މާލެ އަތޮޅު މާފުށީގައި މަސްތުވެގެން ނިވާކަން ކުޑަކޮށް މަގުމަތީގައި އުޅުނު ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތް ގާތުން ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ޓިމެއް އެރަށަށް ގޮސްފައިވާ ކަމަށާއި، އެ މައްސަލަ ދެ ދުވަސް ތެރޭގައި ބަލައި ކޮމިނިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަންގާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ މީހާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތުން ފުލުހުންނަށް ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ފުލުހުން ވިދާޅުވީ، އޭނާ ފުލުހުމްގެ ބެލުމުގެ ދަށަށް ގެނައީ އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

"މާފުށީގައި މިވަގުތު މަސައްކަތް ކުރާ އަންހެން ފުލުހަކު ނެތް. މިފަދަ ހާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ފުލުހުން ދެކެން. އެހެންކަމުން މި ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ފަރާތުން ދަނީ ހަރަކާތްތެރިވަމުން." ފުލުހުން ރޭ ވިދާޅުވިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުން އެ ފަތުރުވެރިޔާ ކައިރިންނާއި އާއްމުން ކައިރިންވެސް މައާފަށް އެދިފައެވެ.

އަދި އެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަަޅުއަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. އަދި ދިވެހި ރައްޔިތުންނާއި، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަން ދޭނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

"އެެހެންކަމުން އަޅުގަނޑުމެން ހަނދާންކޮށްދެން ރާއްޖެ އަންނަ ފަތުރުވެރިންވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކަށް އަރާ އުޅޭއިރު، ހެދިފައިވާ ގަވާއިދުތަކަށް ބޯލަބައި ކިޔަމަންވުމަށް". ފުލުުހުންގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ހަމީދު އެއީ ކަލޭގެ ނާޤާބިލްކަން އެ ރަށަށް އަންހެން ފުލުހުން ނުފޮނުވާހުރިކަން. މި ހާދިޘާގައި އެ އަންހެންމީހާ ހައްޔަރުކުރި ފުލުހުން އެމީހުންގެ ވާޖިބު އަދަކުރީ

    39
  2. ނިރު

    އެންމެ ފަހުން އެކުއްވެރިވީ ނިކަމެތި ސިފައިންގެ މީހާ ރޯއޮރިޔާމުން މަގުމަތީ ހިގަމުން ދިޔާމަވެސް ސިފައިންގެ މީހާ އެއަންހެން މީހާގެ ކުރިމަތީގަ ކުޑަކަކޫ އެޖެއްސީ

    42
  3. ނޫނު

    ފުލުހުންނެއް ނޫން ގޯސްވާން ވީކީ! ފުލުހުން ކަންތައް އެކުރީ އެވަގުތައް އެކަން ކުރެވެންވެސް އޮތް ގޮތަށް. ގޯހީ ފަތުރުވެރިން ގެންނަ މީހުން އެކަށީގެންވާ ސައްހަ މައުލޫމާތު ފޯރުކޮށް ނުދޭތީ އަދި އެ ފަރަންޖީ މީހާ އަމުރަށް ނުކިޔަމަން ތެރިވެ ގަދަ ދައްކާ އިޒްލާމު އެޅޭގޮތަށް ބަހުރުވަ ގެން ގުޅުން.

    40
  4. ޟމ

    އެރަށުގައި އަންހެން ފުލުހުން ބޭތިއްބުން އެއީ ކޮންބަޔަކު ކުރަންޖެހޭ ކަމެއްތޯ، ހާލަތަށް ބަލާފަ ފިރިހެނުންނަށް އަންހެނުން ވެސް ހައްޔަރު ކުރެވޭނެ އަދި އަންހެނުންނަށް ފިރިހެނުން ވެސް ހައްޔަރު ކުރެވޭނެ، ކުރެވެން ވެސް ޖެހޭނެ، މި ހާދިސާގައި އޭނަ ހުއްޓުވަން ފުލުހުން ނޫޅެ އެ ގެސްޓް ހައުސް ގެ ފަރާރުން އޭނަ އަށް އެޓެންޑް ކުރުވި ނަމަ އެއީ އެންމެ ރަގަޅު ގޮތް ކަމަށް އަޅުގަނޑު ދެކެން،

