ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާއި އެއްކޮޅަށް މިއަދު ސުޕްރީމް ކޯޓުން ފަސް މައްސަލައެއް ނިންމުމުން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާގެ މައްސަލަ އަށް ނިމުމެއް އަތުވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކުރީ ވިލާއަށް ދޫކޮށްފައިވާ ރަށްތަކެއް އަތުލި މައްސަލައިގައެވެ.

ސުޕްރީމް ކޯޓުން ވިލާއާއި އެއްކޮޅަށް ނިންމި މައްސަލައިގައި ވަނީ، ދައުލަތުން އެތަންތައް އަތުލީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ދައުލަތާއި ދެކޮޅަށް ސުޕްރީމް ކޯޓުން މި މައްސަލަތައް ނިންމި އިރު، އަތުލި ރަށްތަކުގެ ޖޫރިމަނާ އާއި ކުލީގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދުމަށް މީރާއިން ވަނީ ވިލާގެ އެކި ކުންފުނިތަކާއި ދެކޮޅަށް ދަޢުވާކޮށްފައެވެ. ސުޕްރީމް ކޯޓުގެ ޙުކުމާއި އެކު މި ހުރިހާ ދަޢުވާތައް ބާތިލުވެގެން ދާނެއެވެ.

ރަށްތަކާއި ފަޅުތަކެއް ދޫކުރުމަށް ވި އެއްބަސްވުން 2015 ގައި ބާތިލްކޮށް، އެ ތަންތަން އަތުލީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓް ބާތިލް ކުރުމަށް ފަހު އެވެ.

އެ އެގްރީމެންޓް ބާތިލު ކޮށްފައި ވަނީ، ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން 129 މިލިއަން ޑޮލަރު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން، ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓާ ވިލާ އިން ޚިލާފްވުން ކަމަށް ދައުލަތުން ބުނެ އެވެ.

އެ މައްސަލަ ވިލާއިން ސިވިލް ކޯޓަށް ހުށަހެޅި އިރު އެ ތަންތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް ހައި ކޯޓުން ވަނީ މިދިޔަ އަހަރު އެ ހުކުމް ބާތިލު ކޮށްފައެވެ. އެހެން ކަމުން ވިލާއިން ވަނީ ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނެތީމޭ

    ތިޔާ ހުކުމް ގައި މަމެންނަށް ޝައްކު ކުރެވޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. މިފަދަ ކަންކަން ރަނގަޅުވާނީ ސަރުކާރުން ސަރުކާރަށް ދައްކަން ޖެހޭ ޖޫރީމަނާ ފައިސާ އާއި ބެހޭ ގާނޫނެއް ނަމުގައި ވަކިން ބިލެއް މަޖްލީހަށް ހުށައަޅައިގެން ފާސް ކުރުމަށް ފަހުގައެވެ. ތިޔާ މައްސަލައިގައި ސްޕްރީމް ކޯޓުގައި ޝަރީއަތް ނުހިނގާ ވަގުތުން ހުކުމް ކުރީތޭ ފެބް އެކެއްގައި އަމުރު ނެރުނު ގޮތަށް އެއީ މަމެން ހިތުގައި އުފެދޭ ސުވާލަކީ. މިރާއްޖޭގެ ސްޕްރީމް ކޯޓް ކޮޕީ ކޮށްގެން އުޅެނީ ޕާކިސްތާނުގެ ސްޕްރީމް ކޯޓް ހެން މަމެންނަށް ވަރަށް ބޮޑަށް ހީވެއޭ ބުނަން މަމެން ނެތީމު ދޯ.

