެހުންތަށް ބޮޑެތި ގައިމުތަކުގައިވެސް ނޯވޭ މާގިނަ އިންޓަނޭޝަނަލް އެއާޕޯޓެއް. މިހެން ކޮންމެ ރަށެއްގައި އެއާޕޯޓް ނަމެއްގައި އެޅީމަ އެއްތަނެއްވެސް ރަނގަޅަށްނުހިނގައި ސަރުކާރަށް ވާނީ ގެއްލުން

  2. ބޯކިބާ

    ކޮބާހޭ ކޭބަލްކާރު.