މި ހިނގަމުންދާ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ، ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އެކަށީގެންވާ، ހިދުމަތްތަކެއް ފޯރުކޮށްދެވިފައި ނުވާކަމަށެވެ. އަދި އެކަމަށް ހުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވެސް އެއްބަސްވެވަޑައިގެންފައި ވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ސަރުކާރަށް މިވަގުތު ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަަމަކީ، ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބޭއްވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަމިއްލަ ޕާޓީގައި، އަމިއްލަ ކޯލިޝަނުގައި ތިއްބެވި ބޭފުޅުން މި ސަރުކާރަކުން ރައްޔިތުން ބޭނުންވާ ހިދުމަތެއް ފޯރުކޮށްނުދެވޭ ކަމަށް ވިދާޅުވާ ކަމަށްވެއްޖެއްޔާ، ރައްޔިތުންނަށް ރަނގަޅު ގޮތެއް ވާން ބޭނުންވާ ކަމަށް ވެއްޖެއްޔާ، ހެޔޮގޮތެއް ވާން އެދޭ ކަމަށް ވެއްޖެއްޔާ، ދެން އެންމެ ރަނގަޅު ގޮތަކަށް ވާނީ ވީހާ އަވަހަކަށް މިޑްޓާމް އިލެކްޝަނަކަށް ގޮސް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރުން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުގެ ދައުރު ނުނިމެނިސް އިތުރު އިންތިހާބެއް ބާއްވަން ސަރުކާރަށް ނުކެރޭނެ ކަމަށެވެ. ސަބަބަކީ މިހާރު އޮތް ކޯލިޝަން ރޫޅޭނެތީ ކަމަށާއި، މި ކޯލިޝަނާ ނުލައި އެމްޑީޕީ އަށް ވެރިކަން ކާމިޔާބު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުގެ ގިނަ ބަޔަކު ވަނީ ރައީސް ނަޝީދު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމުގެ ކުރިން އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ވިދާޅުވެފައި ވުމާއި ގުޅިގެން އެކަމަށް ފާޑު ކިޔާފައެވެ.

ބައެއް ބުނަމުންދާ ގޮތުގައި 2018 ވަނަ އަހަރު ބޭއްވި އިންތިހާބަށް ރައީސް ނަޝީދަށް ކުރިމަތި ނުލެވުމުން މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވަނީ އިތުރު އިންތިހާބެއް ބޭއްވުމަށް އެމްޑީޕީގެ ތެރެއިން ޕްލޭން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަރުބަތު

    އަމިއްލަ ފަރުދެއްގެ ހިޔާލު ފާޅު ކުރުމަ ކީ މައްސަލައެއް ނޫން. ޢަޅުގަނޑު ބުނާނީ ދައުރު ނިމެން 12 މަސް ދުވަހައް ވީމަ އިންތިހާބެއް ބާއްވަން ޖެހޭނެ ކަމައް.

    11
    4
    • ބުރާންތިއާދަނު

      އާދަނު ތިޔައީ އަމިއްލަ ޤާނޫނު އަސާސީއެއް ލިޔެގެން އުޅޭ މީހެއްތަ؟؟ ހައިޓްރީޒަންގެ ދަޢުވާ މީނާގެ މައްޗަށް އުފުލަން އެބަޖެހޭ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން ވާހަކަ ދެއްކީމަ.. ޤާނޫނު އަސާސީގަ އޮންނަނީ ރިޔާސީ ދަޢުރަކީ 5 އަހަރުކަމަށް.. ކަލެއާ ކެނެރީ ނަޝީދު ލާދީނީ ބުއްޅަބޭ އަދި ދެބޯގެރި ބޮނޑިބަތް ޖަމީލު ތީ އަމިއްލަ ޤާނޫނު އަސާސީއެއް ގެންގުޅޭ ބުރާންތިން

  2. ހޭވައްލަ

    ޝަރީފްބެގެ ގައިގާ ނެތޭދޯ ކެތްތެރި ކަމެއް އުނގުޅިލާފާވެސް.

