ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މުޖުރިމެއް ނޫން ކަމަށް، އެމަނިކުފާނު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެއެވެ.

ބާރީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަށްފަހު ނަޝީދަކީ މުޖުރިމެއް ކަމަށް އެއްވެސް މީހަކު ބުނެގެން ނުވާނެ ކަމަށެވެ.

"އިއްތިފާގިއްޔާ އަށްވުރެ އަގުލަބިއްޔާ ބަލިކަށިވާނެ،" ބާރީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވި ބެންޗުގައި ބާރީގެ އިތުރުން ދެން ހިމެނިވަޑައިގެންނެވީ ހައިކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި މިހާރު ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނަޝީދުގެ އިތުރުން ސިޔާސީ ގިނަ ފަރާތްތަކެއް މިނިވަންކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އެ އަމުރު ސަރުކާރުން ތަންފީޒު ކޮށްފައި ނުވާއިރު ސުޕްރީމް ކޯޓުން ވަނީ ފަހުން އެ އަމުރު ބާތިލުކޮށްފައެވެ.

އެ އަމުރާ ތަންފީޒު ކުރަންޖެހޭނެ ކަމަށް ބުނެ ގާޒީ ބާރީ ވަނީ މީގެކުރިން ވެސް ވާހަކަދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޥސަލމ

    ބާރިއެވެ. ކަލޭ ހޭބަލިނުވެ ފަނޑިޔާރުންގެ އިއްޒަތާއި ކަރާމާތް ނަގާނުލާހުރޭ. ކަލޭ ތީ މިގައުމު ދުށް އެންމެ ނުލަފާ ޖައްބާރު ކޮރަޕްޓެޑް ފަނޑިޔާރު. ފަނޑިޔާރުގެ ހަލާކުކޮށްލީ ކަލޭ. ޑެނ ފކފކފކފ ނުލިޔާ

  2. Anonymous

    ކެންދޫ ކޮރަޕްޓް އައްޕަ.

  3. ޙަފްޞާ / މާލެ

    ދެން މާގިނަދުވަހެއްނުވެ މިކަލޭގެ ފެންނާނީ ހުންޖެހި ޕޯޑިޔަމަށް އެރިތަން!

  4. ހަކީމު

    އިއްތިފާޤިއްޔާ އަކީ އަޣްލަބިއްޔާ އާ ގުޅުމެއްވާ ބަހެއް ނޫނެވެ. އިއްތިފާޤިއްޔާ އަކީ މުޢާހަދާ ނުވަތަ މީޘާޤު އެވެ. އެއީ އެގްރިމެންޓް އެވެ.

  5. ދެރަ

    ދީދީ އާ ޝުޖާޢު ކުރިއަށް ބާރީ ފަހަތަށް ވިސްނަންޖެހޭ.

  6. ބާނީ

    މީ ކޮންނަހަލަ މީހެއް ދެފަހަރުހަމަޔަށް

    އެކައްޗެއްނުކިޔާ ...މީ އަންނިޔަކީ މުޖުރިމެއް

    ކަމަށް ހުކުމްކުރިމީހަކީ މިހާރުމިބުނަމީ

    އެއީ މުޖުރިމެއްނޫނޯ މޮޔައެއްތަމީ.

  7. ބުރޯ

    ރީނދޫ ބޮނޑިބަތްގުޅައެއްދިނީތަ ކަލޯ.

  8. ޑަބަޅް ޓޭޕް

    ވީމާ މިހާރު ބާޣީ ބާރީ، ޣާޒީ ބާރީއަށްވެ ނިމިއްޖެ

  9. ކރމ

    ބާރީގެ ޕޯސްޓްމޯޓަމްއެއް ހަދަން ގޮވާލަން އެއީ އޭނަގެ އަގައިގާ ދެ ދޫފުޅު އޮވޭތޯ ބެލުމަށް

  10. އައްޑަނަ

    ހިތުން މަރުގެ އިންޒާރު ބާރީ އަށް ދީފެ ކޮމެންޓް ކޮއްލާފަ. ޕޯސްޓް މޯޓަމް އޯ