ހުޅުމާލޭގައި މަރުވި ދެޒުވާނުން
ހުޅުމާލޭގައި މަރުވި ދެޒުވާނުން

ހުޅުމާލޭގައި "ޕާޓީ ކުރަނިކޮށް" ދެ ޒުވާނަކު މަރުވި މައްސަލައަކީ ބޮޑު މައްސަލައެއް ނޫންކަމަށް ދޭހަވާ ގޮތައް އެމައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހެއްގެ ވަކީލް މިއަދުގެ ޝަރީޢަތުގައި ވާހަކަ ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓްހައުސް އެއްގައި، ޕާޓީ ޑްރަގްތަކާއި އެނާޖީ ޑްރިންކަކާއި އެއްކޮށްގެން ބޭނުން ކުރުމުގެ ސަބަބުން މަރުވި ދެމީހުންގެ ތެރެއިން، މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ ފާތިމަތު ސަމާގެ މަރުގެ މައްސަލައެވެ.

މިމައްސަލައިގައި ދައުވާ އުފުލާފައި ވަނީ މަރިޔަމް އަފާ އާއި ހަސަން ޒިދާން އާއި އާދަމް ޝާހީންގެ އިތުރުން މަރިޔަމް މައިޝާ އަދި އަހުމަދު އަމާން އަށެވެ. އެމީހުންގެ މައްޗަށް އުފުލާފައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުގެ މަރުހަލާގެ ކުރިން އޮތް އިއުތިރާޒުތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުން އާދަމް ޝާހީންގެ ވަކީލް ވިދާޅުވީ އެ ހާދިސާ ހިނގައި ދިޔަ އިރު ކޮޓަރި ތެރޭގައި ތިބީ ދެބެއިންގެ ދެދަރި މީހުންނާއި ލޯބިވެރިން ކަމަށާއި އެހެން ކަމުން އެއްވެސް މީހަކު ގަސްދުގައި އެހީތެރިކަން ފޯރުނުކޮށްދީފައިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އެ މައްސަލަ އެހާ ބޮޑުވެފައި ވަނީ މީޑިއާ އަދި އާންމުންގެ ނުފޫޒާއި ގުޅިގެން" ކަމަށް ވަކީލު ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމަކީ އެ ޒުވާނުންގެ ވަގުތު ބޭކާރުވެގެންދާން ޖެހޭ ވަރުގެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގުމަށް ފަހު އެތަނުގައިި ތިބި އަށް މީހުުންގެ ތެރެއިން އެކަކު ކަމާ ބެހޭ ފަރާތްތަކަށް ގުޅި ކަމަށެވެ. އެހެން ކަމުން ދެން ތިބި ބަޔަކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ މީހަކު ވަކި ވަކިން ގުޅަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޝަހީން ވެސް ހޮޑުލައި ހޭނެތި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނުކަން އޭނާ ފާހަގަ ކުރެއްވެވިއެވެ. ޝަހީންގެ ފަރާތުންވެސް އެދިފައި ވަނީ މައްސަލަ ބާތިލުކޮށްދިނުމަށެވެ. އަދި އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައެޅުމަށެވެ.

ހުޅުމާލޭގައި ޕާޓީ ކުރަނިކޮށް މަރުވީ ސަމާގެ އިތުރުން އަހްމަދު ހާމީން ކިޔާ ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފެންނަހާ މީހެއް މަރަންވީ، ދެން މައްސަލަ ބާތިލުކޮށްދިނުމަށް އެދެންވީ. ދެން އެންމެ ފަހުގެ ކަމަކަށް މައްސަލައަކީ މަދަނީ މިންގަނޑުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައެޅުމަށް އެދެންވީ. ކީކޭ ބުނަނީ. މިއޮތީ ވަކީލު ކަމުގެ ސެޓްފިކެޓު ލިބފަވިއްޔާ، ދެން ލެއްވިހާ ނުބައި ކަމަކަށް ވަކާޅާތު ކުރަންވީ. ޕާޓީ ޑުރަގަކީ ހުއްދަ އެއްޗެއްތަ، ނޫނީ މީހުން މަރާލަން ބޭނުން ކުރާ އެއްޗެއްތަ، ވަކީލުންނަކީ ގާތިލުން ހިމާޔަތް ކުރުުމުގެ ވަޒީފާ އަދާ ކުރާ ބަޔެއްތަ؟

  2. އެންމެ ފަހުން މި ގޯސްވީ މީޑިޔާ ދޯ...ހަހަހަހަހަ

  3. މަރުވި އެ ދެ މީހުންގެ ޒިއްމާ އެހެން ބައެއްގެ ބޮލުގަ އެޅުވުމުގެ ބޭނުމެއްނެތް،ދައުވާ އުފުލަންވީ އެ މައްސަލާގައި ދެންތިބި މީހުންކުރި ދީނާ ޚިލާފު އމަލުގެ މައްޗަށް
    އެ ދެޒުވާނުން މަރުވުމަކުން އކަމާ ކަންބޮދުވުން އެ އީ ބޭކާރުކަމެއް ގޭގައި ރީތިކޮށް ތިއްބައި އެ ދެޒުވާނުން މަރުވި ނަމަ ކަންބޮދުވެ ދެރަވުން ރަނގަޅު ނުބައި މީހުންނިމިދަނީވެސް ނުބައި ގޮތަށް

  4. އަމިއްލަ މީހާ

    މިހާރުވެސް ހަމަ ސުރުޚީގައިވާގޮތަށް އަފްރާޝީމްގެ މައްސަލައާއި ގެއްލިގެންއުޅުނު ޒުވާނެއްގެ މައްސަލައަކާއި އަދިވެސް މިފަދަ މައްސަލަތައް ބޮޑުވަމުންދަނީ މީޑިޔާގެ ސަބަބުން އެހެންނޫންނަމަ އެކަންތައް ހަނދާންހުރިމީހަކުބ ނުހުންނާނެކަން ޔަގީން

  5. ބަލަންވީ އެމީހުންނަށް އެއީ ޑްރަގްސްކަން އެގޭ ތޯ. ޕާޓީކުރަން ތޯ ތިބާ. އެހެން ކަމަށް ވާނަމަ ދައުލަތުަން ދައުވާކުރަންޖެހޭނެ. އެއީ ދީންގަ ހަރާން ކަމަށް ކޮއް ސާބިތުވީމަ އޭގެ ހައްގު އަދަބު ދޭން ޖެހޭނެ.