ޕާޓީ ޑްރަގްސް ބޭނުންކުރި ދެ ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރުވާ ދެމުން ގެންދަނީ 16 ވަރަކަށް އަހަރުގެ ދެކުއްޖަކަށެވެ. އެއިން އެއްކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި ހަތަރު ވަރަކަށް ކުދިން ހިމެނޭ ގްރޫޕަކުން ޕާޓީ ޑްރަގްސް ބޭނުން ކުރީ ހުޅުމާލޭ ސެންޓްރަލް ޕާކް ތެރޭގައި ތިބެއެވެ. އޭގެ ތެރެއިން ޕާކް ތެރެއަށް ދެކުއްޖަކު ވެއްޓިފައި އޮއްވައި ފުލުހުންގެ ވެސް އެހީތެރިކަމާއި އެކު އެކުދިން ހޮސްޕިޓަލަށް ގެންދިޔައީ ރޭ 23:00 ހާއިރު އެވެ.

ހޮސްޕިޓަލަށް ގެންދިޔަ ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ގެންދިޔަ ނަމަވެސް މިކަމާއި ގުޅިގެން އަދި ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

ފާއިތުވި ދެތިން އަހަރު ތެރޭގައި ޕާޓީ ޑްރަގްސް ބޭނުން ކުރުން މާލޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ކުރިން ޕާޓީ ޑްރަގްސް ބޭނުން ކުރި ދެ ޒުވާނަކު އެއް ރެއެއްގައި މަރުވެފައި ވެސް ވެއެވެ. އަދި ކުއްލި ގޮތަކަށް މަރުވެފައިވާ އިތުރު ބައެއް ޒުވާނުން ވެސް މަރުވެފައި ވަނީ ޕާޓީ ޑްރަގްސް ބޭނުން ކުރުމުން ކަމަށް ވާހަކަދެކެވެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބަށް ބަލާއިރު ވެސް ޕާޓީ ޑްރަގްސް ރާއްޖެ އެތެރެ ކުރުން އާއްމު ވަމުންދާކަން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަވާލި19

    ރަށުތެރޭ ހަދާފަތިބޭ ޕާކުތަކުގަ ރޭގަނޑު ގަޑީގަ ޕާޓީ ޑްރަގްސް ބޭނުންކުރަން ކުޑަކުދިންތިބޭތަ އެކުދިންގެ މައިންބަފައިން ދުނިޔޭގަނެތީތޯ؟

    26
  2. ޙަސަނާ

    ކޮބާތަ މަޖިލިސް ރައީސް މީކީ ކުޑަކުދިންނާ ބެހުމުގެ ކުށެއްނޫންތަ ޒުވާނުންމަސްތުގަބަިތިބުން އެއީތޯމަނިކުފާނުގެ އުފަލަކީ...

    25
    2
  3. މަނާސް

    ފާޓީ ޑުރަގު ބޯ އެންމެންނައަ ހަލާކުހުރި..

    26
    1
  4. ގާއްދާރު

    ދެން ބުނޭ ކުޑަކުދިންނޭ؟ ކުޑަކުދިން ކުށް ނުކުރާނެ؟ ބަލިއުވާއިރު ވެސް ކުޑަކުދިންނޭ؟

    23
  5. ޕާޓީ

    ތިއެއްޗެއް ރާއްޖެއަށް އެތެރެވި ގޮތެއް ބުނެދީބަލަ ކަސްޓަމްސް ކިޔާ ތަނެއް އޮއްވާ

    30
  6. ބޯކިބާ

    ތިވީގޮތަކީ ޑުރަގު ބޮއެގެން ބީތާވީ. ސުރުހީގަވެސް އެހެން ޖަހާބަލަ.