    17
    3
  5. ށސސ

    ފުލުހުން އެއަންހެންމީހާ ހައްޔަރުކުރަން ޖެހުނީ ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް ޤަބޫލު ނުކުރުމުން ވީޑިއޯ ރަގަޅަށް ބެލުމުން އިގޭނެ ސިީންގައި ހަރަކާތްތެރިވި ފުލުނުން މަސައްކަތް ކޮށްފައިވަނީ އެއަންހެން މީހާއަށް ވީހާވެސް އަނިޔާނުވާނެ ގޮތަށްކަން. ފުލުނުންގެ އަމުރަށް ނުކިޔަމަންތެރިވުމަކީ ކޮންމެ ޤައުމެއްގައިވެސް ކުށެއް ޔޫރަޕް ގައިވެސް އެއީކުށެއް ދައުވާކުރަންޖެހޭކަމެއް އެމެރިކާގައި މިގޮތަށް ނުކިޔަމަންތެރިކަން ދެއްކިނަމަ ވަގުތުން ބިއްމައްޗައްވައްޓާލައިގެން ބިޑިއަޅުވާނެ އަދި ޕެޕަރ ސްޕްރޭވެސް ޖަހާނެ ދައުވާވެސް ކުރާނެ . ޙައްޔަރުކުރި ފުލުހުން ޑީމޯަޓިވޭޓެއް ނުކުރާނެ ދިވެހި ދިދައިގެ ބާރު ހިގާކޮންމެ ސަރަހައްދެއްގައި މިރާއްޖޭގެ ޤާނޫނީ ބާރު ހިގާނެ ހިންގަންވެސް ލާޒިމްވާނެ . ފަތުރުވެރިންވެސް ޖެހޭނީ ޤާނޫނީ އިންތަކާއި މިންތަކުން ބޭރުނުވާގޮތައް އުޅެން މިފަދަ ކަންކަމުގައި ދޫދިނުމަކީ ހައްލެއްނޫން .

    30
  6. ސަމީ

    ބަލަ އެމީހާ އާންމު މަގު ތަކުގަ ބިކިނީ ލައިގެން އުޅުން އެއީ މައްސަލަ ނޫންތަ ބަލަ މިތިބަ ލަދު ކުޑަ މީހުން، ކާފަރު ޤައުމު ތަކުގަވެސް އެފަދަ ގޮތަކަށް އުޅެންޏާ ހައްޔަރު ކުރާނެ. ނުވިތާކަށް އާއްމުން ނިކުމެ ހިފާ ހައްޔަރުވެސް ކުރީސް، ބަލަ މީ ޔޫރަޕް ނޫނީ އެމެރިކާ އެއް ނޫން، ތިޔަ ފަތުރުވެރިޔާ ޖޫރިމަނާ ކޮށް އަދި މާފައްވެސް އެދެން ޖެހޭނީ، ޕޮލިހުންނެއް ނޫން ، އަދި މި އުޅޭ ޕީސީ އަށްވެސް ޮސްވީ ޕޮލިހުން ލަދު ކުޑަ

    24
  7. ސަންގުމަރުމަރު

    އިސްލާމް ދީނަށް ޖޯކު ޖެހީމަ އެކަމެއް މިސަރުކާރަކުން ނުބަލާ.
    ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރީމަ އެމައްސަލައެއް މިސަރުކާރުން ނުބަލާ.
    އިސްލާމް ދީނާ ޚިލާފު ރިޕޯރޓް ނެރުނީމަ އެކަމެއް މިސަރުކާރުން ނުބަލާ.
    އަދި މިހުރިހާ ކަމެއް ކުރި މީހުންނާ ދޭތެރޭ ފިޔަވަޅެއްވެސް މިސަރުކާރުން ނާޅާ.

    އެކަމަކު ބޭރު ޤައުމެއްގެ ކާފަރަކު ހައްޔަރު ކުރީމަ އެކަން 1 ދުވަސް ތެރޭ ބަލާ ނިންމާ.

    މީތަ މިކިޔާ ހެޔޮ ވެރިކަމަކީ؟ ރައްޔިތުން ހަނާވަނީ. ރާއްޖޭގެ ރައީސް ގެ ބައެއް އަޑެއް ނީވުނު. އެކަމު ފަރަންޖީއަކު ހައްޔަރު ކުރީމަ ރައީސް އަކު ހުރިކަން އެނގިއްޖެ.

    21
  8. ހަސީބާ

    އެއްވެސް އެއްޗެއް ނުލާއިން ފަތުރުވެރިޔަކު އެއްވެސް ގޮތަކައް ހައްޔަރެއް ނުކުރެވޭނެ ދޯ.. ދެން ހަދަންވީ ގޮތަކީ މާފުށީން ދިވެހީން ބާލާފަ ފަތުރުވެރީންނައަ ބިކިނީގަޔާއި އޮރިޔާމާ އުޅެވޭ ގޮތް ހަދާލަންވީ. އޭރުން މައްސަލަ ހައަލުވީ. މާފުށީ ރައްޔިތުންވެސް ބޭނުންވަނީ ޑޮލަރު ހޯދައިގެން އިންޑިޔާ ނޫނީ ލަންކާ ނޫނީ މެލޭޝިޔާގަ ދިރިއުޅެން.