  2. ކީއްވެތޭ

    ރާއްޖޭގެ އެންމެ މަތީ ކޯޓް އިން ކަންކަން ކުރާ ގޮތުން ދައުލަތަށް ލިބެން އޮންނަ ފައިސާ ފީންނެއް ދައުލަތަށް ގެއްލޭ ގޮތް މިވަނީ އެމެން ނެރޭ ހުކުމް އަކުން. އެހެން ކަަމަށްވާނަމަ އިން ރިޓާރން ގައި އެމެންނަށް އޭގެ ވަރަށް ބޮޑު އަދަދެއް މޭޒު ދަށުން ދަމާ ކުޅެގެން ނުލިބޭނެތޭ އެއީ މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ. ދައުލަތަށް 2.9 ބިލިއަން ރުފިޔާ ޖޫރީމަނާ ގެ ގޮތުގައި އާއި ޓެކްސް ގެ ގޮތުގައި ނުދައްކާ އިރު އެފައިސާ މާފުކުރެވޭނެ ގޮތެއް އެންމެ މަތީ ކޯޓަށް އެއިޚްތިޔާރު ދީފައިވަނީ ރާއްޖޭގެ ކޮން ގާނޫނަކުންތޭ އެއީ މަމެން ހިތުގައި އުފެދޭ ސުވާލަކީ. ތިޔާ މައްސަލަ ދައުލަތުގެ އޭޖީގެ ވަކީލުންގެ ހާޒިރުގައި ތޭ ތިޔާ ނިންމާ ހުކުމް ކުރީ ނޫން ނަމަ ސިއްރިއްޔާތުގައި ފެބް އެކެއްގެ އަމުރު ނެރުނު ގޮތަށް ނެރުނު ހުކުމެއް ތޭ އެއީ މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ. ތިޔާ ހުކުމް އާއި މެދު މަމެން ނަށް ޝައްކު ކުރެވޭ އެންމެ ބޮޑު މައްސަލަ އަކީ ތާއަތޮޅު އެލާ ހަދަން ގާސިމަށް ދިންތާ 10 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ އިރު ވެސް މައްސަލަ އެއް ނެތް އެމެން ޖޫރީމަނާ ދައްކަން ނުޖެހޭނެ ކަން ސްޕްރީމް ކޯޓަށް ނިންމިދާނެ ތޯ އެގްރިމެންޓް ގައި އެކަން ބަޔާން ކޮށްފައިވާއިރު. މަމެން ގެ ބުއްދި އަށް ގަބޫލުކުރެވެނީ އެކަން އެގޮތަށް ނުނިންމޭނެ ކަމަށެވެ. މަމެން ސްޕްރީމް ކޯޓުގެ ވެބް ސައިޓަށް ވެސް އެތައް ފަހަރަކު ވަދެފީމޭ ތިޔާ ހުކުމެއް އެމެން ނެތޭ އަޕްލޯޑް ވެސް ކޮށްފައި ވެބް ސައިޓަށް. އެހެންވީއިރުން ތިޔާގައި މައްސަލަ ތަކެއް އެބައުޅެއޭ މަމެން ބުނަން ނެތީމު ދޯ.

    • އަބްދުﷲ

      މި ހުކުމަކުން ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އެއްގެ ވާހަކައެއް ނާދޭ

  3. ސަމަންދަރު

    ސުބުޙާނަﷲ. މާދަމާ ޖަރުމަނުން ގާސިމް ވަޑައިގަންނަވާނެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ފާހާނާތައް ސާފްކުރަން ނުކުންނާނެ. ދިރިއުޅުމަކީ މިއީ.....

  4. އަހަންމާ

    ޙުރިހާވާހަކަ ނުދައްކާ ގާސިމު ދޫކޮށްލަބަލަ

  5. ާޕްލީޒް

    ދެން، އަވަހަށް، މުސާރަ، ނުދީ، ތިބި، މުވައްޒަފުންނަށް، މުސާރަ، ދިނުމަށް، ވިލާއަށް، ދަންނަވާލަން