    4
    2
    • ވަކަބެ

      ފުރަތަމަ ޖެހެނީ ޝަރީފު މެންބަރު ކަމުގަ ތިޔަ ހުރި ދާއިރާގެ މަޖިލިސް އިލެކްޝަނެއް ދަޢުރުގެ މެދުތެރެއިން ބާއްވަން.. އެއްވެސް މީހެއްގެ އިތުބާރެއް ނެތް ކަލެއަކަށް

  3. މަނޭސް

    އަނެއްކާ ބޮޑު އިސްރާފެއްކޮށް އިންތިހާބު ބާއްވާ ވާހަކަ ތިދައްކަނީ އަމިއްލަ އެދުމައިގެން ފުރުސަތެއް ލިބޭތޯ ރައްއިތުންނަށް ވާނީ ހަމަ އެއްވަރު ނޫނީ ގޯސް

    4
    2
  4. ޒުންނޫރާޒު

    ޢީއްޒަޔްތެރި މެންބަރެވެ ތިޔަ ބޭފުޅާގެ ޕާޓީ ވެރިކަމުގަ ތިއްބެވިއިރުގަ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ނުބޭއްވެވީ އެއީ ކީއްވެތޯ؟ މިހާރު ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ތިޔަ ގޮވާލައްވަނީ ޤާނޫނު އަސާސީގެ ކޮން މާއްދާއަކުންތޯ އޮޅުނފިލުވާލަދެއްވުން ވަރަށް އެދެން!!

    3
    2
  5. ކާސިމް

    ދެން ކުރިން ކީއްވެޔޯ ދައުރުގެ މެދު ތެރެއިން އިންތިހާބު ނުބޭއްވީ

    4
    2
  6. ދަންތޫރަ

    ބަލަ މިހިރަ ބުރާންޗާ! ޤާނޫނު އަސާސީގައި ހުދާއި ކަލުން ލިއެވިފައެއް ނޯވޭ ކޮންމެ 5 އަހަރެއްގެ މެދު ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވާކަށް ބަޔާން ކޮއްފައެއް. މި އުލެނީ ބަލިމީހަކު ބޭރަށް ހިންގާތީވެ ދެއިރު ދެ ދަލައަށް ބޭހެއް ބޯކަށްނޫން. ޤަމާރު ވިއަސް ތިއީ ބޮޑުވަރު.

    5
    3
  7. ގ ގޮވެލި

    ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބެއް ބޭއްވުން މުހިއްމެވެ ސަރުކާރު އޮތީ މޮހިފައެވެ ރައްޔިތުން ބިކަ ވަނީއެވެ ބޮދެތީން ނާޗަރަންގީ ކުޅެނީއެވެ މިފަހާލަތެއްގައި
    އަވަސް އިންތިޚާބެއް ބާއްވައި ރައްޔިތުންގެ ރުހުންއޮތް
    ސަރުކާރެއް ހޯދަން ޖެހެއެވެ ރާއްޖޭގައި އޮތް ކިލަނބުކަން
    ފިލައި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ލިބޭނީ އޭރުންނެނެވެ.

    5
    3
  8. ދަންތޫރަ

    ގަމާރުން ވެރިކަން ކުރަށްޏާ ޖެހޭނެ ދެދު ވަހުންއެއްދުވަހު ވެސް ޖެހިދާނެ އިންތިހާބެއް ބެއްބާއްވަން މުޅިރާއްޖެ ރަލުން ފެންބޮޑުވެ ރާއްޖެ ގިރާލާ އިރު ވެސް ރަށްޔަތުން އަޅާނުލައި ތިބެންވީ ބުރާންތި ވެފަ ހުރީ ކާކުތަ

  9. ހިތާމަ

    ލޮލަށް ނުފެންނަ ބަޔަކަށް ކޮންވެރިކަ މެއްތަކުރެ ވޭނީ ދެފަހަރުމަތިން ވެރިކަން ފޭރިގަނެގެން ވެސް ޤާނޫނު އާއި އެގޮތަވެރިކަން ކުރަން ނޭގޭ ޖާހިލުން ގެސަބަ ބުންރަށް ޔަތުނަށް ހުރިހާމުސީބާތެއް ކުރިމަތިވަނީ އެވަރުން ވެސް އިސްތިފާދީފަ ރަށްކާވާންނޫޅެ އިތުރަށް ރަށްޔަތުނަށް ދަތިވާހާކަމެއް އެތިބަ ކުރަމުން ގެންދަނީ ހުރިހިތާމައެއްގެ ބުޑުކަމާއޭ ޔާﷲއިބަ ރަސްކަލާންގެ މިދިވެހި އުންމަތް އަނިޔާވެރިން ގެއަތްދަށުން ސަލާމަތް ކޮށްރަށްކާ ތެރި ކޮށްދެއްވާށި އާމީން