ގދ. ފިޔޯރިން ފުރައިގެން އައްޑޫ ސިޓިއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ "މިހޯ ޕެލަސް"ނަމަކަށް ކިޔާ ލޯންޗެކެވެ. އެ ލޯންޗް ފުރިފަހުން ހަބަރެއްނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހޯދަމުން އަންނައިރު، އެ ލޯންޗުގައި ތިބީ ހަތަރު ދިވެހިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ލޯންޗް ފުރީ މިއަދު 18:45 ހާއިރު ކަމަށާއި، އެ ލޯންޗުގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ގެ ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 22:33 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އެ ލޯންޗަކީ ފިޔޯރީން ގަނެގެން، އައްޑޫ ސިޓީ ހިތަދޫއަށް ގެންދާ ލޯންޗެކެވެ.
އެމްއެންޑީއެފް އިން މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، ލޯންޗާއި 12:05 ހާއިރު ގުޅިފައި ފޯނުގެ ރޭންޖް ކެނޑިއްޖެކަމަށެވެ.
"ފޯނުން ކީ ވަކި އެއްޗެއް ސާފެއް ނުވި. ފޯނުގެ ރޭންޖް ކެނޑިއްޖެ". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްެއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެ ލޯންޗް ހޯދުމަށް، އެމްއެންޑީއެފްގެ ކޯސްޓްގާޑު ދޮށިމޭނާ ލޯންޗް އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ ސަރަހައްދުން 14 މޭލު ބޭރުން ދަތުރު ކުރަމުންދާ ކަމަށެވެ.
އަދި މިހާތަނަށް ލޯންޗް އޮތް ލޮކޭޝަން ފާހަގަކުރެވިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
18:45 ގަ ފުރީ؟ އެމްއެންޑީއެފް އާއި ގުޅީ 12:05؟
ފުރިގަޑި އިނގޭ ފުރިތަން ނޭނގޭ.. ފުރިތަން ނޭގޭކަމުގަވަނީނަމަ ވީތަން އިގޭކަށް ނުޖެހޭ.. ލ. ޢަތޮޅުން ފުރައިފިނަމަ ތިޔަ ވާންޖެހޭނީ ހުވަދޫ ކަނޑުގަ .. ހުވަދޫ ކަނޑުގަ އޮވެއްޖެނަނަ ރޭންޖު ނުލިބޭނެ..ކަނޑުގަދަނަނަ ބާރަކަށް ނުދުއްވޭނެ.. .. ފުރިތަން ނޭގޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް.. ކަމެއް ސިއްރުވޭ އެބަ
ބަލަ އަރީ އެއޮތީނު ފުރިތަން ބުނެފަ ސާފުކޮށް. މިކަހަލަ ދަނޑިވަޅުގައި ކޮސް ވާހަކަ ނުދައްކަބަލަ. ("ގދ. ފިޔޯރިން ފުރައިގެން އައްޑޫ ސިޓިއަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.") ފުރިތަނާ ދާ މަންޒިލް ދޯ އެއޮތީ
ބަލަގަ މޭން އަހަރެން ކޮމެންޓްކުރީ ހަބަރު އައިތާކުރީ ކޮޅު .. އޭރު ޙަބަރުގަ އޮތީ ފުރިތަނެއްނޭންގެޔޭ ސާފުކޮށްލިޔެފަ.. އަދި ތިޔަހަބަރަކު ދާމަންޒިލްވެސް ނެތް.. އެހެންވެ އޭރުގަ ތިޔަހެން ކޮމެންޓްކުރީ
ދެން މިހާރު އެނގިއްޖެއެއްނު ދޯ.. މިހާރު ލޯންޗުވެސް ފެނިއްޖެ