  6. ގޮނާނީޑް

    ވިލާއަށް ދޫކުރި ހުރިހާ ރަށެއްގެ މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމައިފި ނަމަ އެއީ މަމެންނަށް ޝޮކެއް އަދި ސަޕްރައިޒެއް ލިބިގެން ދާނެ ކަމެކޭ. މިހާރު ވެސް މާލެ އަތޮޅު ވިލިވަރު ބިޔާދޫ މި ދެ ރިސޯރޓް ގައި ކޮމާރޝަލް އޮޕަރޭޝަން ނުފަށާ އަދި ސަރުކާރަށް ޖީއެސްޓީ ނުދައްކާ ޓީޖީއެސްޓީ ނުދައްކާ ލޭންޑް ރެންޓް ނުދައްކާ ބެޑް ޓެކްސް ނުދައްކާ އެ ދެރަށް ދެކުނުގެ ބަޔަކު ނަގައިގެން ވެރިކޮށް ގެން އެމެންގެ އެހެން ބާވަތުގެ ވިޔަފާރިއޭ އެދެރަށުގައި ކުރަނީ. މީގެ ސަބަބުން މިރާއްޖޭގެ ރައްޔިތުންނަށް އެއިން ކުރާ އެއްވެސް ފައިދާ އެއް ނެތޭ މި ކުންފުނިން ރާއްޖޭގައި ވިޔަފާރި ކޮށްގެން ލިބުނު ފައިސާ އަށް އެމެން ރާއްޖޭން ބޭރުން ކޮންޑޯސް ތައް ގަތުމާއި ގެ ތައް ގަތުމާއި އެކަން ކަމޭ އެކުރަނީ ދެން އެގޮތް ތަކުރާރު ވާން ކިކެއް ނޫންތޭ ތިޔާ ދިނީ އެންމެ މަތީ ސްޕްރީމް ކޯޓުން. ރިސޯރޓްސް ތައް ހަދަން ފަޅުތަކާއި ރަށް ތައް ދެނީ ވަކި މުއްދަތެއްގެ ތެރޭގައި ހަދާ ކޮމާރޝަލް އޮޕަރޭޝަން ފަށަންއޭ ނުވާނަމަ ޖޫރިމަނާ ދައްކަން ޖެހޭނެއޭ. މިރާއްޖެ ކުރިއަށް ދެމިގަނެގެން ތަރައްގީ ނުވެގެން އުޅެނީ މިރާއްޖޭގައި ތިބި ކޮރަޕްޓް ވިޔަފާރި ވެރިން ތަކެއް ރައްޔިތުންގެ އެސެޓްސް ތަކެއް ނުހައްގުން މަޅާލައިގެން މަކަރާއި ހީލަތުން ޓެކްސް ވެސް ނުދައްކާ ޖޫރީމަނާ ވެސް ނުދައްކާ ކޯޓް ތަކުގެ ފަނޑިޔާރުންނަށް މިލިއަނުން ރިޝްވަތު ދީގެންނޭ. ތާ އަތޮޅު ކަޅު ފަހަލަފުށި ކުރިން ދީފައި އޮތް އައްޑޫ ދަ ބަނޑު އަކރިި އަފިރިން ތަފިރިންނަށް ދީގެން ދުވަހަކުވެސް އެ ރަށް ނެހެދޭނެއޭ އެއްބަސް ވުމުގައި ވާ ގޮތަށް ސަރުކާރުން އެރަށުގެ އެއްބަސް ވުން ބާތިލް ކޮށް ޗައިނާ ބަޔަކަށް ދިނުމުން އެރަށް އެދަނީ ހަދަމުން ނޫންތޭ. މިރާއްޖޭގައި ތިބި އަންޑަރވޯލްޑް ވިޔަފާރި ކުރާ އާލާތުންނަށް ރިސޯރޓްސް ތައް ހަދަން ފަޅެއް ވެސް އަދި ފަޅު ރަށެއް ވެސް އެމެން ދުލި ބަދަލު ކޮށްގެން އެހެން ކުންފުންނެއްގެ ނަމުގައި އައި ނަމަވެސް އެއްވެސް ރަށެއް އެއާލާތުންނަށް ދީގެން ނުވާނެއޭ އެ އާލާތުން ނަށް ދޭންވީ މާލެ ތެރޭގައި ކިއްލި ތެޅުމުގެ ވިޔަފާރި ކުރުމޭ އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ޓު ކިކް އޮފް ދީސް ފަސްމާމުލު ފަސްވަގޭ އަފިރިން ތަފިރިން. އައި އޭމް ގޮނާ ނީޑް ސަމްކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް.

  7. ޢިލިޔާސް

    ކޮމެންޓް ކުރާ ބައެއް ބޭފުޅުން ކޮމެންޓް ކުރުމުގެ ބަދަލުގަ ނޫސްތަކާ ގުޅައިގެން އާޓިކަލް ލިޔަންފެނޭ.

  8. އަބްދުﷲ

    މިފަހަރު ސުޕުރީމް ކޯޓުގެ ހުކުމް ރަގަނޅު