ފިލްމު ތަކުން ވެސް މީހަކު ހައްޔަރުކޮށް ހޯދުމަށްޓަކާއި އަނބިމީހާ ވަގަށް ނުނަގާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އިންތި މިހެން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރާއްޖެޓީވީން ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުނެވެ.

އިންތި ވިދާޅުވީ ފިލްމްތައް ހަދާ ފަރާތްތަކުންވެސް މީހަކު ހައްޔަރުކޮށް ހޯދުމަށްޓަކާއި އަނބިމީހާ ވަގަށް ނަގައިގެންދާ މަންޒަރު ނުފެންނަ ކަމަށާއި ނަމަވެސް ރާއްޖޭގައި ފެނިގެން މިދަނީ މީހުން ހައްޔަރު ކުރުމުގައި ވެސް ގަބޫލު ނުކުރެވޭ ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ.

"މިއަދު މިފެންނަނީ އެންމެ ނުބައި މާފިއާ ފިލްމުތައް ހަދާ ފަރާތްތަކުންވެސް ނުހިމަނާ މަންޒަރެއް. މިއީ އެފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރުންވެސް ޕްރޮމޯޓް ކުރަން ބޭނުން ނުވާ މަންޒަރު" އިންތި ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމަކީ ޖަލު ޔުނީފޯމުގައި ޖަލަށް ދާނެ ބޭފުޅެއް ކަމަށް ވިދާޅުވެ އިންތި ވިދާޅުވީ އެމަނިކުފާނު ދިވެހި ތާރީހުން ފެނިގެން ދާނީ މެޑަލް ޖަހާފައި ކުލަ ބަރިތަކާ އެކުގައި ނޫން ކަމަށެވެ.

"މަޖިލީހުގެ ތަޅު ނައްޓުވާލަންވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަހީނުކޮށްގެން އުޅޭ އުޅުމުން އެބޭފުޅުން ސަލަމާތްކޮށްދޭންވީ. ޝިޔާމް އަކީ ބޮޑުވެގެންވާ ކުށެއްގެ މަތީގައި މިވަގުތު ހުންނެވި ބޭފުޅެއް،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ މަޖިލީސް މެންބަރުންނަށް އެ އިދާރާއަށް ނުވަދެވޭނެ ގޮތް ހެއްދެވުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށެވެ. އަދި އެކަންކަން ކުރެއްވުމުގައި އުޅުއްވާ ހުރިހާ ފަރާތްތަކަކީވެސް ޖަލު ޔުނީފޯމްގައި ޖަލަށްދާނެ ފަރާތްތައް ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަސީދު

    ފިލްމުތަކުއި އެގޮތަށް ކަންހިނގާނީ

  2. ޙަފްޞާ / މާލެ

    ފިލްމުތަކުން ވެސް އަހުރެން ނުދެކެން ޤަވްމެއްގެ އުއްތަމަފަނޑިޔާރު ރިޝްވަތަށް ހެއްލިގެންދާތަނެއް! ރިޝްވަތު ހުށައަޅާތަންފެނޭ! އެކަމަކު އެ ރިޝްވަތު ޤަބޫލުކޮށް ރިޝްވަތުދިންމީހާ އެދޭގޮތަށް އުއްތަމަފަނޑިޔާރު އަމުރެއް ނެރޭތަނެއް ނުފެނޭ! ޙިމާރުއަޑުގެވެރިޔާ ކޮސް ނުގޮވަ! އަހުރެމެން ދުށީމު ކަލޭމެންގެ ވެރިކަމަދެކޮޅަށް ހިންގި އެއްވުމެއްގަ ލޮލީޖާބިރުގެ އަންހެނުން ދިޔަނާ ޖަހައިގަނެގެން ގެންދާތަން!

  3. ބުނަން ތެދު

    ނަގާނެ. ހާއްސަކޮށް ހިންދީ ފިލުމު ތަކުގައި

  4. އަލީ

    އިންތި ގާތުގަބުނެލަންއޮތީ މިސަރުކާރަކީ ފިލްމުކުޅޭސަރުކާރެއްނޫނޭ އިންސާފާ ހަމަހަމަކަމުގެ ތެރެއިން ޙަޤީޤީ ކަންކަންކުރާ ސަރުކާރެކޭ.

  5. ބިޮންދު

    ކަލޯގަޔާ، 6ކުޅި ކުރިޔަށް ނުކުޅެވިގެން ފަޔަށްއަރާފަ ޗިސްވީ ހަހަހަހަ! މިހާރުމިކުޅެނީ މުޅިން އާފިލްމެއް! އާވައްތަރަކަށް! މިފިލްމު މިރާއްޖޭގެ ދެންއަންނަންތިބި ވެރިންވެސް ދަސްކުރާނެ! އަދި އެހެން ގައުމުތަކުންވެސް ކޮޕީކުރާނެ!

  6. ކެރަފާ ދައްޖާލު

    ކަލޭ ދުށިންތަ ފިލްމަކުންވެސް އިސްތިއުފާ ދީފަ ގޮސް މުޅިގައުމުގަ ހުޅުޖަހާ އެތައް މިލިއަން ރުފިޔާއެއްގަ ހުޅުޖެހި މަންޒަރެއް ދުވަހަކުވެސް؟ ކަލޭ ދުށިންތަ އިސްލާމީ ވެރިއަކު ފާޅުގަ ކީރިތި ރަސޫލާއަށް ހަޖު ޖެހި ފިލްމެއް ދުވަހަކުވެސް؟ ތިޔައީ ރާބޯ މެމްބަރެއް.

  7. ހަބަރުދާރު

    އެހެންވީމަ ދުނިޔޭގެ ކޮން ކަމެއް އިނގިގެން މެމްބަރު ކަމަށް ކުރިމަތިލީ. ހެކި ފޮރުވުން ކުއްވެރިން ފޮރުވުން ، އެކަން ކުރި ކޮންމެ މީހަކު ހައްޔަރު ކުރުމުގެ ބާރު އޮންނާނެ. އަނބީންނަށް ފިރިން ވާތަން ނޭނގުމަކީ ޖޯކެއް.

  8. Anonymous

    އަމްނަޝް ޕޫރީމެންގެ ފިލްމުތައް މިކަލޭގެ ނުބަލާތަ!