    13
  9. ޙަސަނާ

    ރާއްޖޭގަފަޅުރައްނެތީކީނޫން މާފުޢްޓަކީ ވެސް މިހާރު ރިސޯޓެއް އެރަށުންމީހުން ބާލަންވީ ގައުމުގަގަ އޮތް އިސްލާމީ ވަހުދަތު ނައްތާލެވޭނެ އެންމެ މޮޅުގޮތަކީ މީހުންއުޅޭ ރައްތަކުގަ ގެސްޓުހައުސް ހިންގައިގެން ކަން އިގޭތީ އެންމެފަސޭހަމަގު ތިއޮތީދައްކާފަ ރައްރަށުގަ އާންމުރައްޔިތުންނައްވުރެ މީހާރު ފަތުރުވެރިން ބާރުވެސްގަދަ މީގައުމެއް އަމިއްލަގައުމުގަ ގައުމުގެ ރައްޔިތުންނިކަމެތި ހިތާހިތުގެ ގުޅުމުގެ ނުރައްކާ ދިވެހިންނައް ވަރައްއަވަހައް ފެނިގެންދާނެ ތިހިގަނީވެސް އޭގެ ރޭވުމުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަމަލުތައް ލާދީނީ ބޮޑުން ފިލާ އެތިބީ ސަރުކާރުގެ އެހީގަ ބޭރުގަ ރޭވުންތައް ބާރައްކުރިއައްގެންގޮސް އެމީހުންގެ މަގުސަދު ހާސިލްކުރާނެ ކަމީ ޔަގީންކަން.....

  10. ޚކކކކ

    އދ އަތޮޅު ބައެއް ރަށްރަށުގަ ވަރަށް އާއްމު ކަމަކަށް ވެފައިވާ ބޮޑު މައްސަލަައެއް. ފަތުރުވެރިން ބިކިނި ލައިގެން ރަށުގެ އާމުންގެ ތެރޭގަ އުޅުން މިވަނީ އާއްމު ކަމަކަށް ވެފަ. ާ ވަރަށް މުހިއްމު ވަގުތުން ވަގުތަށް މިކަން ހައްލުކުރަން.

  11. ދިވެހި ފޭރާން

    ފުލުހުން ނާ މެދު ފިޔަވަޅު ނާޅުއްވާތި، އެއީ މިރާއްޖޭގެ ބަތަލުން!

    9
    2
  12. ވަރުގަދަކަމެކޭ

    ކިހާދެރަކަމެއް މި ގައުމުގެ ޕޮލިހުންނާ ސިފައިންްނާ ކުޅެންނަހަދާތި!!! އެމީހުން ނުޖެހޭނެ އޮރިޔާމާހުރެ ޖަދަލުކޮށް ނުބައިއެއްޗެހިގޮވި އަންހެންމީހާގެ ފައިބުޑަށްވެއްޓި މާފަށްއެދޭކަށް.

  13. ހިންނަވަރު ބަޖަރާ

    ތިމައްސަލާގައި ފިޔަވަޅު އަޅަން ޖެހެނީ ފުލުހުންގެ ވެރިޔާ ލާދީނީ ހަމީދުގެ މައްޗަށް. މިރާއްޖޭގެ ރައީސަކީ އިޚްލާސްތެރި ގައުމަށާ ދީނަށް ހުރުމަތްތެރިކޮށްހިތާ މީހެއްނަމަ މިހާރުން މިހާރަށް އޭނާ މަގާމުން ވަކި ކުރަންވީ. އެނޫން ކަމުގައިވަނީނަމަ އަހަރެން މިހާރުވެސް ގަބޫލު ކުރާނީ ރައީސް ސޯލިހަކީވެސް ލާދީނީ މީހެއްކަމަށް. ހިންނަވަރު ނޫރާނީ އާގެއަށް ވަންނަވަންޏާ ގާތަށްދެވެނީ ޣައިރުދީނާ، ކަމުގައި 1970ވަނައަހަރުވެސް ލަވަ ހަދާގެން ކިޔާ. ރައީސް ސޯލިހަކީ ހިންނަވަރު ނޫރާނީއާގޭ މީހެއް.

  14. ނައީމާޗައުދަރީ

    ހައްޔަރުނުރަން މަޖުބޫރުވީނަކުރީ. ޢެއަކުނެތް މައްސަލައެއް. ފުލހުންނަށް ނުކިޔަމަންތެރިކަންދައްކާ އައިނުއަތުލާ ގަޔައްބޮލަށްއެރީމަ ހައްޔަރުއެކަންޏެއްވެސްނޫން ކުރަންވީކީ. ޑީޕޯޓުވެސްކޮށްލަންޖެހޭނީ. ސީސީއަކީ ލާދީނީއެޖެންޑާގެ ބޮޑެއްވީމަ އޭނާއަށް އަންނި އަށް ކަމަކުނުދާނެ ހައްޔަރުކުރީމަ. ފުލުސްމީހުންނަށް ފިޔަވަޅެއްއަޅައިގެންނުވާނެ!! ބަރާބަރަށް އެމީހުންކަންކުރީ.