ހުޅުމާލޭގައި ދިން ކަމަށް ބުނާ ނިރުބުވެރި ހަމަލާގެ ހަބަރުތައް، ބޭރުގެ މީޑިޔާތަކުގައި ގެނެސްދޭން ފަށައިފިއެވެ.

އިނގެރޭސިވިލާތުގެ ޑެއިލީމެއިލްގައި ދެންމެ ގެނެސްދީފައިވާ "ބްރޭކިންގ ނިޔުސް"ގައި ބުނެފައިވަނީ އައިސިސް އަށް ނިސްބަތްވާ ބަޔަކު، ރާއްޖެއަށް އައި ތިން ފަތުރުވެރިޔަކަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ.

މީގެ އިތުރުން އޮސްޓްރޭލިޔާގެ ބައެއް މީޑިޔާތަކުންވެސް މިހާރު ދަނީ މި ޚަބަރު ގެނެސްދެމުންނެވެ. ހުޅުމާލޭގައި ދިން މި ހަލަމާގައި ޒަހަމްވި މީހުންގެ ތެރޭގައި އޮސްޓްރޭލިޔާ މީހަކުވެސް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ ހަމަލާގެ ޒިންމާ ރާއްޖޭގައި ހަރަކާތްތެރިވާ ހައްދުފަހަނަ އަޅާފައިވާ އައިއެސްގެ ގްރޫޕަކުން ވަނީ ނަގާފައެވެ.

އެ މީހުންގެ ދިވެހި ޓެލެގްރާމް ޗެނަލެއްގައި މިހާރު ވަނީ ވީޑިއޯއެއް އާއްމުކޮށްފައެވެ. އެ ވީޑިއޯގައި ވަނީ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.

ޑެއިލީ މެއިލްގައި ފުލުހުންނާއި ހަވާލާދީ ބުނެފައި ވަނީ، މީސް މީޑިއާގައި އާއްމު ކުރި ވީޑިއޯއާ ގުޅޭ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ، މިދިޔަ އަހަރު ތެރޭގައި ހައްޔަރުކުރި ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތު ކުރެވޭ މުހައްމަދު އަމީންގެ ވާހަކަވެސް ގެނެސްދީފައެވެ. އެ ނޫހުގައި ބުނެފައި ވަނީ، އަމީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް ޑެއިލީ މެއިލްގައިވެސް ބުނެފައި ވެއެވެ.

އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މ. ވޯލްނަޓްގެ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަނު

    ވ އުފާވެރި ޚަބަރެއް ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވި ސަރުކާރަށް އިތުރު ނުތަނަވަސް ކަން ހަ ހަ ހަ ހަ ހަ !

    23
    1
    • Anonymous

      ކޮބާ މައްސަލައަކީ. ބައްލަވާ ބޭރުގެ ބޮޑެތި މީޑިޔާތަކަށް ކެނެރީގެ ނަޝީދު 2017 އިން ފެށިގެން ދީފައިވާ އިންޓަވިއު ބަލާބަލަ ނިކަން ރަނގަޅަށް އެނގޭ ކާކުކަން ރާއްޖެ ބޮއިކޮޓް ކުރީ. އެ ޝައިތާނު ރާއްޖޭގެ ޓުވަރިޒަމް ބޮއިކޮޓް ކުރީ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރަށް ޖެއްސުން ކުރުމަށް.

      11
  2. ދޯދޯ

    މުއްލާއިން ބޭނުންވަނީ ތިގޮތޭ.

    3
    1
  3. އ. ޖ. އ

    އެވަރު ކަމެއްތަ؟ ބަވަނަވުމަކީ އެއީނު..

    7
    2
  4. މުކި

    ޓޫރިޒަމް ބޮއިކޮޓުކުރަން ގޮވި މީހުން މިހާރު ތިބޭނި ރީތި ބޮނޑިއެއް ބޮވިފަ. ތިމާ ފޭއްސި އިލޮށި ތިއޮތީ ތިމާގެ ލޮލަށް ހެރިފަ. ދެން ދައުލަތް ހިންގާނެ ގޮތެއްހޯދާ. ކުރޯނާވައިރަހާ ދޫނިރޯގާޔާ ޓެރަރިޒަމްއާ ހުރިހާކަމެއް ޤުދުރަތުން ލައިގަނެފަ ތިއޮތީ ޓޫރިޒަމް ބޮއިކޮޓުކުރިމީހުނަށް. މީހަކަށް ދެރައެއްދީގެން މޮޅެއްނުލިބޭނެ. ދެން ލަލަލާ

    10
  5. ކޮރަލް

    އަންނި ގެ ސަބަބުން ވާ ކަންކަމެވެ. ޓެރަރިޒަމް ނޫން އެހެން ވާހަކަ އެއް ނުދައްކަ އެވެ. އަބަދުވެސް ކޮންމެ ވެސް ބަޔަކު ހައްޔަރު ނުކުރެވިގެން ޝަކުވާ ކުރަނި އެވެ.

  6. Anonymous

    ހީވަނީ ރާއްޖޭގެ އިގުތިސާދު ފުނޑާލަނީ ދިވެހިންނަށް ނަފުރަތު ކުރާ ބަޔަކު އަޑީގައި ތިބެގެންހެން ، އެއީ ދިވެހިންގެ އަދާވާތް ތެރިން