އާއްމުން ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓައި ފޯމް ހަމަ ކުރުމަށް ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވެ.

އެ ޕާޓީ ހެދުމުގެ ހުއްދަ ދީފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، އަހުމަދު ސައީދުއަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ދިން ނަމަވެސް، އެ ޕާޓީ ރަޖިސްޓްރީކޮށްދޭނީ 3000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް "ވަގުތު"އަށް ވިދާޅުވީ، އާއްމުން ރައްޔިތުންގެ ޕާޓީގެ ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުން ހަމަ ކުރަން ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ދީފައިވާނެ ކަަމަށެވެ.

އެ ޕާޓީ ހަދަން ސައިދު ހުށަހެޅީ މިދިޔަ ހަފްތާ ތެރޭގައެވެ.

އަކްރަމް ވަނީ ފޯމްތައް ފުުރުމުގައި އުސޫލުގެ ތެރެއިން ފޯމްތައް ފުރުމަށް ނަސޭހަތްތެރި ވެފައެވެ.

"މިހާރު އެކި ޕާޓީތަކަށް ގަދަކަމުން ވައްދާ، އަދި އެ މީހުންނަށް ނޭނގި ވައްދާ ކަމަށް ބުނާ ފޯމްތައް ފުރުމުގެ މައްސަލަތައް މި ދަނީ ފެންމަތިވަމުން". އަކްރަމް ވިދާޅުވިއެވެ.

އަދި ޕާޓީތަކުން ފޯމްތައް ފުރާއިރު އެ މީހެއްގެ ސައްހަ ފިންގާ ޕްރިންޓާއެކުގައި އޮޅުވާލުމެއް ނެތި ފޯމްތައް ހުށަހަޅައިދިނުމަށް އަކްރަމް ވަނީ އެދިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންތިމަރިޔަބު

    އޭތް ގަމާރާ ފޯމުތަކުގަ އޮޅުވާލާއި ގެންމައުލޫމާތު ހިމަނާއިގެން ނުބާއި ފިންގަރ ޕްރިންޓް ޖަހާއިގެން ދިއުމުން ވެސް އެގިނުލަށް ވަނީތޯ ދެންމިއޮތް ދުވަސް ކޮޅުގަވެސް އިސްތިއުފާދީފަ ގެޔަށް ދުރުވޭ ހަމަހިނިއަންނަނީ

    2
    1
  2. ޖަމީލު

    މިއީ އަސްލު ތަފާތު ޕާޓީއެއް. މިޕާޓީ އަކީ ރާއްޖޭގެ 2 ވަނަ ބޭސިކް އިންކަމް ދޭން ބުނާ ޕާޓީ. ފުރަތަމަ ޕާޓީއަކީ ލޭބާ. ޑްރާމާ ނުކުޅެ ރައްޔިތުންނަށް ފައިސާދޭނެ ޕާޓީއެއް މިހާރު އަސްލުވެސް އެބަ ބޭނުންވޭ

  3. ފުކެއްބޮޑުވަރު

    "އާންމުން ރައްޔިތުންގެ ޕާޓީ" މީ ދިވެހިބަހުން ކިޔައިއުޅޭ ގޮތެއްތޯ؟ ބަޔަކު އަދި ނަމެއް ހުށަހެޅިޔަކަސް އެއީ ބަހުގެ ގަވާއިދަށް ވެސް ފެތޭ ގޮތަށް އޮތް ނަމެއްތޯ ބަލާފައެއްނޫންބާ ހުއްދަ ދޭންވާނީ؟